ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ ބިލު މި ދައުރު ހުށަހަޅަނީ

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން --

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން --

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރުމަށް ގާނޫނު އަސާސީއަށާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެށުނު ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ އެކުލެވުން ހިމެނޭ ގޮތަށް ޖުޑިޝަރީއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ރައީސް ސޯލިހުގެ މި ރިޔާސީ ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި ހުށަހެޅިގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޖުޑިޝަރީއަށް ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ވޭތުވެދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތްތައް ގިނަ ކަމަށާއި، ނަތީޖާއެއްގެ ގޮތުން އެ ދާއިރާއަށް ރައްޔިތުން ކުރާ އުންމީދު އަންނަނީ ބޮޑުވަމުން ކަމަށެވެ. އަދިވެސް އިތުރު މަސައްކަތްތައް ކުރުމަށް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"ވަސީލަތުގެ ގޮތުން ޖުޑީޝަރީއަށް ހުރި ދަތިތައް ހައްލުކުރުމަށް ވެސް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން، އަތޮޅުތެރޭގައި އިތުރު ކޯޓު އިމާރާތްތަކުގެ މަސައްކަތް އެ ދަނީ ހިނގަމުން، އަލަށް އިމާރާތް ކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ގެންދިއުމަށް އިސްކަން ދެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖޭއެސްސީގެ އެކުލެވުން ބަޔާން ކޮށްފައި ވަނީ ގާނޫނު އަސާސީގަ އެވެ. އެ އެކުލެވުން ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހެ އެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނެވެނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ މެޖޯރިޓީންނެވެ. އެއީ 66 މެންބަރުންނެވެ.

އެމްޑީޕީގެ 66 މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. ނަމަވެސް މިހާރު އެ ޕާޓީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. އެތެރޭގެ ރިޔާސީ ޕްރައިމަރީއަށް ފަހު ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން އަދި ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނުނިންމަ އެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

މިހާރު އެ ކޮމިޝަންގައި ގިނައީ އެމްޑީޕީގެ ބޭފުޅުންނެވެ. ކޮމިޝަންގެ ރައީސަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ނައިބު ރައީސަކީ ރައީސް ސޯލިހުގެ މެންބަރަކަށް ކޮމިޝަންގައި އިންނަވާ މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުރަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް، ޖުޑިޝަރީއާއި ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އަބަދުވެސް އަމާޒުވެ އެވެ.

އެ ކޮމިޝަންގެ އެކުލެވުން ބަދަލުނުކޮށް މިހާތަނަށް ކުރިއަށް ގެންގޮސްފައި އޮތުމުން އެމްޑީޕީއަށް ވެސް އެ ތުހުމަތުތައް އަމާޒުވެފައިވެ އެވެ. އެ ގޮތުން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox