އެމްޓީޑީސީގެ އަމާޒު؛ އާ ރިސޯޓުތަކާއެކު އެންމެ އުހަށް އެރުން

Feb 8, 2023, 5:15 PM
މިރޭގެ ޖަލްސާގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒުމީލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

މިރޭގެ ޖަލްސާގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒުމީލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އާ އަމާޒަކީ އަލަށް ތަރައްގީކުރާ ރިސޯޓުތަކާއެކު އިންޑަސްޓްރީގެ އެންމެ އުހަށް ކުންފުނި ގެންދިއުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒުމީލް އަބްދުއް ސޮމަދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޓީޑީސީ އަށް 15 އަހަރު ފުރުން ފާހަގަ ކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ތަޒުމީލް ވިދާޅުވީ އެމްޓީޑީސީ އުފެދިގެން އައީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި، 2006 ގައި ކުންފުނި އުފެއްދި މަގުސަދަކީ އިގުތިސޯދީ ދިރުން ކަމުގައިވާ ޓޫޒިއަމްގެ މަންފާ އާއި ނަފާ ހުރިހާ ރައްޔިތުންނަށް ލިބި ދިނުން ކަމަށެވެ.

ހިއްސާދާރުން ކުރި އިންވެސްޓެމްންޓު ކުރު މުއްދަތެއްގެ ތެރޭގައި ލިބުނަސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ތަޒުމީލް ވިދާޅުވި އެވެ. ފާހަގަ އެ ކުރެއްވީ 2010 ވަނަ އަހަރު ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލާއެކު ރިސޯޓުތަކުގެ ބިމު ކުލި ބޮޑުވެ، ކުރިމަތިވި މާލީ ގޮންޖެހުމުގެ ވާހަކަ އެވެ.

"މިއަދު މި ކުންފުންޏަކީ އެންމެ ހިއްސާދާރުން ގިނަ އަހަރުން އަހަރަށް ފައިދާވަމުން އަންނަ ކުންފުންޏެއް. ހިއްސާދާރުންނަށް ފައިދާވާނެ ފެންވަރު ހުރި ކުންފުންޏެއް. މި ސިނާއަތުގެ އެންމެ ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ އަމާޒު،" އޭނާ ވިދާޅުވި އެވެ.

އާ އަމާޒަށް ދިއުމަށްޓަކައި ހދ. އަތޮޅުގައި ހަދާ ރިސޯޓު 2024 ވަނަ އަހަރު ހުޅުވޭއިރު، 230 އެނދުގެ އާ ރިސޯޓެއް ތަރައްގީކުރަން ޕްލޭން ކޮށްފައިވާކަން އިއުލާނު ކުރެއްވެވި އެވެ.

"އެ ގާބިލުކަން [އާ ރިސޯޓު ހެދުން] ކުންފުނީގައި އެބަ ހުރި. މި ރިސޯޓު ތަރައްގީ ކުރެވޭނީ ޒަމާނީ ފެންވަރަށް ހުރިހާ ގިންތިއަކަށް ހިދުމަތް ދެވޭ ގޮތަށް،" ތަޒުމީލް ވިދާޅުވި އެވެ.

ޔޫއޭއީގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާ ހަދައިގެން ތަރައްގީކުރާ ރާއްޖޭގެ އެންމެ އެނދުނު ގިނަ ރިސޯޓުކަމުގައިވާ ހދ. ނާގޯށި 2024 ގައި ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ 1600 އެނދުގެ ރިސޯޓެކެވެ.

ނާގޯށި ވެގެންދާނީ ރާއްޖޭގައި ހަދާ އެންމެ ބޮޑު ރިސޯޓަށެވެ. އެ ރިސޯޓުގެ މަސައްކަތް ނުނިމި ލަސްވެގެން ދިޔުމުން އެއްބަސްވުން ބާތިލުކުރުމަށް ފަހު އަލުން 50 އަހަރަށް ދިނީ 2017ގަ އެވެ.

އާ ވެބްސައިޓް، ލޯގޯ އަދި އޮފީސް އިމާރާތް

އެމްޓީޑީސީގެ ލޯގޯ ބަދަލުކޮށް އާ ލޯގޯ އަކާއި އާ ވެބްސައިޓް މިރޭ އިފްތިތާހު ކުރި އެެވެ. އަދި ހުޅުމާލޭގައި ހަދާ ހަތް ބުރީގެ އޮފީސް އިމާރާތް އިފްތިތާހުކޮށް ދެއްވީ ވެސް ޖަލްސާގެ ޝަރަފުވެރި މެހްމާން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އެ އޮފީސް އިމާރާތެއް ހެދުމަށްޓަކައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 6000 ގެ ބިމެއް ގަނެފައިވާ ކަމަށާއި މި އަހަރު ތެރޭގައި އޮފީސް އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް ތަޒުމީލް ވިދާޅުވި އެވެ.

އެމްޓީޑީސީ ތަރައްގީކޮށް، ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބް ލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅި (އަނަންތާރާ ކިހަވަށް) އަދި ތުރުކީގެ އަހްމެޓް އައިދިޒް ކުންފުންޏަށް ސަބް ލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ (އަޔާދާ މޯލްޑިވްސް)އެވެ.

އެމްޓީޑީސީގެ 47 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތްއިރު، 53 ޕަސެންޓް އޮތީ އާންމުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox