މައްސަލަ ބޮޑުވި ޔޫރަޕިއަން ސުޕަ ލީގުގެ އާ ފޯމެޓެއް: 60 ނޫނީ 80 ޓީމު!

Feb 10, 2023, 8:25 AM
ސުޕަ ލީގުގެ އެއް އިސް މޭސްތިރިޔާ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް (މ) ބާސެލޯނާގެ ރައީސް ލަޕޯޓާ(ވ)އާ އެކު.

ސުޕަ ލީގުގެ އެއް އިސް މޭސްތިރިޔާ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް (މ) ބާސެލޯނާގެ ރައީސް ލަޕޯޓާ(ވ)އާ އެކު.

ޕެރިސް (ފެބްރުއަރީ 10) - މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޔޫރަޕްގެ ނަން މަޝްހޫރު 12 ޓީމަކުން ފައްޓަން މަސައްކަތް ކުރި ޔޫރަޕިއަން ސުޕަ ލީގު ހުއްޓުމަކަށް ފަހު އެނބުރި އައިއިރު، އާ ފޯމެޓެއްގެ ދަށުން ލީގު ލޯންޗްކުރާއިރު، 60 ނޫނީ 80 ޓީމު އޭގައި ޝާމިލުވާނެ ކަމަށް ސުޕަ ލީގު ޕްރޮމޯޓްކުރާ ކުންފުނި، އޭ22 ސްޕޯޓްސް މެނޭޖްމަންޓް އިން ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު 18 ވަަނަ ދުވަހު 12 ކްލަބާ އެކު ސުޕަ ލީގު އިއުލާނުކުރި ނަމަވެސް އެކި ފިއްތުންތަކާ ހުރެ 72 ގަޑިއިރު ވެސް ނުވަނީސް އޭގެ ތެެރެއިން ނުވަ ޓީމެއް ވަނީ އެ ލީގުން ވަކިވެފަ އެވެ.

ފީފާ އާއި ޔުއެފާ އަދި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ޕްރެޝަރާ ހެދި ސުޕަ ލީގުން ވަކިވި ކްލަބްތަކަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، ޗެލްސީ، އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. ލީގުން ވަކިނުވެ ދެމި އޮތީ ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އެވެ. އެކި ފަހަރު މަތިން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ "ފަރުދާގެ ފުރަގަހުގައި" ސުޕަ ލީގުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

އެންމެ ފުރަތަމަ ސުޕަ ލީގު އިއުލާނުކުރިއިރު، އޮތީ 20 ކްލަބްގެ ލީގަކުން ފަށާ ގޮތަށެވެ. އޭގެ ތެރޭގައި ރެލިގޭޓް ނުވާ ގޮތަށް ފައުންޑަ މެމްބަރުންގެ ގޮތުގައި 12 ކްލަބް ހިމެނެ އެވެ. ދެން، އޭގެ އަށް އިތުރު ވަނީ ތިން ކްލަބެއްގެ އިތުރުން، ގައުމުތަކުން ކާމިޔާބު ހޯދައިގެން ސުޕަ ލީގަށް ކޮލިފައިވާ ފަސް ޓީމެކެވެ.

މި ފޯމެޓްގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް، އޭރު ވެސް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. ސުޕަ ލީގުގެ މަސައްކަތް، ކުރަމުން އަންނަ އޭ22 ސްޕޯޓްސް މެނޭޖްމަންޓްގެ ޗީފް އެގްޒެކްޓިވް، ބާން ރެއިޗާޓް ވިދާޅުވީ، ސުޕަ ލީގުގެ މަސައްކަތް ހުއްޓުމަކަށް ނާންނަކަމަށާއި މީގެ ކުރަން ޖެހޭ އެހެން ކަންކަން ނިންމަން މަޑުޖައްސާލީ ކަމަށެވެ.

އެ ގޮތުން، ކުރަން ޖެހުނު އެއް ކަމަކީ ސުޕަ ލީގުގެ ފޯމެޓް މުރާޖާ ކުރުން ކަމަށާއި އެ ގޮތުން އަލަށް އެކުލަވާލެވޭ ފޯމެޓްގައި 60 ނޫނީ 80 ވަރަކަށް ޓީމު، ސުޕަ ލީގުގެ ތެރެއަށް ވަންނާނެ އޭ22 އިން ބުނެ އެވެ. ފޯމެޓާ ބެހޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކުރުުމުގެ ބަދަލުގައި ރެއިޗާޓް ވިދާޅުވީ ލީގުގައި ބައިވެރިވާ ކޮންމެ ޓީމެއް ވެސް އަމިއްލަ ގައުމުގެ ޑޮމެސްޓިކް ސީޒަން ކުޅެވޭނެ ކަމަށާއި ސުޕަ ލީގުގައި ގިނަ ވެގެން ކުޅެން ޖެހޭނީ 14 މެޗު ކަމަށެވެ.

ލީގުގެ ފައުންޑަރު މެމްބަރުން ރެލިގޭޓްނުވާ ގޮތަށް އޮންނަ މާއްދާ އުވާލާނެ ކަމަށް ދެކެވޭ ވާހަކައާ ބެހޭގޮތުން އޭ22 އިން ސީދާ ޖަވާބެއް ނުދެ އެވެ.

ސުޕަ ލީގު ހުއްޓުވުމުގެ މަސައްކަތް ޔުއެފާ އިން އަންނަނީ ފީފާއާ ގުޅިގެން އަދިވެސް ކުރަމުންނެވެ.

ބާސެލޯނާގެ ރައީސް، ލަޕޯޓާ، ސްޕެއިންގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ސުޕަ ލީގު ފަށަން ކުރަން ޖެހޭ ކަންކަން ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށާއި ރަސްމީ ސިފައެއްގައި އެކަން ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ޔުއެފާއާ އެކު މަޝްވަރާ ކުރަން އަބަދުވެސް ތައްޔާރަށް ހުރި ކަމަށެވެ.

ސުޕަ ލީގެއް އައުމުގެ ފައިދާ ކްލަބްތަކަށް މާލީ ގޮތުންނާއި ސަޕޯޓަރުންނަށް ފުޓްބޯޅައިގެ ފޯރީގެ ތެރެއިން ކުރާނެ ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox