އެފްއޭއެމްގެ ކަރަންޓް މައްސަލަ ހައްލުވެއްޖެ، ޒިންމާ ނެގީ ޔޫތު މިނިސްޓްރީން: ސްޓެލްކޯ

Feb 1, 2023, 7:53 AM
އެފްއޭއެމް ހައުސް: މި ތަނުގެ ކަރަންޓް ބިލެއް މައްސަލައިގައި މިދިޔަ އަހަރު ވަނީ ކަރަންޓް ކަނޑާލާފައި، އެކަމަކު، އެ މައްސަލަ ހައްލުވެފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ވަނީ ބުނެފައި.

އެފްއޭއެމް ހައުސް: މި ތަނުގެ ކަރަންޓް ބިލެއް މައްސަލައިގައި މިދިޔަ އަހަރު ވަނީ ކަރަންޓް ކަނޑާލާފައި، އެކަމަކު، އެ މައްސަލަ ހައްލުވެފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ވަނީ ބުނެފައި.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނުދައްކައި އޮތް، 6.5 މިލިއަން ރުފިޔާގެ ކަރަންޓް ބިލްތަކުގެ މައްސަލަ ހައްލުވެފައިވާ ކަމަށާާއި އެކަމުގެ ޒިންމާ ނެގީ ޔޫތު މިނިސްޓްރީން ކަަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް، މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސްޓެލްކޯ އިން ވަނީ އެފްއޭއެމް ހައުސްގެ، 6.5 މިލިއަން ރުފިޔާގެ ކަރަންޓް ބިލްތަކެއް ނުދައްކައި ހުރި ކަމަށް ބުނެ، ކަރަންޓް ކަނޑާލައިފަ އެވެ. އެކަން ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި ހިއްސާކުރިއިރު، ފަހުން އެފްއޭއެމުން ވަނީ އެކަމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރެފަ އެވެ. އެފްއޭއެމުން ބުނީ ސްޓެލްކޯ އިން އެކަން ކުރީ އިހުލާސްތެރިކަމުގެ ނިޔަތެއްގައި ކަމަށް ނުބެލެވޭ ކަމަށެވެ.

އެފްއޭއެމްގެ މި ކަރަންޓް ބިލްގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ވެސް ގިނަ ވާހަކަތަކެއް ދެކެވުނުއިރު، ފަހުން އޭގެ މައުލޫމާތުތަކެއް މީޑިއާގައި ނުހިނގަ އެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެފްއޭއެމްގެ ކަރަންޓް ބިލްތަކުގެ މައްސަލައާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ޝަރީފް ވިދާޅުވީ އެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ.

"އެފްއޭއެމްގެ މައްސަލަ ހައްލުވެއްޖެ، އިނގޭތޯ، ސަބަބަކީ އެފްއޭއެމްއާ އެކީގައި ޔޫތު މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެންނަށް ބައްދަލުވުމެއް ބޭއްވިއްޖެ، އަދި އެފްއޭއެމުން ދައްކަން ޖެހޭ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާނެކަމަށް އަޅުގަނޑުމެން ކައިރީގައި ޔޫތު މިިނިސްޓްރީން ވަނީ ވިދާޅުވެފައި،" ޝަރީފް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ޔޫތު މިނިސްޓްރީއާ އެކީގައި ޕޭމަންޓް ޝެޑިއުލެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްމިދަނީ އެހެންވީމަ، އެފްއޭއެމްގެ އެެއްވެސް ތަނަކުން މިހާރު އަޅުގަނޑުމެން ކަނޑާލާފައި ހުރި ތަންތަނުން ކަރަންޓް ދީފައިވާނީ، އެއީ ސަރުކާރުގެ މުއައްސަސާ އަކުން އެކަމުގެ ޒިންމާ ނަގާނެ ކަމަށް ވިދާޅުވެފައިވާތީ، އެކަން އަޅުގަނޑުމެން ދޫކޮށްފައިވާނީ،"

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، ޝަރީފް، "އަދަދު" އަށް ދިން އިންޓަވިއުއެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ، 23 ވަނަ ދުވަހު، ސްޓެލްކޯ އިން ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔާނެއް ނެރެ އެފްއޭއެމް ހައުސް އިން ކަރަންޓް ކަނޑާލިކަން އިއުލާނު ކުރިތާ ދެ ގަޑިއިރެއްހާއިރު ތެރޭގައި އެ މައްސަލައިގައި އެފްއޭއެމް އިން ވެސް ނޫސްބަޔާނެއް ވަނީ ނެރެފަ އެވެ.

އެ ބަޔާނުގައި އެފްއޭއެމް އިން ބުނެފައިވާ ގޮތުން 2020 ވަނަ އަހަރު އެ އިމާރާތް ވަނީ ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކޮށްފައި ކަމަށެވެ. އަދި އޭގެ ފަހުން ސްކައުޓް އެސޯސިއޭޝަނުން ވެސް އެފްއޭއެމް ހައުސްގެ އިމާރާތް ބޭނުންކުރި ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރާއި ހަމައަށް ސްޓެލްކޯގެ އިހުމާލުން ކަރަންޓު ބިލުގެ ގޮތުގައި 1.9 ރުފިޔާ ގެ އަދަދެއް ނުބައިކޮށް އެފްއޭއެމް އަށް ބިލުކުރެވުނު ކަމަށް ސްޓެލްކޯ އިން އިއުތިރާފުވި ކަމަށާއި އެ މައްސަލައިގައި ވެސް ސްޓެލްކޯއިން އެ އެފްއޭއެމް އަށް އޭރު ވެސް އޮތީ އެއްބާރުލުން ނުދީ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ މައްސަލައިގައި އޭރު ވެސް އެފްއޭއެމުން ގާނޫނީ ފިޔަވަަޅެއް އަޅާފައި ނުވަނީ މަޝްވަރާގެ މަތިން މައްސަލަ ހައްލުކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެފްއޭއެމްގެ ބަޔާނުގައި ދެން ފާހަގަކޮށްފައިވާ އަނެއް ކަންކަމަށް ބަލާއިރު، ރާއްޖޭގައި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭ ދަނޑުތަކާއި ކޯޓުތަކަކީ އެ ތަންތަނުގެ ކަރަންޓާއި ފެނުގެ ހަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓާ ތަންތަންކަމުގައި ވީ ނަމަވެސް، ފުޓްބޯޅަ ކުޅުމަށް ބޭނުންކުރެވޭ މާފަންނު ޓާފް ދަނޑަކީ އެތަނުގެ ހުރިހާ ހަރަދެއް އެފްއޭއެމުން ބަލަމުން އަންނަ ތަނެކެވެ. މިއީ، އެފްއޭއެމް ފިޔަވައި ދިވެހިރާއްޖޭގެ އެހެން ގިނަ ގައުމީ އެސޯސިއޭޝަންތަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ.

އޮކްޓޫބަރު މަހު، އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލިއިރު، އެ އިމާރާތުގައި ހިންގާ ސަރުކާރުގެ ބޭނުމަށް ބޭނުންކުރާ އެހެން ފަންގިފިލާތަކުން ކަރަންޓު ކަނޑާލާފައިނުވާ ކަމަށާއި އެހެންކަމުން މި މައްސަލައިގައި ސްޓެލްކޯގެ "އިހްލާސްތެރިކަމެއް" ނެތްކަން ހާމަވާ ކަމަށް ވެސް އެފްއޭއެމުން އޭރު ބުނެފައިވެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox