ލީގުގެ އެއް ވަނައިގައި ބާސެލޯނާ އަށް 8 ޕޮއިންޓުގެ ލީޑެއް

Feb 2, 2023, 4:40 AM
ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހުމަށް ފަަހު ރަފީނިއާ (ކ) އާއި ޕެޑްރީ އުފާފާޅުކުރަނީ.

ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހުމަށް ފަަހު ރަފީނިއާ (ކ) އާއި ޕެޑްރީ އުފާފާޅުކުރަނީ.

ސެވިލް، ސްޕެއިން (ފެބްރުއަރީ 2) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރަށުންބޭރުގައި 2-1 އިން ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭގެ ނަތީޖާ އަށް ފަހު، ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 18 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ރެއާލުން ވެލެންސިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ބެޓިސް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ރަފީނިއާ ވަނީ އެ ޓީމަށް ފުރަތަމަ ހާފުގައި ގޯލެއް ޖަހައިދީފަ އެވެ. ފްރެންކީ ޑި ޔޯން ނެގި ހުރަހަކުން ރަފީނިއާ ބޮލުން ޖެހި މި ގޯލު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބެލުމަށް ފަހު ބަލައިނުގަންނަން ނިންމައިފަ އެވެ. މި ހާފުގައި ބާސެލޯނާގެ ޕެޑްރީ ގޮންޒާލޭޒަށް ގޯލު ޖަހަން ހުސްކޮށް ލިބުނު ފުުރުސަތު ހުއްޓުވީ ބެޓިސްގެ ކީޕަރު، ރުއީ ސިލްވާ އެވެ.

ފުރަތަމަ ހާފުގައި ބެޓިސްގެ ކެޕްޓަން، ސާޖިއޯ ކަނަލޭސް އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ބާސެލޯނާގެ ފުލްބެކް، އަލެހަންދްރޯ ބާލްޑޭ ވަނީ ބްލޮކްކޮށްފަ އެވެ.

ބާސެލޯނާގެ ޕެޑްރީ ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ޖެހި ޝޮޓް ކީޕަރު ރުއީ ސިލްވާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 65 ވަނަ މިނިޓްގައި ބާސެލޯނާ އިން ވަނީ ރަފީނިއާގެ ގޯލުން ލީޑުނަގައިފަ އެވެ. މިއީ، ހިލޭ ޖެހުމަކުން ޑި ޔޯން އަވަސްކޮށްލާފައި ބާލްޑޭ އަށް ދިނުމުން އޭނާ ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި، ރަފީނިއާ ޖެހި ގޯލެކެވެ.

ބެޓިސް ކޮޅަށް ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ: މިއީ މި ސަސްޕެންޝަނަށް ފަހު ލެވަންޑޯސްކީ ލީގުގައި ޖެހި ފުރަތަމަ ގޯލު.

މެޗުގެ 80 ވަނަ މިނިޓްގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހި ރޮބަޓް ލެވަންޑޯސްކީ އެވެ. ރޮނާލްޑް އަރައުހޯ އޭރިއާތެރެއިން ދިން ބޯޅަ ލެވަންޑޯސްކީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މިއީ ސަސްޕެންޝަނުން އެނބުރި އައިސް ލީގުގައި ލެވަންޑޯސްކީ ޖެހި ފުރަތަމަ ގޯލެވެ. މިއީ ލީގުގައި އޭނާގެ 14 ވަނަ ގޯލެވެ. އަދި ހުރިހާ މުބާރާތެއްގައި މި ސީޒަނުގައި ޖެހި 23 ވަނަ ގޯލެވެ.

ބެޓިސް އިން މި މެޗުގައި ޖެހި ގޯލަކީ 85 ވަނަ މިނިޓްގައި ޖޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ބެޓިސްގެ ހުރަހެއް ދިފާއުކުރަން މެއިން ފަހަތަށް ޖައްސާލި ވަގުތު ކޫންޑޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗަށް ފަހު ބެޓިސްގެ މިޑްފީލްޑަރު، ވިިލިއަމް ކަވާލިއޯ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން އޭނާ އަށް ރަތް ކާޑެއް ދެއްކި އެވެ. މެޗުގެ ތެރެއިން ބެޓިސްގެ ކޯޗު މެނުއަލް ޕެލެގްރީނީ ވެސް ވަނީ ރެފްރީގެ ބައެއް ނިންމުންތަކާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ބެޓިސް އޮތް ފޯމަށް ބަލާއިރު، އެ ޓީމުގެ ދަނޑުގައި މޮޅެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ބާސެލޯނާ އިން މިހާރު މެޗުތަކުގައި ޕްރެޝަރުގައި ކުޅެ، ނަތީޖާ ނެރުމުގެ އާދައެއް ހިފަހައްޓަމުން އަންނާތީ އެކަމާ އުފާކުރާ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox