ފީފާ ބޭސްޓް އެވޯޑްސް: ގަދަ ތިނެއްގައި މެސީ، ބެންޒެމާ އަދި އެމްބާޕޭ

Feb 11, 2023, 6:31 AM
ފީފާ ބޭސްޓް އެވޯޑްސް: ގަދަ ތިނެއްގައި މެސީ، ބެންޒެމާ އަދި އެމްބާޕޭ

ޕެރިސް (ފެބްރުއަރީ 11) - ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ)ގެ ބެސްޓް އެވޯޑްސް އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ތިނެއްގައި އާޖެންޓީނާގެ ލިއޮނަލް މެސީ، ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ކަރީމް ބެންޒެމާ ހިމެނިއްޖެ އެވެ.

ފީފާ ބެސްޓް އެވޯޑްސްގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ މެސީ އަކީ މިދިޔަ ނޮވެމްބަރާއި ޑިސެމްބަރުގައި ގަަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާ އެވެ. އާޖެންޓީނާ އެކު ފުރަތަމަ ފަހަރަށް އޭނާ ވޯލްޑް ކަޕް އުފުލާލިއިރު އެއީ އޭނާގެ ކެރިއަރުގައި ނުލިބި އޮތް ހަމައެކަނި ކާމިޔާބީ އެވެ. މި އެވޯޑު ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ މެސީ ވަނީ ކުލަބު ލެވެލްގައި ޕީއެސްޖީއާ އެކު މިދިޔަ ސީޒަންގައި ފްރާންސް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެސީއާ އެކު ޕީއެސްޖީއަށް ކުޅޭ އެމްބާޕޭ ވަނީ މިދިޔަ ސީޒަންގައި ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައިފަ އެވެ. ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި، ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދީ އެމްބާޕޭ އެވެ.

ދެން އެވޯޑަށް ވާދަކުރާ ބެންޒެމާ އަކީ މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އޭނާ ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ވެސް ހޯދައިފަ އެވެ. ރެއާލްއާ އެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ޗެމްޕިއަންކަން ބެންޒެމާ ވަނީ ހޯދައިފަ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ފްރާންސް ޓީމަށް ބެންޒެމާ ނުކުޅެ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ މީޑް، ޕުޓޭޔާސް އަދި މޯގަން

ފީފާ ބެސްޓްގެ ގަދަ ތިނެއް އިއްޔެ އިއުލާންކުރިއިރު، އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އަންހެން މޮޅު ކުޅުންތެރިޔާގެ ބަޔަށެވެ.

އަންހެން މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ގަދަ ތިނެއްގައި ހިމެނުނީ އެމެރިކާގެ އެލެކްސް މޯގަން، ސްޕެއިންގެ އަލެކްސިއާ ޕުޓޭޔާސް އަދި އިންގްލެންޑްގެ ބެތް މީޑެވެ.

މި ކުޅުންތެރިންގެ ތެރެއިން ޕުޓޭޔާސް އާއި ބެތު މީޑް މި ވަގުތު ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. މީޑް އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޕުޓޭޔާސް އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ.

މީޑް ވަނީ މިދިޔަ އަހަރުގެ ޔޫރޯ އިންގްލެންޑާ އެކު ހޯދާފަ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް އޭނާ ހޮވުނުއިރު، ކުލަބު ލެވެލްގައި އާސެނަލްގައި ވެސް އޭނާ މޮޅަށް ކުޅުނެވެ. މިދިޔަ އަހަރު ބީބީސީ އިން ހޮވި އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑު ލިބުނީ ވެސް އޭނާ އަށެވެ. އޭނާ ވެފައި ވަނީ މި އެވޯޑު ލިބުނު ފުރަތަމަ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ.

ޕުޓޭޔާސް އަށް މިދިޔަ އަހަރު ލިބުނު ކާމިޔާބަކީ އޭނާގެ ކެޕްޓަންކަމުގެ ދަށުން ބާސެލޯނާއިން ސްޕެއިޝް ލީގާއި، ޔުއެފާ ވުމަންސް ޗެމްޕިއަންސް ލީގު ހޯދުމެވެ. މިދިޔަ އަހަރުގެ ބޮލޮންޑޯ އެވޯޑުވެސް ހޯދީ ޕުޓޭޔާސް އެވެ. މިދިޔަ އަހަރުގެ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، އެންމެ ފަހުން ހޮވި ފީފާ ބެސްޓް އެވޯޑު ވެސް ހޯދީ ޕުޓޭޔާސް އެވެ.

މިދިޔަ އަހަރު ކުލަބު ލެވެލްގަ އާއި ގައުމީ ޓީމަށް މޮޅަށް ކުޅުނު ޗެލްސީގެ ސެމް ކާ އަދި އާސެނަލްގެ ވިވިއަން މެއިޑީމާ އަށް ފުރުސަތު ނުލިބި ގަދަ ތިނަކުން ދެން ޖާގަ ލިބުނީ އެމެރިކާގެ އެލެކްސް މޯގަން އަށެވެ. މޯގަން ވަނީ އެމެރިކާ ލީގުގައި މިދިޔަ އަހަރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދާފަ އެވެ.

ނޫސްވެރިންނާއި، ކުލަބުތަކުގެ ކޯޗުން އަދި ކެޕްޓަނުންގެ ވޯޓުން ހޮވާ ފީފާ ބެސްޓް އެވޯޑު ހަފުލާ އޮންނާނީ މި މަހުގެ 27 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox