ފީފާ ކުލަބު ވޯލްޑުކަޕުގެ ސެމީގައި މިރޭ ރެއާލް މެޑްރިޑު ކުޅޭ މެޗު މީޑިއާނެޓުން ފެންނާނެ

Feb 8, 2023, 11:56 AM
ފީފާ ކުލަބު ވޯލްޑުކަޕުގެ ސެމީގައި މިރޭ ރެއާލް މެޑްރިޑު ކުޅޭ މެޗު މީޑިއާނެޓުން ފެންނާނެ

ދުނިޔޭގެ ހުރިހާ ބައްރުތަކެއްގެ ކަލަބު ޗެމްޕިއަނުން ހިމަނައިގެން ކުޅޭ ފޯރިގަދަ މުބާރާތް، "ފީފާ ކުލަބް ވޯލްޑް ކަޕް" ގެ ސެމީ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާއި އަލް ހިލާލް ބައްދަލު ކުރާ މެޗު މީޑިއާނެޓުން ދެއްކުމަށް ހަމަޖައްސައިފި އެވެ.

އެ މެޗު ގެނެސްދޭނީ މީޑިއާނެޓުގެ ކުޅިވަރު ޗެނަލް، އައިސް ސްޕޯޓްސް (ޗެނަލް 102) މެދުވެރިކޮށެވެ.

މިއަހަރުގެ މުބާރާތަށް ކޮލިފައިވެފައި ވަނީ މިދިޔަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަން، ރިއާލް މެޑްރިޑާއި އެފްރިކާގެ ޗެމްޕިއަން، އަލް އަޙްލީއާއި އޭޝިއާގެ ޗެމްޕިއަން، އަލް ޙިލާލްގެ އިތުރުން ނޯތު އަދި ސެންޓްރަލް އެމެރިކާގެ ޗެމްޕިއަން ސިއެޓްލް ސައުންޑަރސްއާއި ސައުތު އެމެރިކާގެ ޗެމްޕިއަން ފްލެމެންގޯ އަދި އޯޝޭނިއާގެ ޗެމްޕިއަން އޯކްލޭންޑް ސިޓީ އާއި މުބާރާތް ހޯސްޓް ކުރާ ގައުމު، މޮރޮކޯގެ ވިދާދް އޭސީ އެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް ރޭގައި ކުޅުނު އިރު، ފްލެމެންގޯއާ ވާދަކޮށް އަލް ހިލާލް ވަނީ 2-3 ގެ ނަތީޖާއަކުން ކުރި ހޯދައި ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ސެމީގެ ދެވަނަ މެޗަށް ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ނުކުންނާނީ އަލް އަޙްލީ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރި ދުވަހުގެ ރޭ 12:00 ގަ އެވެ. އެ މެޗު ވެސް އައިސް ސްޕޯޓްސް އިން ވަގުތުން ދައްކާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

ފީފާ ކުލަބު ވޯލްޑުކަޕުގެ މި ފޯރިގަދަ ދެ މެޗު މީޑިއާނެޓުގެ އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތާކު ހުރެގެން ވެސް ބެލޭނެ އެވެ.

މީޑިއާނެޓުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން ޝައުގުވެރިވާ އަދި ބޭނުންވާ މިފަދަ ފޯރިގަދަ މުބާރާތްތަކާއި އެހެނިން ކޮންޓެންޓު ދިވެހިންނާ ހަމައަށް ފޯރުކޮށްދިން ކަމަށް އެ ކުންފުނިން އަބަދުވެސް ފާހަގަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox