އިންޓަ ސްކޫލް ކްރިކެޓް ޗެމްޕިއަނުންނަކީ ތާޖުއްދީނާއި ބިލަބޮންގް

Feb 13, 2023, 9:45 AM
17 އަހަރުން ދަށުގެ އިންޓަ ސްކޫލް ކްރިކެޓް ޗެމްޕިއަންކަން ހޯދި ތާޖުއްދީން ސްކޫލްގެ ކުޅުންތެރިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

17 އަހަރުން ދަށުގެ އިންޓަ ސްކޫލް ކްރިކެޓް ޗެމްޕިއަންކަން ހޯދި ތާޖުއްދީން ސްކޫލްގެ ކުޅުންތެރިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މާލޭގައި ބޭއްވި އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ހޯދައިފި އެވެ.

ކޮވިޑް-19 ގެ ބްރޭކަށް ފަހު އިންޓަ ސްކޫލް ކްރިކެޓް މުބާރާތް ގްރޭޓާ މާލެ ސަރަހައްދަށް އެނބުރި އައިއިރު، މި ފަހަރުގެ މުބާރާތުގައި ފަސް ސްކޫލަކުން ބައިވެރިވި އެވެ. މުބާރާތް ކުރިއަށްދިޔައީ 13 އަހަރާއި 17 އަހަރުން ދަށުގެ އުމުރުފުރާ އިން ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގައި ދެ ސްކޫލެއްގެ މެދުގައި ކުޅެވުނު "ބިގް މެޗު" އެކެވެ.

އެ ގޮތުން، ތޭރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ބިލަބޮންގް އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަމާއި އަންހެން "ބިގް މެޗު" ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުންނެވެ.

13 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންކަން ހޯދި ބިލަބޮންގް ސްކޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު މުބާރާތުގައި 13 އަހަރުން ދަށުގެ ފައިނަލުގައި ބިލަބޮންގް އިން ވަނީ ހަތް ވިކެޓުން ތާޖުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މުހިއްޔުއްދީން ސްކޫލްގެ މުހައްމަދު ނީލް ފައިޒާން އާއި ހުސެއިން އިޒާން، ތާޖުއްދީންގެ އިސްމާއިލް އައުސަމް އާއި އިސްމާއިލް މާން މުހުތަބާ އަދި ބިލަބޮންގްގެ ޝާޒިލް އެވެ.

ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި މުހިއްޔުއްދީން އަތުން ތާޖުއްދީން މޮޅުވީ ނުވަ ވިކެޓުންނެވެ. މި އުމުރުފުރާގެ މޮޅު ކުޅުންތެރިންނަކީ ތާޖުއްދީންގެ އަހުމަދު ނާހިލް މުހައްމަދު، އަލްޔަން އަދި އާދަމް ހަލަފް ހަލީލްގެ އިތުރުން މުހިއްޔުއްދީންގެ ތާދު މުހައްމަދު ފައިސަލް އަދި ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ޝަމަލް ޝިޔާމް އެވެ.

އަންހެން ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބޭއްވި "ބިގް މެޗު" ކާމިޔާބުކުރި ތާޖުއްދީން ސްކޫލްގެ ކުޅުންތެރިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅުނު ބިގް މެޗުގައި 32 ލަނޑުން ތާޖުއްދީން ސްކޫލުން ވަނީ ރެހެންދި ސްކޫލް ބަލިކޮށްފަ އެވެ.

މުބާރާތުގެ ފޯމެޓް ރޭވުނު ގޮތުން، 17 އަހަރުން ދަށުގެ މެޗުތައް ކުޅެފައިވަނީ 12 އޯވަރަށެވެ. އަދި 13 އަހަރުން ދަށުގެ މެޗުތައް ކުޅެފައިވަނީ 10 އޯވަރަށެވެ.

ސްކޫލް ކްރިކެޓް މުބާރާތަކީ މީގެ ކުރިން ވެސް ގައުމީ ލެވަލަށް ކުޅުންތެރިން ނެރެދިނުމުގައި އިސް ދައުރެއް އަދާކުރި މުބާރާތެކެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގައި މިހާރު އޮތް ލީޑަޝިޕުން ދުރު ރާސްތާ ޕްލޭނެއް ހަދައިގެން، ކްރިކެޓް ކުރިއަރުވަން ކުރެވޭ މަސައްކަތުގައި ޔޫތު ޑިވެލޮޕްމަންޓްގެ ތެރެއަށް ހުނަރުވެރި ކުޅުންތެރިން ހޯދާނެ މުބާރާތަކީ އިންޓަ ސްކޫލް މުބާރާތެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox