ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ޔޫރަޕާއި އޭޝިއާގެ ތަޖުރިބާ ބޮޑު ކޯޗެއް ގެނެސްފި

Feb 6, 2023, 6:44 AM
މާޒިޔާ އިން ހަމަޖެއްސި އާ ކޯޗު އިވާން ކޮލޭވް (ވ) އެ ކްލަބްގެ ޗެއާމަން ސާޖިދުއާ އެކު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ އިން ހަމަޖެއްސި އާ ކޯޗު އިވާން ކޮލޭވް (ވ) އެ ކްލަބްގެ ޗެއާމަން ސާޖިދުއާ އެކު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފާއިތުވި ތިން އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހެޑް ކޯޗަކަށް ޔޫރަޕާއި އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެއް ކަމަށްވާ އިވާން ވެންކޯވް ކޮލޭވް ހަމަޖައްސައި، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިވާން، 65، އާ އެކު މާޒިޔާ އިން އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެކަމަށް ހާއްސަކޮށް ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓެއްގަ އެވެ. ކޯޗިންގެ ތަޖުރިބާ އަށް ބަލާއިރު، އިވާން ވަނީ 40 ވަރަކަށް އަހަރު ޕްރޮފެޝަނަލް ކޯޗެއްގެ ގޮތުގައި މަސައްކަަތްކޮށްފަ އެވެ.

އޭޝިއާގެ ބައެއް ގައުމީ ޓީމުތަކުގައި ވެސް މަސައްކަތް ކުރި އިވާން އަކީ މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ.

މާޒިޔާއާ އެކު ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު އިވާން ބުނީ އޭނާ އަށް އިތުބާރުކޮށް މާޒިޔާ އިން އެ ފުރުސަތު ދިނީތީވެ، އެ ކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެންގެ ވަޒީފާ އަށް ވާން ޖެހޭނީ މާ ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ދަނޑުމަތީގައި ޖަވާބު ދިނުން. އެއީ ކޯޗެއްގެ މަސައްކަތް އޮންނަން ޖެހޭނެ ގޮތަކީ ވެސް،" އިވާން ބުންޏެވެ.

މާޒިޔާގެ ޗެއާމަން ސާޖިދު (ކ) އާއި ކޯޗު އިވާން ކޮންޓްރެކްޓްގައި ސޮއިކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ އަށް މީގެ ކުރިން ފުރަަތަމަ ޑިވިޝަނުގައި ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ކޯޗުކޮށްދިނެވެ. އެއީ 2017 އާއި 2019-20 ސީޒަނުގަ އެވެ. އަދި 2020-2021 ވަނަ އަހަރުގެ ސީޒަނުގެ މެދުތެރެއިން، 2021 ގެ ޖެނުއަރީގައި މާޒިޔާގެ ކޯޗުކަމާ ހަވާލުވީ ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އެވެ. އަދި މިދިޔަ ސީޒަނުގެ މެދުތެރެއިން މާޒިޔާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ސާބިއާގެ މިއޮޑްރަގް ޖެސިކް އެވެ. ޖެސިކް ވަނީ ދާދި ފަހުން ކާރު އެކްސިޑެންޓެއްގައި މަރުވެފަ އެވެ.

މާޒިޔާގެ އާ ކޯޗަށް ކަޅިއެއް

ކުރިން ޕްރޮފެޝަނަލްކޮށް ކުޅެފައިވާ، އިވާން ކޯޗިން ކެރިއަރު ފެށީ 1982 ވަނަ އަހަރު ބަލްގޭރިއާގެ ލެވްސްކީ ސޯފިއާގެ ޔޫތު ޓީމުންނެވެ. ބަލްގޭރިއާގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދިނުމަށް ފަހު، އޭނާ ވަނީ ބަލްގޭރިއާގެ 19 އަހަރާއި 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އޭޝިއާގައި އިވާންގެ ފުރަތަމަ ތަޖުުރިބާ އަކީ 2002-2004 އަށް އިންޑޮނީޝިއާ ގައުމީ ޓީމަށް ކޯޗުކޮށްދިނުމެވެ. އޭގެ ފަހުން، 2004-2005 އަށް އޭނާ ވަނީ މިޔަންމާގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި 2007 ވަނަ އަހަރު އަލުން އިންޑޮނީޝިއާ ކޯޗެއްގެ ގޮތުގައި އެއް އަހަރު ހުއްޓެވެ.

އަލުން ބަލްގޭރިއާގެ 21 އަހަރުން ދަށުގެ ޓީމުގައި 2008-2009 ގައި ހުރުމަށް ފަހު އިވާން ދެން އެއްކޮށް ފެނިފައިވަނީ ކްލަބްތަކުންނެވެ. އެ ގޮތުން، މިދިޔަ 10 ވަރަކަށް އަހަރު މުޅިން ކަހަލަ ގޮތަކަށް އިވާން މަސައްކަތްކޮށްފައިވަނީ ބަލްގޭރިއާ އާއި އިންޑޮނީޝިއާގެ ކްލަބްތަކުގަ އެވެ. މާޒިޔާއާ ހަވާލުވުމުގެ ކުރިން އިވާން އެންމެ ފަހުން މަސައްކަތް ކުރީ ބަލްގޭރިއާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް، ލޮޮކޮމޯޓިވް ސޯފިއާގަ އެވެ.

މާޒިޔާއާ އެކު އިވާން މަސައްކަތް ފަށާއިރު، މިއީ ދެކުނު އޭޝިއާގެ ކްލަބަކަށް އޭނާ ކޯޗުކޮށްދޭނެ ފުރަތަމަ ފަހަރެވެ. ކްލަބް ލެވަލްގައި ކާމިޔާބަށް ބަލާއިރު، އިވާން ވަނީ ޔަންގޮން ޔުނައިޓެޑަށް 2012 އާއި 2013 ވަނަ އަހަރު މިޔަންމާ ނެޝަނަލް ލީގު ކާމިޔާބުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox