ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ލަސްވަނީ ބައެއް ތަކެތި ނުލިބޭތީ: މިނިސްޓްރީ

ބޮޑުތަކުރުފާނު މަގުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ އިމާރާތުގައި ޖުމްލަ ފަސް ފްލޯ ހުންނާނެ. އަދި 1،000 ދަރިވަރުންނަށް އެ އިމާރާތުގައި ކިޔަވައިދެވޭނެ--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބޮޑުތަކުރުފާނު މަގުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ އިމާރާތުގައި ޖުމްލަ ފަސް ފްލޯ ހުންނާނެ. އަދި 1،000 ދަރިވަރުންނަށް އެ އިމާރާތުގައި ކިޔަވައިދެވޭނެ--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވިލާ ކޮލެޖާއި ޖެހިގެން އޮންނަ ހުސްބިމުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިންމަން ދިން ތާރީހު ފަހަނައަޅާ ގޮސްފައި ވާއިރުވެސް ނިމިފައި ނުވަނީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ނުލިބިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ ސްކޫލުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ސެޕްޓެމްބަރު 2020, ގަ އެވެ. ނަމަވެސް, ކޮވިޑާ ހެދި އޭރު އެ އިމާރާތުގެ މަސައްކަތް ނިންމަން ދީފައި އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމިފައެއް ނުވެ އެވެ.

އޭގެ ފަހުން މި އަހަރުގެ އޭޕްރީލް މަހު ކޮންޓްރެކްޓަރުންނާ ހަވާލާދީ މިނިސްޓްރީން ބުނެފައި ވަނީ އެ އިމާރާތުގެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ނަމަވެސް ޖުލައި 15 ވަނަ ދުވަހަށް ނިމޭނެ ކަމަށެވެ.

Advertisement

އެ މުއްދަތު ފަހަނައަޅާ ގޮސްފައިވާއިރު ކޮންޓްރެކްޓަރުންނާ ހަވާލާދީ މިނިސްޓްރީން ބުނީ މި އަހަރު ނިމުމުގެ ކުރިން އެ ސްކޫލު މަސައްކަތް ނިންމާނެ ކަމަށެވެ. މަސައްކަތް ލަސްވަނީ އިމާރާތަށް ބޭނުންވާ ތަކެތި ލިބުން ލަސްވާތީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"މި އަހަރު ނިންމުމަށް މަސައްކަތް މި ކުރަނީ. ހުޅުވުން ލަސްވަނީ މަސައްކަތަށް ކުރަން ބޭނުންވާ ބައެއް ތަކެތި ބޭރުން ގެންނަން ހުރި ދަތިތަކަކާހެދި މަސައްކަތް ލަސްވެގެން،" މިނިސްޓްރީން ބުންޏެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން 74.9 މިލިއަން ރުފިޔާއަށް އަޅާ އެ އާ އިމާރާތަކީ މުޅިން ތަފާތު އަދި އެންމެ ޒަމާނީ ފެންވަރުގެ ކޮންސެޕްޓަކަށް ތައްޔާރުކުރާ ސްކޫލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ދަރުމަވަންތައިގެ އާ އިމާރާތަކީ 1،000 ދަރިވަރުންގެ ޖާގައިގެ 41 ކުލާސްރޫމް ހިމެނޭހެން އިމާރާތްކުރާ ތަނެކެވެ. އެ އިމާރާތް ޑިޒައިންކުރީ ކޮންމެ ކުލާހެއްގައި ވެސް ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށެވެ.

އާ އިމާރާތުގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ދެ ފްލޯގެ ލައިބްރަރީއެއް ހާއްސަ ކުރާނެ އެވެ. އޭގެ އިތުރުން، އެ އިމާރާތުގައި މަސައްކަތު މީހުންނަށް ހާއްސަ ޖާގަތަކާއި އިތުރު ހަރަކާތްތައް ހިންގަން ގިނަ ޖާގަ ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ދަރުމަވަންތައިގެ އާ އިމާރާތެއް އަޅަން ސަރުކާރުން ނިންމީ، 2002 ވަނަ އަހަރު މަޖީދިއްޔާ ސްކޫލު އިމާރާތް ދެ ބައިކޮށް ދަރުމަވަންތަ ސްކޫލު ފެށިއިރު، ކިޔަވައިދެމުންދިޔަ އިމާރާތް ބާވެ ވީރާނާވާން ފެށުމުންނެވެ. އޭގެ ފަހުން ދަރުމަވަންތައިގެ ދަރިވަރުން ކިޔަވަމުންދިޔައީ އެމްއައިބީ ކުރިމައްޗަށްވާ ގޮތަށް ތައްޔާރުކުރި ވަގުތީ އިމާރާތެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox