ޗެލްސީގެ ހަރަދުގެ ވާހަކަ ދައްކާނީ ވަކީލެއްގެ ހާޒިރުގައި: ކްލޮޕް

Feb 4, 2023, 3:23 AM
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ޗެލްސީން ކުރި ހަރަދުތަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދޭން ކްލޮޕް ބޭނުމެއް ނުވި.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ޗެލްސީން ކުރި ހަރަދުތަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދޭން ކްލޮޕް ބޭނުމެއް ނުވި.

ލިވަޕޫލް (ފެބްރުއަރީ 4) - ޗެލްސީން ކުޅުންތެރިން ގަންނަން ކުރާ ހަރަދުތަކާ ގުޅޭ ވާހަކަތައް ދައްކާނީ ވަކީލެއްގެ ހާޒިރުގައި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޖެނުއަރީ މަހުގައި ޗެލްސީން އެކަނި ވެސް ވަނީ އަށް ކުުޅުންތެރިން ގަންނަން 350 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޭގެ ތެެރެއިން ދެ ޓްރާންސްފާއެއްގެ އަގު އުޅެނީ 100 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. އެއީ ޝަކްޓާ ޑޮނެސްކަށް 108 މިލިއަން ޑޮލަރު ދީފައި ގެނައީ ޔޫކްރެއިންގެ ވިންގް، މިކައިލޯ މުޑްރިކް އާއި ޕޯޗުގަލްގެ ބެންފީކާ އަށް 130 މިލިއަން ޑޮލަރު ދޭން ނިންމުމަށް ފަހު ގެނައި އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް އެވެ.

ޗެލްސީން މި ސީޒަނުގައި އެކަނި ވެސް ވަނީ ލިވަޕޫލުން މިިދިޔަ ހައެއްކަ އަހަރު ކުޅުންތެރިން ގަންނަން އިންވެސްޓް ނުކުރާ ވަރަށް ކޮށްފަ އެވެ. ޗެލްސީގެ ޖުމްލަ ހަރަދު އުޅެނީ 600 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. އެކަމާ ގުޅޭގޮތުން ލިވަޕޫލްގެ ކޯޗު ކްލޮޕާ ސުވާލުކުރުމުން އޭނާ ވަނީ ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ.

މިދިޔަ މަހު ލީގުގައި ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން: ލިވަޕޫލްގެ ކޯޗު ކްލޮޕް (ކ) އާއި ޗެލްސީގެ ކޯޗު ޕޮޓާ ވާހަކަ ދައްކަނީ.

"އަހަރެން ތި އަށް އެއްވެސް ޖަވާބެއް ނުދޭނަން ވަކީލެއްގެ ހާޒިރުގައި ނޫން ގޮތަކަށް،" މަޖާޒީ ގޮތަކަށް ނޫސްވެރިއަކުގެ ސުވާލަށް ކްލޮޕް ޖަވާބު ދިނެވެ.

"އަހަންނަށް ނޭނގޭ ފުޓްބޯޅައިގެ ތި ދައްކާ ވާހަކައެއް. ވިޔަފާރިތަކުގެ ވާހަކައެއް. ވަރަށް ރަނގަޅު ކުޅުންތެރިން އެ ގެންނަނީ، އެއީ ޔަގީން ކަމެއް. އެކަމަކު، އެކަން ކުރެވޭނެ ގޮތެއް އަހަންނަކަށް ނުވިސްނޭ، އަނެއްކޮޅުން، އެއީ ވާނެ ކަމެއްތޯ، އެއީ އަހަންނަަށް އޮޅުންފިލުވައިދެވޭނެ ކަމެއް ވެސް ނޫން. އެކަން ކުރަން ވެސް ބައެއްގެ ޒިންމާއެއް އޮންނާނެ،"

މިދިޔަ ސީޒަނުގެ ހަތަރު މުބާރާތަށް ވާދަކުރި ލިވަޕޫލުން ވަނީ ލީގު ކަޕާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، މި ފަހަރު އެ ދެ މުބާރާތުން ވެސް ލިވަޕޫލް ވަނީ ކަޓައިފަ އެވެ. ލިވަޕޫލް މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް މެޑްރިޑާ ކުޅެން ޖެހޭނެ އެވެ.

ކްލޮޕް ބުނީ މި ސީޒަނުގައި ލިވަޕޫލްގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް އަމިއްލަ ނަފްސު އިތުރަށް މާޔޫސްވާ ގޮތަށް ކުޅުންތެރިން ކަންތައް ނުކުރަން ވަނީ އެދިފަ އެވެ.

"މިއީ އަހަރެމެންނަށް މި ފަހަރު ހުރި ގޮތޭ، އަނިޔާގެ މައްސަލަތައް ގިނައޭ، މި ހުރިހާ ގޮތަކަށް ވިސްނައިގެން ކުރިއަށް ނުދެވޭނެ. އަހަރެމެން ޗެލެންޖް ނަގައިގެން ކުރިއަށްދާންވީ، އެއީ ފުޓްބޯޅައިގެ އެންމެ ރީތި ޗެލެންޖަކީ ވެސް، އޮތް ހާލަތަކަށް ހޭނުން،" ލިވަޕޫލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލޮޕް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ނުކުންނާނީ ރަށުންބޭރުގައި ވުލްވްސްއާ ދެކޮޅަށެވެ. ދާދި ފަހުން .ލިވަޕޫލުން ވަނީ އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. ލިވަޕޫލް ދަނޑުގައި 2-2 އިން އެއްވަރުވިއިރު، ރީޕްލޭ މެޗުގައި ވުލްވްސް ދަނޑުގައި ލިވަޕޫލް މޮޅުވީ 1-0 އިންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އޭނާ ވެސް ވަނީ ޗެލްސީގެ ހަރަދުތަކަށް ނުސީދާ ގޮތަކަށް ފާޑުކިޔައިފައި.

ޗެލްސީގެ ހަރަދަކީ އަހަންނާ ބެހޭ ކަމެއް ނޫން، އެކަމަކު ސިޓީ ނަމަ މައްސަލައެއް: ގާޑިއޯލާ

ޗެލްސީގެ ހަރަދުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ އެ ގޮތަށް ސިޓީން ކަންކޮށްފިނަމަ އެ ޓީމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވާނެ ކަމަށެވެ.

ސިޓީން ހަރަދުކުރާ ގޮތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭ ސަބަބަކީ ގިނަ ބަޔަކާ ދެކޮޅަށް އެ ޓީމުން އެއް ލެވަލެއްގައި ކާމިޔާބު ހޯދުމުގެ "އާދައެއް" ދަމަހައްޓަމުން އަންނާތީކަން ގާޑިއޯލާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"އަހަންނަށް އެނގޭ ތިކަންކަން އަންނާނެކަން. ހަގީގަތުގައި ތިއީ (ޗެލްސީގެ ހަރަދުގެ ވާހަކަ އަކީ) އަހަންނާ ބެހޭ ވެސް ކަމެއް ނޫން. އެކަމަކު، އަހަރެމެންގެ ލީގުގައި ހިނގާ ކަމެއް ވީމަ އަހަރެން ހައިރާންވަނީ ޗެލްސީ އަކީ ވަކި ގައުމަކުން ހިންގާ ކްލަބެކޭ ނުކިޔާތީ،" ސިޓީ އަކީ ޔޫއޭއީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކުން ހިންގާ ކްލަބެއް ގޮތަށް އިނގިރޭސި މީޑިއާގައި ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް ގާޑިއޯލާ ބުންޏެވެ.

"ފިޔަވަޅު އަޅަން ވިއްޔާ ނޫނީ ތުހުމަތު ކުރަންވިއްޔާ ފެންނަނީ ސިޓީ، ހަނދާނުން ފޮހެލައިގެން ނުވާނެ މީގެ ކުރިން އަހަރެމެންނަށް އަދަބު ދޭން ނުވަ ވަރަކަށް ކްލަބުން އެބައޮތް ޕްރިމިއާ ލީގަށް ސިޓީ ފޮނުވާފައި ވެސް. މިއީ އަހަރެންނަށް ދިމާވި ގޮތަކީ،"

ގާޑިއޯލާ ބުނީ ސިޓީން ވަނީ މިދިޔަ ފަސް އަހަރު ތެރޭ 11 ވަރަކަށް ތަށި ހޯދާފައި ކަމަށާއި ޕްރިމިއާ ލީގަށް ބަލާއިރު، އެ މުއްދަތުގައި ނެޓް ސްޕެންޑް (ލިބުނު އާމްދަނީ އަށް ބަލައި ހަރަދުކުރި މިންވަރު)، ހަ ވަނަ އަށް އެންމެ ރަނގަޅު ކްލަބަކީ ވެސް ސިޓީ ކަމަށެވެ. މިއީ، ސިޓީން ކުރިއަށްދާން ވިސްނާ ގޮތް ކަމަށާއި އެެހެން ޓީމުތަކާ މެދު ނުވިސްނާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ފުޓްބޯޅަ މިހާރު ބަދަލުވަމުން އަންނަ ގޮތާއި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިންގެ އަގުތައް އުފުލެމުން އަންނަ ނިސްބަތަށް ބަލާއިރު، ބޮޑު ހަރަދުކުރަން ޖެހިއްޖެނަމަ އެ ގޮތަށް ނުކޮށް، ބޭނުންވާ ކާމިޔާބު ނުލިބޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox