ދަރުމަވަންތަ ސްކޫލު: އާ އިމާރާތް ޖުލައި މަހަށް ނިމޭނެ, ހުޅުވޭނެ ދުވަހެއް ނޭނގޭ

ބޮޑުތަކުރުފާނު މަގުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބޮޑުތަކުރުފާނު މަގުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވިލާ ކޮލެޖާ ޖެހިގެން އޮތް ބިމުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިންމަން ދިން ތާރީހު ފަހަނައަޅާ ގޮސްފައި ވާއިރު އަދިވެސް އެތަނުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދަރުމަވަންތަ ސްކޫލު ނިމި ހުޅުވޭނީ ކޮންތާރީހެއްގައިތޯ މި ނޫހުން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ހުޅުވޭނެ ސީދާ ތާރީހެއް އެނގުމުން މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ދަރުމަވަންތަ ސްކޫމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ސެޕްޓެމްބަރު 2020, ގަ އެވެ. ނަމަވެސް, ކޮވިޑާ ހެދި އޭރު އެ އިމާރާތުގެ މަސައްކަތް ނިންމަން ދީފައި އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމިފައެއް ނުވެ އެވެ.

Advertisement

އެ އިމާރާތުގެ އަދިވެސް ގިނަ މަސައްކަތްތަކެއް ވަނީ ނުނިމި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތްތައް ޖުލައި މަހަށް ނިމޭނެ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ. 74.9 މިލިއަން ރުފިޔާއަށް އަޅާ އެ އާ އިމާރާތަކީ މުޅިން ތަފާތު އަދި އެންމެ ޒަމާނީ ފެންވަރުގެ ކޮންސެޕްޓަކަށް ތައްޔާރުކުރާ ސްކޫލެއް ކަމަށްވާއިރު، އެ ސްކޫލަކީ 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

ސަރުކާރުން ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތެއް އަޅަން ނިންމީ، 2002 ވަނަ އަހަރު މަޖީދިއްޔާ ސްކޫލު އިމާރާތް ދެ ބައިކޮށް ދަރުމަވަންތަ ސްކޫލު ފެށިއިރު، ކިޔަވައިދެމުންދިޔަ އިމާރާތް ބާވެ ވީރާނާވާން ފެށުމުންނެވެ. އޭގެ ފަހުން ދަރުމަވަންތައިގެ ދަރިވަރުން ކިޔަވަމުންދިޔައީ އެމްއައިބީ ކުރިމައްޗަށްވާ ގޮތަށް ތައްޔާރުކުރި ވަގުތީ އިމާރާތެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox