ޕްރައިމަރީގެ ދެބަސްވުންތަކަށް ފަހު ދެ ރައީސުން އެއްތަނަކުން

ޕްރައިމަރީގެ ދެބަސްވުންތަކަށް ފަހު ދެ ރައީސުން އެއްތަނަކުން

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ އެތެރޭގައި ބޭއްވި ޕްރައިމަރީއަށް ފަހު ފުރަތަމަ ފަހަރަށް އެ ޕްރައިމަރީގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެއްތަނަކުން ބައްދަލުވެވަޑައިގެންފި އެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހި، ޕާޓީގެ ބައެއް މެންބަރުން ތާއީދު ކުރަނީ ރައީސް ނަޝީދަށެވެ. އެހެން މެންބަރުންގެ ތާއީދު އޮތީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީ 61 އިންސައްތަ ވޯޓުން ކާމިޔާބު ކުރެއްވީ ރައީސް އެވެ.

އަވަށްޓެރި އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެ ރައީސުން ވެސް ބައިވެރިވެވަޑައިގަތެވެ. އެކަމަކު، އާންމު ގޮތެއްގައި އެއް މޭޒެއްގައި ޖަލްސާތަކުގައި ތިއްބަވާ ދެ ބޭފުޅުން ރޭ އިށީނދެވަޑައިގެން ތިއްބެވީ ތަފާތު ދެ މޭޒެއްގަ އެވެ.

ރައީސް ސޯލިހު އިންނެވީ ފޮރިން މިނިސްޓަރާއި އިންޑިއާގެ ސަފީރާ އެކު ---- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު އިންނެވީ ފޮރިން މިނިސްޓަރާއި އިންޑިއާގެ ސަފީރާ އެކު ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އިންނެވީ ފޮރިން މިނިސްޓަރާއި އިންޑިއާގެ ސަފީރާ އެކު ---- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، ޖަލްސާ ނިންމަވާލެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ އަތާއި އަތް ޖޯޑު ކުރައްވައި ސަލާމް ކުރައްވާފަ އެވެ. މިއީ، ޕްރައިމަރީގެ ފަހުން މިފަދަ އާންމު ތަނަކުން ދެ ބޭފުޅުން ބައްދަލުވި ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހު ޖަލްސާގައި އިންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ އެކު އެވެ.

ނަޝީދު އިންނެވީ އުއްތަމަ ފަނޑިޔާރާއި ސަރުކާރުގެ ބައެއް އެހެން ވަޒީރުންނާ އެކު އެވެ. އެމަނިކުފާނުގެ ވާތް ފަޅިން އަރިހުގައި އިންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އޮޅުންވާލުންތަކެއް ވޯޓުގައި ހިމެނުމަށް ފަހުގަ އެވެ. އަދި ޕްރައިމަރީގެ ކުރިއަށް 39،000 އެއްހާ މެންބަރުން ކަނޑާލީ ނަޝީދަށް ތާއީދުކޮށްފާނެ ކަމަށް ބެލެވޭ މެންބަރުން ހޯދުމަށް ފަހު ކަމަށް ވެސް ތުހުމަތު ކުރައްވަ އެވެ.

މި ޖަލްސާގައި ރައީސް ނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް --- ފޮޓޯ: ރައީސް އޮފީސް
މި ޖަލްސާގައި ރައީސް ނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް --- ފޮޓޯ: ރައީސް އޮފީސް

މި ޖަލްސާގައި ރައީސް ނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް --- ފޮޓޯ: ރައީސް އޮފީސް

ބަލި ގަބޫލުކުރެއްވި ނަމަވެސް މިހާތަނަށް އައިއިރު ވެސް ރައީސް ސޯލިހަށް އިންތިހާބުގައި ތާއިދުކުރައްވާނެ ކަން ނަޝީދު ހާމަކުރައްވާފައެއް ނުވެ އެވެ.

ފައްޔާޒަކީ ވެސް ނަޝީދު މީގެކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ނަމަވެސް، މިފަހުން ފައްޔާޒާ މެދު ނަޝީދުގެ ރާގު ވަނީ ބަދަލުވެފަ އެވެ. އެގޮތުން، ފައްޔާޒަކީ ސިޔާސީ މަސައްކަތަށް ފަރިތަ ބޭފުޅެއް ކަމަށާއި ދެ ފެކްޝަނާއެކު ޕާޓީ ކުރިއަށްދާނެ ގޮތެއް ހޯދައިގެން، ޕާޓީ ބައިބައިވިޔަ ނުދިނުމަށް ފައްޔާޒު މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox