މައްސަލަ ހޫނުވި ބޯހުރާ އުނިކޮށް ރިސޯޓު ހަދާ ރަށްތައް އަލުން ބީލަމަށް

ބޯހުރާ ކައިރީ އޮންނަ މުލީކޮޅު ރާޅުގަނޑު. އެތަނުގައި ރިސޯޓް ހަދަން ދެކޮޅު ހެދި - ފޮޓޯ: ލިކިއުފައި މޯލްޑިވްސް

ބޯހުރާ ކައިރީ އޮންނަ މުލީކޮޅު ރާޅުގަނޑު. އެތަނުގައި ރިސޯޓް ހަދަން ދެކޮޅު ހެދި - ފޮޓޯ: ލިކިއުފައި މޯލްޑިވްސް

ރިސޯޓް ތަރައްގީކުރަން ހުޅުވާލި 15 ތަނުގެ ލިސްޓުން މ. ބޯހުރާ އުނިކޮށް އަލުން އެ ތަންތަން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަަމް މިނިސްޓްރީން ކުރި އިއުލާނަށް ބަދަލު ގެނައި އެ އިއުލާންގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނުގެ ލިސްޓްގައި މ. ބޯހުރާ ހިމެނޭތީ އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލުމާ ގުޅިގެންނެވެ.

ބޯހުރާއަކީ ރާއްޖޭގައި ރާޅާ އެޅުމަށް އެންމެ މަޝްހޫރު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އަދި ބޯހުރާގައި ރިސޯޓު ހެދުމާ ދެކޮޅަށް މ. މުލީ ރައްޔިތުންނާއި ކައުންސިލާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ވަނީ އަޑުއުފުލި އެވެ.

އެ ކަންބޮޑުވުންތައް ދިފާއުކޮށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 25 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބޯހުރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ހުޅުވާލިއިރު އެރަށު ކައިރީގައި އޮންނަ ސާފް ޕޮއިންޓް، ބޯހުރާގެ ބައުންޑްރީގައި ހިމަނާފައި ނުވާނެ ކަމަށާއި ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގެ ސަރަހައްދު ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ބައުންޑްރީ ކަނޑައަޅާފައިވަނީ ސާފް ޕޮއިންޓް ވަކިކުރުމަށް ފަހުގައި ކަމަށް ވެސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އަލުން ކުރި އިއުލާނުގައި ވަނީ ރިސޯޓް ހަދަން ދޫކުރާ ތަންތަނުގެ ލިސްޓުން ބޯހުރާ ވަކިކޮށްފަ އެވެ.

މީގެއިތުރުން މި ތަންތަނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިމަހުގެ ހަވަނަ ދުވަހު ކުރިން ބާއްވަން ހަމަޖައްސާފައި އޮތް ބައްދަލުވުން މިހާރު ވަނީ މިމަހުގެ ހަތްވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

މި ބައްދަލުވުމުގެ ތާރީހަށް ބަދަލު ގެނައީ ފެބްރުއަރީ ހަވަނަ ދުވަހަކީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަށް ވެފައި އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ އެވެ.

ރިސޯޓް ތަރައްގީކުރަން 2019 ވަނަ އަހަރު ހުޅުވާލި ތަންތަނުގެ ލިސްޓްގައި ވެސްް ބޯހުރާ ހިމެނި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox