ގާޑިއޯލާ ސިޓީގެ ދިފާއުގައި: "އާ ވާހަކައެއް، އާ ތުހުމަތެއް ނެތް!"

Feb 11, 2023, 4:23 AM
ގާޑިއޯލާ ސިޓީގެ ދިފާއުގައި: "އާ ވާހަކައެއް، އާ ތުހުމަތެއް ނެތް!"

މެންޗެސްޓާ (ފެބްރުއަރީ 11) - މެންޗެސްޓާ ސިޓީން ގިނަ އަހަރުތަކެއްގެ މަތިން ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއޭއެފްޕީ)ގެ އުސޫލުތަކާއި އިނގިރޭސި ޕްރިމިއާ ލީގުގެ ގަވާއިދުތަކާއި ހިލާފަށް ކަންކަން ކޮށްފައިވާ ކަމުގެ މައްސަލަތަކެއް ފެންމަތިވެ، ސިޓީ އަށް ބޮޑު އަދަބެއްގެ ބިރު ބޮޑުވެފައިވަނިކޮށް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، އެ ޓީމުގެ ދިފާއުގައި މީޑިއާގެ ސުވާލުތަކަށް ޖަވާބުދީފި އެވެ.

ސިޓީން 2009-2010 ގެ ސީޒަނުން ފެށިގެން 2017-2018 ގެ ސީޒަނާ ހަމައަށް މާލީ ގިނަ ކަންތައްތަކެއް ނިންމާފައިހުރީ އުސޫލާ ހިލާފަށް މަކަރު ހަދައިގެން ކަމަށް ޕްރިމިއާ ލީގުން ހިންގި ހަތަރު އަހަރުގެ ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ. އެ ކްލަބާ ގުޅޭ 100 އަށް ވުރެ ގިނަ މައްސަލަތަކެއް ވަނީ ތަހުގީގު ރިޕޯޓްގައި ހިމަނައިފަ އެވެ.

ސިޓީގެ މި މައްސަލަ އިނގިރޭސި ޕްރިމިއާ ލީގުން އަންނަނީ މިނިވަން ކޮމިޓީއަކާ ހަވާލުކޮށްގެން ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. އެ މައްސަލަައިގައި، ސިޓީ އަށް އަންނާނެ އަދަބެއްގެ ވާހަކަ އިނގިރޭސި މީޑިއާގެ އެކި ފޯރަމްތަކުގައި އަންނަނީ ދެކެވެމުންނެވެ.

މީގެ ކުރިން ގާޑިއޯލާ ވަނީ ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުން، ސިޓީން އެއްވެސް ކަމެއްގައި އޭނާ އަށް އޮޅުވާލާފައިވާނަމަ، މަގާމުގައި އިތުރަށް ދެމިނުހުންނާނެ ކަމަށް ބުނެފަ އެވެ.

ގާޑިއޯލާ، އިއްޔެ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ބުނީ، މިއީ ހަމަ ޔުއެފާ އިން މީގެ ދެ އަހަރު ކުރިން ސިޓީއާ ބެހޭގޮތުން ދެއްކި ވާހަކަތައް ކަމަށާއި އޭރު ވެސް ސިޓީއާ މެދު ތުހުމަތުތަކެއް ކުރެވުނު ކަމަށެވެ. އަދި އެންމެ ފަހުން ސިޓީ އަށް ޖެހުނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިގެން އެ މައްސަލައިގައި އެ ޓީމުގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ކަމަށާއި މި ފަހަރު ވެސް އެ ކަން ކުރަންޖެހިއްޖެނަމަ ކްލަބުން އެ ފިޔަވަޅު ވެސް އަޅާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"މިއީ އާ ވާހަކަތަކެއް ނޫން، މިއީ އާ ތުހުމަތެއް ވެސް ނޫން. އަހަރެން މި ބުނަނީ މީގެ ދެ އަހަރު ކުރިން ވެސް ބުނި ގޮތަށް، އަހަރެން ތި މީހުން ކުރިމަތީގައި މި ކްލަބްގެ ދިފާއުގައި މި ހުރީ އަހަންނަށް މި ޓީމުން ކަމެއް އޮޅުވާލާފައިނެތް ކަމުގެ ޔަގީންކަމާ އެކު،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ މި ވަގުތަކީ ސިޓީ އަކީ "ބަލިކަށި" ބައެއްގެ ގޮތުގައި ދައްކަންވީ ވަގުތެއް ނޫން ކަމަށާއި އެ ޓީމު އޮތީ ވެސް އެ ގޮތަކަށް ނޫން ކަމަށެވެ. މީގެ ކުރިން ވެސް ސިޓީ އަށް މި ފަދަ ހާލަތްތައް ކުރިމަތިވިއިރު، ސިޓީގައި ޒިންމާ އަދާކުރަން ޖެހޭ މީހުން އެކަން ކޮށްފައިވާކަން ގާޑިއޯލާ ވަނީ ނޫސްވެރިންގެ ހަނދާނަށް ގެނެސްދީފަ އެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ ދެއްކި ވާހަކަ ތެރޭގައި ސިޓީ އަށް ފިޔަވަޅު އަޅައިދޭން ޔުއެފާ އަށް ސިޓީ ފޮނުވި ކްލަބްތަކުގެ ނަންތައް ވެސް ހާމަކޮށްފަ އެވެ.

"މިހާރު އެ ވާހަކަތައް އެ ދައްކަނީ 10 އަހަރުގެ މައްސަލަތަކެއްގެ ކަމަށް އެ ބުނަނީ. މީގެ ކުރިން ވެސް ކަންކަން ވެފައި ހުރި ގޮތް ފެނިފައި ހުރީ. އަހަރެމެންނާ ދެކޮޅަށް ޔުއެފާ އިން މައްސަލަ އެއް އުފުލީމަ، ބާންލީ، ވުލްވްސް، ލެސްޓާ، ނިއުކާސަލް، ސްޕާސް، އާސެނަލް، ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީއިން ޔުއެފާ އަށް ސިޓީ މި ފޮނުވަނީ އަހަރެމެން ޗެމްޕިއަންސް ލީގުން ބޭރުކުރަން، އަަހަރެމެންނަށް އެނގޭ މިހާރު ވެސް އެއީކަން އެ ބޭނުމަކީ،" ގާޑިއޯލާ ހިތްހަަމަނުޖެހިފައި ހުރެ ބުންޏެވެ.

ގާޑިއޯލާ ބުނީ ސިޓީ އަކީ އިނގިރޭސި އެހެން ކްލަބްތައް ގޮތަށް މުއްސަނދި ތާރީހެއް އޮތް ޓީމެއް ނޫން ކަމަށާއި އަލުން އެންމެ ދަށް ޑިވިޝަނުން ފަށަން ޖެހުނު ކަމަށް ވިޔަސް، އެ ކްލަބްގައި އެ ލެވަލުން ކަންކުރަން ވެސް ފަސްނުޖެހޭނެ މީހުން އެބަތިބި ކަމަށެވެ.

"އަހަރެމެން މި ތިބީ މި މައްސަލައިގެ ދިފާއުގައި ވެސް ކުރެވުނު ހުރިހާ ކަމެއް ކުރަން، ޔުއެފާ އިން ބެލި މައްސަލައިގައި ވެސް ތިބީ މި ގޮތަށް،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކް އަށް ކޯޗުކޮށްދިނުމަށް ފަހު، 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ވާހަކަތައް މީޑިއާގައި އަންނަ ގޮތުން އެ ޓީމުގައި ތިބި ކުޅުންތެރިންނަށް އޭގެ އަސަރު ކުރޭތޯ ކުރި ސުވާލަށް ގާޑިއޯލާ ބުނީ އެ ކަންކަމަށް ކުޅުންތެރިން ނުވިސްނާނެ ކަމަށާއި މިއީ އެ ކްލަބަށް އަންނަ ކޮންމެ މީހަކަށް ވެސް ކުރިމަތިވާ ހާލަތެއް ކަމަށެވެ. އަދި ސިޓީ ކުރިއަށްދަނީ ބޭރު ތެރޭ އުޅޭ މީހުން ދައްކާ ވާހަކަ ބަލައިގެން ނޫން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox