އެމެރިކާ އަދި ކެނެޑާ މަތިން "ގޮތް ނޭނގޭ" ތިން އުޅަނދެއް ބަޑިޖަހައި ވައްޓާލައިފި

އެމެރިކާގެ އަސްކަރީ ޖެޓެއް - ފޮޓޯ: ގެޓީ

އެމެރިކާގެ އަސްކަރީ ޖެޓެއް - ފޮޓޯ: ގެޓީ

މި މަހުގެ ފަސް ވަނަ ދުވަހު ޗައިނާގެ "ޖާސޫސީ ބެލޫނެއް" ބަޑިޖަހާ ވައްޓާލި ފަހުން އެމެރިކާ އަދި ކެނެޑާގެ ވައިގެ ސަރަހައްދުން ގޮތް ނޭނގޭ ތިން އުޅަނދެއް ބަޑިޖަހައި ވައްޓާލައިފި އެވެ.

ގޮތް ނޭނގޭ އުޅަނދެއް އެންމެ ފަހުން ވައްޓާލާފައި ވަނީ އެމެރިކާގެ މިޝިގަންގައި އޮންނަ ލޭކް ހުރޮން މަތިންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިޝިގަން މަތިން ވައްޓާލި އުޅަނދު ދަތުރުކުރަމުން ދިޔައީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާ އުސްމިނެއްގަ އެވެ. އެ އުޅަނދު ވައްޓާލުމުގައި އެމެރިކާގެ އަސްކަރިއްޔާ އަދި މިޝިގަންގެ ނޭޝަނަލް ގާޑުގެ ޕައިލެޓުން ބައިވެރިވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކެނެޑާގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ގޮތް ނޭނގޭ އުޅަނދެއް ވެސް ވަނީ ވައްޓާލައިފަ އެވެ. އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓުރްޑޯގެ އޯޑަރަށް އެ އުޅަނދު ވައްޓާލީ އެމެރިކާ އަސްކަރިއްޔާގެ ފައިޓާ ޖެޓަކުންނެވެ. ސާޅީސް ހާސް ފޫޓު މަތިން އުދުހެމުން ދިޔަ އެ އުޅަނދު ވައްޓާލުމަށް ފަހު ޓުރްޑޯ ވަނީ އެމެރިކާގެ ރައިސް ޖޯ ބައިޑަންއަށް ގުޅުއްވާ މި އުޅަނދު ތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް މި ކަމުގައި ދެ ގައުމު އެކީ މަސައްކަތް ކުރުމާމެދު ވާހަކަ ދައްކަވާފަ އެވެ.

ތިންވަނަ އަށް މިފަދަ އުޅަނދެއް ވައްޓާލާފައިވަނީ އެމެރިކާގެ އެންމެ ދެކުނު އަދި އެންމެ އެކަހެރި ސްޓޭޓު، އަލަސްކާގެ ވައިގެ ސަރަހައްދުންނެވެ. ބައިޑެންގެ ސީދާ އޯޑަރަށް ހުކުރު ދުވަހު ވައްޓާލި އެ އުޅަނދުވެސް އުދުހެމުން ދިޔައީ 40،000 ފޫޓު މަތިންނެވެ. އެ އުޅަނދު ވައްޓާލީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ގައުމުގެ ސިޔާދަތު ދެމެހެއްޓުމަށް ކަމަށް ޕެންޓަގަން އިން ދިން ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ވައްޓާލީ ސީދާ ޗައިނާގެ ޖާސޫސީ ބެލޫނެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް ފަހުން ވައްޓާލި އުޅަނދުތަކުގެ ތަފުސީލެއް އަދި ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox