އަހްނާ ރެކޯޑު ހެދިތާ 7 މިނެޓު ފަހުން ރޫޔާ އެ ރެކޯޑު މުގުރާލައިފި

Feb 11, 2023, 4:14 AM
މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީގައި ރޫޔާ (ކ) އާއި އަހުނާ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީގައި ރޫޔާ (ކ) އާއި އަހުނާ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކަޒަކިސްތާންގެ އަސްތާނާގައި މިހާރު ކުރިއަށްދާ 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 60 މީޓަރު ދުވުމުގައި އަހުނާ ނިޒާރު ގައުމީ ރެކޯޑު މުގުރާލި ނަމަވެސް އޭގެ ހަތް މިނެޓު ފަހުން އޮތް ހީޓުގައި ވާދަކޮށް މަރިޔަމް ރޫޔާ އަލީ، އަހުނާގެ އެ ރެކޯޑު މުގުރާލާފަ އެވެ.

އިއްޔެ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި މި އަހަރު ރާއްޖެއިން ވާދަކުރަނީ އަހުނާ އާއި ރޫޔާ އެކަންޏެވެ. މި ދެ އެތުލީޓުން މި ގޭމްސް އަށް ހޮވުނީ މުބާރާތަށް އެތުލީޓުން ހޮވުމަށް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ޓްރަޔަލްގައި ކުރި ހޯދައިގެންނެވެ.

އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގެ 60 މީޓަރު ދުވުމުގެ ހީޓު ދޭއްގައި ވާދަކޮށް އަހުނާ ގައުމީ ރެކޯޑު ހެދީ 7.89 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2008 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ދުވި ޖައުނާ އަބްދުﷲ ނާފިޒު އަތުގަ އެވެ. އެ ފަހަރު ޖައުނާ ރެކޯޑު ހެދީ 8.30 އިން ދުވެގެންނެވެ.

އަހުނާ ރެކޯޑު ހެދިތާ ހަތް މިނެޓު ފަހުން ރޫޔާ ވަނީ 60 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލައިފަ އެވެ. ހީޓު ތިނެއްގައި ވާދަކޮށް ރޫޔާ ވަނީ 7.66 ސިކުންތުން ދުވެ، އަހުނާގެ ރެކޯޑު މުގުރާލާފަ އެވެ.

މިއީ ބައިނަލްއަގްވާމީ އެއް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ރެކޯޑެއް ދެ އެތުލީޓަކު މުގުރާލި ފުރަތަމަ ފަހަރެވެ.

އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕަކީ އަހުނާ ނިޒާރު ވާދަކުރި ފުރަތަމަ ބައިނަލްއަގްވާމީ ގޭމްސް އެވެ. އޭނާ އަކީ މިދިޔަ އަހަރު ކުރިއަށްދިޔަ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ އެއް ވަނަ އަންހެން އެތުލީޓެވެ.

އަނެއްކޮޅުން މިއީ މިދިޔަ އަހަރުގެ ޖުލައި/އޮގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުވޭތުގައި ބޭއްވި އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ވާދަކުރި ރޫޔާ އަށް ހެދުނު ފުރަތަމަ ގައުމީ ރެކޯޑެވެ.

ރޫޔާ އާއި އަހުނާ އަކީ މި ވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އުއްމީދީ އަންހެން ދުވުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ދުވުންތެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox