ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ޖުލައި 15 އަށް ނިމޭނެ: މިނިސްޓްރީ

ބޮޑުތަކުރުފާނު މަގުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ އިމާރާތުގައި ޖުމްލަ ފަސް ފްލޯ ހުންނާނެ. އަދި 1،000 ދަރިވަރުންނަށް އެ އިމާރާތުގައި ކިޔަވައިދެވޭނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބޮޑުތަކުރުފާނު މަގުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ އިމާރާތުގައި ޖުމްލަ ފަސް ފްލޯ ހުންނާނެ. އަދި 1،000 ދަރިވަރުންނަށް އެ އިމާރާތުގައި ކިޔަވައިދެވޭނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވިލާ ކޮލެޖާއި ޖެހިގެން އޮންނަ ހުސްބިމުގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 15 އަށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ސްކޫލު ބޮޑު ޗުއްޓީ ތެރެއަށް އެ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރާއިރު، އެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ސެޕްޓެމްބަރު 2020, ގަ އެވެ. ނަމަވެސް, ކޮވިޑާ ހެދި އޭރު އެ އިމާރާތުގެ މަސައްކަތް ނިންމަން ދީފައި އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމިފައެއް ނުވެ އެވެ.

އެ އިމާރާތުގެ އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތަން ފެންނަން ހުރިއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތްތައް ޖުލައި 15 ވަނަ ދުވަހަށް ނިމޭނެ ކަމަށެވެ.

އިމާރާތުގެ މަސައްކަތް އެ ދުވަހަށް ނިމުނު ނަމަވެސް، ބެލެވޭ ގޮތުގައި އެ އިމާރާތް ބޭނުންކުރަން ފަށާނީ ސްކޫލު ބޮޑު ޗުއްޓީ ނިމިގެން، އޯގަސްޓު މަހު ފަށާ ދިރާސީ އާ އަހަރާއެކުގަ އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިޔަށްގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަނުމް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިޔަށްގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަނުމް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިޔަށްގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަނުމް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން 74.9 މިލިއަން ރުފިޔާއަށް އަޅާ އެ އާ އިމާރާތަކީ މުޅިން ތަފާތު އަދި އެންމެ ޒަމާނީ ފެންވަރުގެ ކޮންސެޕްޓަކަށް ތައްޔާރުކުރާ ސްކޫލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ދަރުމަވަންތައިގެ އާ އިމާރާތަކީ 1،000 ދަރިވަރުންގެ ޖާގައިގެ 41 ކުލާސްރޫމް ހިމެނޭހެން އިމާރާތްކުރާ ތަނެކެވެ. އެ އިމާރާތް ޑިޒައިންކުރީ ކޮންމެ ކުލާހެއްގައި ވެސް ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށެވެ.

އާ އިމާރާތުގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ދެ ބުރީގެ ލައިބްރަރީއެއް ހާއްސަ ކުރާނެ އެވެ. އޭގެ އިތުރުން އެ އިމާރާތުގައި މަސައްކަތު މީހުންނަށް ހާއްސަ ޖާގަތަކާއި އިތުރު ހަރަކާތްތައް ހިންގަން ގިނަ ޖާގަ ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ދަރުމަވަންތައިގެ އާ އިމާރާތެއް އަޅަން ސަރުކާރުން ނިންމީ، 2002 ވަނަ އަހަރު މަޖީދިއްޔާ ސްކޫލު އިމާރާތް ދެ ބައިކޮށް ދަރުމަވަންތަ ސްކޫލު ފެށިއިރު، ކިޔަވައިދެމުންދިޔަ އިމާރާތް ބާވެ ވީރާނާވާން ފެށުމުންނެވެ. އޭގެ ފަހުން ދަރުމަވަންތައިގެ ދަރިވަރުން ކިޔަވަމުންދިޔައީ އެމްއައިބީ ކުރިމައްޗަށްވާ ގޮތަށް ތައްޔާރުކުރި ވަގުތީ އިމާރާތެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox