ޗައިނާގެ "ޖާސޫސީ" ބެލޫން އެމެރިކާއިން ވައްޓާލައިފި

Feb 5, 2023, 12:50 AM
އެމެރިކާގެ ވައިގެ ސަރަހައްދުގައި 60،000 ފޫޓު މަތިން ދަތުރުކުރަމުން ދިޔަ ޗައިނާގެ ބެލޫން އެމެރިކާގެ ސައުތު ކެރޮލައިނާގެ އައްސޭރި ފަށަށް ފެބްރުއަރީ 4، 2023 ގައި ވައްޓާލަނީ.  ފޮޓޯ ކްރެޑިޓް: ރޮއިޓާސް

އެމެރިކާގެ ވައިގެ ސަރަހައްދުގައި 60،000 ފޫޓު މަތިން ދަތުރުކުރަމުން ދިޔަ ޗައިނާގެ ބެލޫން އެމެރިކާގެ ސައުތު ކެރޮލައިނާގެ އައްސޭރި ފަށަށް ފެބްރުއަރީ 4، 2023 ގައި ވައްޓާލަނީ. ފޮޓޯ ކްރެޑިޓް: ރޮއިޓާސް

އެމެރިކާގެ މަތިން ދަތުރުކުރަމުން ދިޔަ ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ބެލެވޭ ބޮޑު ބެލޫން، އެ ގައުމުގެ ރައީސް ޖޯ ބައިޑެންގެ އަމުރުފުޅަށް ހޮނިހިރު ދުވަހު ވައްޓާލައިފި އެވެ.

އެ އުޅަނދު ދަތުރުކުރަމުން ދިޔައީ 60،000 ފޫޓު މަތިން، ވައި ޖެހޭ ކޮޅަކަށް ކަމަށް ޕެންޓަގަން އިން ވަނީ ބުނެފަ އެވެ. އެމެރިކާގެ ހުޅަނގު ބިތުން އިރުމަތީ އެ ބެލޫން ދަތުރު ކުރަމުން ދިޔައިރު، އަސްކަރީ މުހިންމު ތަންތަން ހުރަސްކޮށްފައިވެ އެވެ.

ބަޑި ޖަހައި ބެލޫން ވައްޓާލަން ބައިޑެން ފުރަތަމަ ބޭނުންވީ ބުދަ ދުވަހު އެވެ. ނަމަވެސް ދަތުރުކުރަމުން ދިޔަ މިސްރާބަށް ބަލައި، ބެލޫން ބިމަށް ވައްޓާލުމުގެ ބަދަލުގައި ލަފާ ދިނީ ކަނޑުގެ ސަރަހައްދަކަށް ވައްޓާލުމަށެވެ. ބެލޫން ވައްޓާލީ ސައުތު ކެރޮލައިނާގެ އައްސޭރި ފަށަށެވެ.

އެއަށް ފަހު އެމެރިކާގެ ރައީސް ވިދާޅުވީ އެކަން ކާމިޔާބު ކަމާއެކު ކޮށްފި ކަމަށެވެ. އަދި އޮޕަރޭޝަން ހިންގި އަސްކަރީ އޮފިސަރުންނަށް އެ މަނިކުފާނު ތައުރީފު ކުރެއްވެވި އެވެ.

ޖާސޫސީ އުޅަނދެއް ކަމަށް އެމެރިކާއިން ބުނާ ބެލޫން ފެނުމާއެކު އެމެރިކާ އާއި ޗައިނާގެ ގުޅުން ގޯސްވެ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކަން ޗައިނާއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ބްލިންކަން ޗައިނާ އަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ ފެބްރުއަރީ 5 ގަ އެވެ. އެ ދަތުރު ކެންސަލް ކުރެއްވުމަށް ފަހު އޭނީ ވަނީ ޗައިނާގެ ބެލޫނަކީ އެމެރިކާގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ އެމެރިކާގެ ވައިގެ ސަރަހައްދުން ފެނިފައިވާ އުޅަނދަކީ އެ ގައުމުން މޫސުމީ ތަހުލީލުތައް ކުރަން ބޭނުންކުރާ އުޅަނދެއް ކަމަށާއި، އެ އުޅަނދު އެމެރިކާގެ ވައިގެ ސަރަހައްދަށް ގޮސްފައިވަނީ ކޮންޓްރޯލް ނެއްޓިގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox