ޔޫނިއަން ބާލިން މޮޅުވިއިރު، ބަޔާނުން މަގާމު ދަމަހައްޓައިފި

Feb 11, 2023, 8:43 PM
ބަޔާންގެ ކިންގްސްލީ ކޯމަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބަޔާންގެ ކިންގްސްލީ ކޯމަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިއުނިކް (ފެބްރުއަރީ 11) - ޖަރުމަނު ލީގުގައި މިރޭ ކުޅުނު މެޗުން ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ޔޫނިއަން ބާލިން އިން އާރްބީ ލައިޕްޒިގު އަތުން 2-1 އިން މޮޅުވިއިރު، ބޮކުމްގެ މައްޗަށް 3-0 އިން ކުރިހޯދައި ބަޔާން މިއުނިކުން އެއް ވަަނަ މަގާމު ދަމަހައްޓައިފި އެވެ.

ބަޔާން އެއް ވަނައިގައި އޮތީ 20 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ މިރޭ ވާޑާ ބްރެެމެން 2-0 އިން ބަލިކޮށް، 20 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ބޮކުމް ކައިރީގައި ލީޑުނެގީ މެޗުގެ 41 ވަނަ މިނިޓްގައި ތޯމަސް މުލާ ޖެހި ގޯލުންނެވެ. މިއީ ބޮކުމްގެ ކީޕަރު މެނުއަލް ރައިމަން ހެދި ގޯހެއްގެ ފައިދާނަގައި މުލާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނަށް ދެ ވަނަ ގޯލެއް ޖަހައިދޭން ލެއޯން ގޮރެޓްޒްކާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ބަޔާނުން ލީޑުފުޅާކުރީ މެޗުގެ 64 ވަނަ މިނިޓްގައި ޖަމާލް މުސިއާލާ ދިން ބޯޅައަކުން އޭރިއާތެރެއިން ކިންގްސްލީ ކޯމަން ޖެހި ގޯލުންނެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 74 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ސާޖް ގްނަބްރީ އެވެ. މި ޕެނަލްޓީ ލިބުނީ ބޮކުމް އޭރިއާތެރެއިން ގްނަބްރީ އަށް ކުރި ފައުލަކަށެވެ.

މިއީ ނޮވެމްބަރު މަހުގެ ފަހުން ލީގުގައި ބަޔާނުން ޖެހިޖެހިގެން ތިން މޮޅު ހަމަކުރި ފުރަތަމަ ފަހަރެވެ. މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މެޗުން މޮޅުވުމުން އެ ހިތްހަމަޖެހުން އޮތް ނަމަވެސް މުޅި މެޗަށް ބަލާއިރު ބޭނުންވި ވަރަށް ނުކުޅެވުނު ކަމަށެވެ.

ލައިޕްޒިގުން ޔުނިއަން ބާލިން ކޮޅަށް ލީޑުނެގީ 24 ވަނަ މިނިޓްގައި ބެންޖަމިން ހެންރިޗްސް އޭރިއާބޭރުން ޖެހި ގޯލުންނެވެ. މެޗުގެ 61 ވަަނަ މިނިޓްގައި ޔޫނިއަން ބާލިން އަށް އެއްވަރުކޮށްދިނީ ޖަނިކް ހެބަރާ ޖެހި ވޮލީންނެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ޔޫނިއަން މޮޅުކޮށްދިން ލަނޑު ޖެހީ އެ ޓީމުގެ ޑިފެންޑަރު، ރޮބިން ކްނޮޗް އެވެ. މިއީ ލައިޕްޒިގުގެ މޯ ސިމަކަން އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ލައިޕްޒިގަށް އެއްވަރުކޮށްދޭން ޔޫސެފް ޕޯލްސަން ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ވާޑާ ބްރެމެން ދަނޑުގައި ޑޯޓްމަންޑް މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ދެ ގޯލުންނެވެ. ޑޯޓްމަންޑްގެ ލަނޑުތައް ޖެހީ ޖޭމީ ބައިނޯ ގިޓެންސް އާއި ހޫލިއަން ބްރަންޑްޓް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox