ފަޅި ބަދަލުކޮށް މެމްބަރު މުއިއްޒު ރައީސް ސޯލިހުގެ ފެކްޝަނަށް

ފަޅި ބަދަލުކޮށް މެމްބަރު މުއިއްޒު ރައީސް ސޯލިހުގެ ފެކްޝަނަށް

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގައި ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވަމުން ގެންދެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ފަޅި ބަދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕާ ގުޅިވަޑައިގެންފި އެވެ.

ވެރިކަމުގެ ނިޒާމުގެ ބަހުސުން އުފަންވި ފެކްޝަންތައް ހާމައަށް ފެންނާން ފެށީ ރިޔާސީ ޓިކެޓުގެ ވާދައިގައި ދެ ރައީސުން ކުރެއްވި ކެމްޕޭނުގެ ތެރެއިންނެވެ. ރިޔާސީ ޕްރައިމަރީގައި މުއިއްޒު އެއްވެސް ފަޅިއަކުން ކުރީ ސަފުގައި ފެނިފައެއް ނުވެ އެވެ. އަދި، ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރައްވާކަން ވެސް ހާމަކޮށްފައި ނުވެ އެވެ.

މަޖިލީހަށް ހޮވުނު ފަހުން ރިޔާސީ ޕްރައިމަރީއާ ޖެހެންދެން ވެސް މުއިއްޒު ހުންނެވީ ނަޝީދުގެ ކޭމްޕުގަ އެވެ. އެކަމަކު، މިއަދު ރަސްމީކޮށް ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން އޭނާ ވަނީ ހާމަކުރައްވާފަ އެވެ.

"އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށް ދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ނިންމައިފިން،" މުއިއްޒު މިއަދު ޓްވީޓު ކުރެއްވި އެވެ.

ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މީގެކުރިން ވަރަށް ބޮޑަށް މުއިއްޒު ފާޑުވިދާޅުވެފައި ވެއެވެ. ވަކިން ހާއްސަކޮށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބެލުމުގައި ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

މިއީ ނަޝީދުގެ ކޭމްޕް ދޫކުރައްވައި ރައީސްގެ ކޭމްޕާ މިފަހުން ގުޅިވަޑައިގެންނެވި ދެވަނަ މެމްބަރެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހުގެ ފެކްޝަނާ ގުޅި އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާފަ އެވެ.

އޭގެ ކުރިން، ވެސް ނަޝީދަށް ތާއީދު ކުރައްވަމުން ގެންދެވި މެމްބަރުންތަކެއްގެ ތާއީދު ރައީސް ސޯލިހު ހޯއްދެވި އެވެ. އޭގެ ތެރޭގައި ނަޝީދާ އަރިސް މެމްބަރުން ހިމެނެ އެވެ. އޭގެ ތެރޭގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމާއި، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) އާއި ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހިމެނެ އެވެ.

މުއިއްޒު ނަޝީދުގެ ކޭމްޕް ދޫކޮށްލެއްވުމާ އެކު އެމަނިކުފާނުގެ ކޭމްޕުގައި ތިއްބެވީ މަޖިލިސްގެ މަދު މެމްބަރުންތަކެކެވެ. އަދި، ގައުމީ މަޖިލީހާއި ޕާޓީގެ ހުރިހާ ގުނަންތަކެއްގައި އޮތް ތާއީދު ވެސް އެމަނިކުފާނަށް މިހާރު ވަނީ ގެއްލިފަ އެވެ.

ރިޔާސީ ޕްރައިމަރީ ވެސް ގެއްލި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ނެތްއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އެމަނިކުފާނު ތާއިދު ކުރައްވާކަން ހާމަކުރައްވާފައި ނުވެ އެވެ.

އަދި، ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ގޮފިތަކެއް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ، އެމްޑީޕީގެ ދަފްތަރުން އުނިކުރި 39،000 މެމްބަރުން އަލުން އަނބުރާ ޕާޓީއަށް ވައްދައި އެ މެމްބަރުންގެ ބަހާ އެކު އެމްޑީޕީން ތާއިދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox