ޔުވެންޓަސް ވެސް ސުޕަ ލީގާ ދުރަށް، ބާކީ ތިބީ ބާސެލޯނާ އާއި ރެއާލް

Jun 2, 2024, 6:03 AM
ޔުވެންޓަސްގެ ބޯޑު މެމްބަރުން ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ބޯޑު މެމްބަރުން ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ރޯމް، އިޓަލީ (ޖޫން 2) - ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުން އެއްވެގެން ހަދަން އުޅުނު ސުޕަ ލީގުން ޔުވެންޓަސް ވެސް ވަކިވެއްޖެ އެވެ.

ޔުވެންޓަސް އަކީ ޔުއެފާ އިން ވަކިވެ، ޔޫރަޕިއަން ސުޕަ ލީގު (އީއެސްއެލް) އުފެއްދުމަށް އެއްވި 12 ކްލަބުގެ ތެރެއިން އެއް ކްލަބެވެ.

އެކަމަކު, ޔުވެންޓަސް ވަނީ ސުޕަ ލީގުން ވަކިވެ، ޔޫރަޕިއަން ކްލަބު އެސޯސިއޭޝަން (އީސީއޭ)އާ އަލުން ގުޅުމަށް އެދިފަ އެވެ.

Advertisement

ޔުވެންޓަސް އިން ވަނީ ސުޕަ ލީގުން ވަކިވާން ނިންމައި، އެ ލީގުން ވަކިވުމުގެ މަސައްކަތް މިދިޔަ އަހަރު ފަށައިފަ އެވެ. ސުޕަ ލީގުން ވަކިވުމަށް ރެއާލް އާއި ބާސާލޯނާގެ އޮތޮރައިޒޭޝަން (ހާއްސަ ހުއްދައެއް) އެ ކްލަބުން ބޭނުންވި އެވެ.

ސުޕަ ލީގުގެ އުފެއްދުމުގެ ހުވަފެން ދޫނުކޮށް، އެ ލީގުގައި މިހާރު ތިބީ ސްޕެއިންގެ ބޮޑު ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ.

ސުޕަ ލީގު އުފެއްދުމަށް އުޅުނު 12 ކްލަބުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކްލަބު ވެސް ހިމެނެއެވެ. އެކަމާ ގުޅިގެން މި ހަ ކްލަބު ވެސް 2021 ވަނަ އަހަރު އީސީއޭ އިން ވަކިކުރިއެވެ. އެކަމަކު، ސުޕަ ލީގުން ވަކިވުމުން، އެ ހަ ކްލަބުވެސް ވަނީ އީސީއޭއަށް އަލުން ވައްދައިފައެވެ.

އީސީއޭގެ ޗެއާމަން ނާސިރު އަލް ހަލީފާ ވަނީ ޔުވެންޓަސްގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

"ޔުވެންޓަސް މި ޖަމިއްޔާއަށް އެނބުރި އައުމަކީ ލިބުނު ފަހުރެއް. ޔުވެންޓަސްއަކީ މުއްސަނދި ތާރީހެއް އޮތް ކްލަބެއް،" ޕީއެސްޖީގެ ޗެއާމަންކަން ވެސް ކުރައްވާ ނާސިރު ވިދާޅުވި އެވެ.

އީއެސްއެލް ހެދުމަށް ޔޫރަޕްގެ ކްލަބުތަކުން މަސައްކަތް ފެށުމާ އެކު، ޔުއޭފާ އާއި ފީފާގެ އިންޒާރު ކްލަބުތަކަށް ލިބުނެވެ. އަދި ކްލަބުތަކުގެ ސަޕޯޓަރުން ވެސް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

ޔުވެންޓަސް ސުޕަ ލީގުން މި ވަކިވީ އެ ލީގުގައި ކްލަބުތައް ބައިވެރިވުން ފީފާ އާއި ޔުއޭފާ އަށް ނުހުއްޓުވޭނެ ކަމަށް ކޯޓް އޮފް ޖަސްޓިސް އޮފް ދަ ޔޫރަޕިއަން ޔޫނިއަން އިން މިދިޔަ އަަހަރުގެ ޑިސެމްބަރު މަހު ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox