ފަލާހު ރުޅި ގަދަވީ ދެ މެންބަރަކާ މެދު ތަފާތު ކުރުމުން

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް؛ ތަޅުމުގައި އަޑުގަދަކުރީ ދެ މެންބަރަކާ މެދު ރިޔާސަތުން ތަފާތުކުރުން ގެންގުޅުމުން ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް؛ ތަޅުމުގައި އަޑުގަދަކުރީ ދެ މެންބަރަކާ މެދު ރިޔާސަތުން ތަފާތުކުރުން ގެންގުޅުމުން ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި އަޑުގަދަކޮށް ނުރުހުން ފާޅުކުރީ ބަހުސެއްގައި ވާހަކަ ދައްކަވަމުން ގެންދެވި ދެ މެންބަރަކާ މެދު މަޖިލީހުގެ ރިޔާސަތުން ތަފާތުކޮށް އަމަލުކޮށްފައިވާތީ ކަމަށް މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ހުށަހެޅިފައި އޮތް ސަރުކާރު އޮފީސްތަކަށް އިމާރާތްތައް ކުއްޔަށް ހިފުން ހުއްޓުވުމާ ގުޅޭ ގަރާރަކަށް ބަހުސްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ދެއްކެވީ މިދިޔަ މަހު އޮތް އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ވާހަކަ އެވެ.

ހުށަހެޅިފައިވާ ގަރާރުގެ މައުޟޫއުގެ ބޭރުން ވާހަކަ ދައްކަވާތީ ކަމަށް ވިދާޅުވެ އޭރު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ގަފޫރުގެ ވާހަކަތައް ހުއްޓުވައިފަ އެވެ. އެއާއެކު، އެމްޑީޕީގެ ބައެއް މެންބަރުން ތަޅުމުގައި އަޑުގަދަކުރައްވަން ފެއްޓެވި އެވެ.

Advertisement

އޭގެ ތެރެއިން އެއް މެންބަރަކީ ފަލާހެވެ. މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ތަކުރާރުކޮށް އެންގެވި ނަމަވެސް، ފަލާހު އަޑުގަދަކުރުން ހުއްޓައެއް ނުލި އެވެ. ފަހުން އޭނާގެ ނަން އިއްވައި، ތަޅުމުން ނެރުނެވެ. އޭރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ.

ފަލާހު ވަނީ ނުރުހުން ފާޅުކުރި ސަބަބު "އަދަދު" ނޫހަށް ކިޔައިދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ނުރުހުން ފާޅުކުރި މައިގަނޑު ސަބަބަކީ ދެ މެންބަރަކާ މެދު ރިޔާސަތުން ދެ ގޮތަކަށް އަމަލު ކުރުމެވެ.

"އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު [މުހައްމަދު ވަހީދު] ވެސް ވާހަކަ ދެއްކެވީ ހުށަހެޅިފައި އޮތް މައްސަލައަކަށް ނޫން، ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު [ގަފޫރު] ވާހަކަ ދެއްކެވީމައި މި އެންގެވީ ހުށަހެޅިފައި އޮތް މައްސަލައަކާ ބަހުސް ކުރުމަށް،" ފަލާހު ވިދާޅުވި އެވެ.

މެންބަރު ވަހީދު އެ ގަރާރަށް ބަހުސް ކުރެއްވި އިރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބައެއް މެންބަރުންނަށް ދާދި ފަހުން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އޭރު މައުޟޫއުއަށް ވާހަކަ ދެއްކެވުމަށް ރިޔާސަތުން ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު މަޖިލީހުގެ ތެރޭގައި އެ ދެ ފެކްޝަނުން ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރެ އެވެ. މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި، ބިލުތަކާއި، ގަރާރުތަކުގެ ބަހުސްތަކުގައި ވެސް ދެ ފެކްޝަނުގެ މެމްބަރުންގެ ހިޔާލު ތަފާތެވެ.

ރިޔާސަތުގައި އާންމުކޮށް ތިއްބަވަނީ ނަޝީދު ފެކްޝަންގެ ދެ މެމްބަރުން ކަމަށްވާ އަފީފާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އެ ބޭފުޅުން ރިޔާސަތުގައި ތިއްބަވާއިރު ތަފާތު ކުރައްވާ ކަމަށް ރައީސް ސޯލިހުގެ ފެކްޝަން މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox