ހުލާސާކޮށް އިއްޔެ: ރިޔާސީ ބަޔާނުން އިޖުތިމާއީ އިގުތިސޯދީ އާ ތަސައްވުރެއް

Feb 7, 2023, 1:49 AM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ފަހު ރިޔާސީ ބަޔާން ވެގެން ދިޔައީ ތާރީހީ ބަޔާނަކަށެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހަށް އިއްވެވި އެ ބަޔާނުގައި ވަނީ އުއްމީދާއި ގައުމުގެ އިޖުތިމާއީ އިގުތިސޯދީ އާ ތަސައްވުރެއް ކުރައްސަވައި ދެއްވާފައިވެ އެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ދަތިކަމެއް ކުރިމަތި ނުވެ ރިޔާސީ ބަޔާން އިއްވެވި ނަމަވެސް އިއްޔެގެ ރިޔާސީ ބަޔާން އިއްވެވީ ދެ ވަނަ ފަހަރަށް ޕޯޑިއަމް އަށް ވަޑައިގަތުމަށް ފަހު އެވެ. ފުރަތަމަ ފަހަރު ރިޔާސީ ބަޔާން ފެއްޓެވުމާއެކު އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް އަޑުއުފުއްލަވަން ފެއްޓެވުމުން ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލެއްވެވި އެވެ.

އެއަށް ފަހު، މަޖިލީހުން ނުކުމެވަޑައިގަތުމަށް ނަން އިއްވަވާފައިވާ ހަތަރު މެމްބަރުން މާލަމުން ބޭރުކުރި އެވެ. އެއީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ތޯރިގް އިބްރާހިމް އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ރިޔާސީ ބަޔާން ރައީސް ސޯލިހު އިއްވެވި ޖަލްސާއަށް، ރިޔާސީ ޕްރައިމަރީގައި ފިކުރެއްގެ ދިރުމުގެ ޝިޔާރުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ގިނަ މެމްބަރު ވަޑައިނުގަންނަވަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެވަޑައިގަތުން އެ މަނިކުފާނު ފުރިހަމައަށް ގަބޫލު ނުކުރައްވަ އެވެ.

ސިޔާސީ ގޮތުން ހަލަބޮލިވެފައި އޮތް މިދަނޑިވަޅުގައި، ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ރިޔާސީ ޓިކެޓާއެކު ހުންނެވި ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ގިނަ އުއްމީދުތަކެއް ރައްޔިތުންނަށް ދެއްކާފައިވެ އެވެ. އިޖުތިމާއީ އެތައް މައްސަލަތަކަށް ހައްލު ގެންނަވާނެ ކަމާއި، އިގުތިސޯދު ދެގުނަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުން ފާހަގަ ކުރެވުނު މުހިންމު ހަބަރުތައް

މުހިންމު ބައެއް ހަބަރުތައް

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ރިޔާސީ ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރުންނަށް ވަންނަން ފުރުސަތު ނުދިނުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
  • ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގައި ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވަމުން ގެންދެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ފަޅި ބަދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕާ ގުޅިވަޑައިގެންފި އެވެ.
  • ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި މަދުވެގެން 30 މީހުންް ވޯޓުލުމަށް ރަޖިސްޓްރީކޮށްފި ނަމަަ ވޯޓު ފޮށި ބަހައްްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
  • އެފްއޭއެމް 17 އަަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސްކޫލް އަތުން ކަލާފާނު ސްކޫލް 2-1 އިން މޮޅުވި މެޗަށް ފަހު ގުރައިދޫ ޓީމުގެ ކުޅުންތެރިންގެ ބެލެނިވެރިންނާއި އޮފިޝަލުންގެ އިތުރުން ކުޅުންތެރިން ހިމެނޭ ގޮތަށް މާރާމާރީ ހިންގައި ރެފްރީ އަށް ހަމަލާ ދިނެވެ.

ދުވަހުގެ ކޯޓޭޝަން

އިއްޔެގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ؛

2028 ނިމޭއިރު، ރާއްޖޭގެ އިގުތިސޯދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް އޭގެ 10 އަހަރު ފަހުން،، ރާއްޖޭގެ އިގުތިސޯދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ. އިގުތިސޯދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށްލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ.

ދުވަހުގެ ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް ޕޯޑިއަމް ކައިރީގައި ހުއްޓިވަޑައިގަތުމުން، އެކަމަށް ހުރަސް އެޅުއްވުމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް ޕޯޑިއަމް ކައިރީގައި ހުއްޓިވަޑައިގަތުމުން، އެކަމަށް ހުރަސް އެޅުއްވުމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް ޕޯޑިއަމް ކައިރީގައި ހުއްޓިވަޑައިގަތުމުން، އެކަމަށް ހުރަސް އެޅުއްވުމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox