އެމެރިކާއިން 2 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދެނީ

އެމެރިކާއިން 2 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދެނީ

ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ދެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައި ވާގޮތުން އެ ހަތިޔާރުގެ ތެރޭގައި ދުރު ރާސްތާ ރޮކެޓުތަކާއި ހަތިޔާރުތަކަށް ބޭނުންވާ ވަޒަނާއި އެ ނޫންވެސް ހަނގުރާމަ މަތީ އާލާތްތައް ހިމެނޭނެ ކަމަށް ވެއެވެ.

އޭގެއިތުރުން ވައިގެ ހަމަލާތަކުން ރައްކާތެރިވާ ސިސްޓަމްތަކަށް ބޭނުންވާ ބައެއް އާލާތްތަކާއި ޓޭންކަރުތަކާ ދެކޮޅަށް ބޭނުންކުރާ ޖެވެލިން މަރުކާގެ ހަތިޔާރު ހިމެނޭކަން އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދެ އެވެ.

Advertisement

އެމެރިކާއިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން ދާ އެ އެހީގެ މައުލޫމާތު މި ހަފުތާ ތެރޭގައި ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ރޮއިޓާސް އިން ރިޕޯޓު ކުރެ އެވެ.

ޔުކްރެއިނަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ އެހީއަށް ބޭނުންވާ ފައިސާގެ ތެރެއިން 1.725 ބިލިއަން ޑޮލަރު ފަންޑު ކުރުމަށް ހަމަޖެހިފައި ވަނީ ޔޫކްރެއިން ސެކިއުރިޓީ އެސިސްޓެންސް އިނީޝިއޭޓިވްގެ (ޔޫއެސްއޭއައި) ނަމުގައި ހިންގަމުންދާ ފަންޑަކުންނެވެ. އޭގެ ބޭނުމަކީ އެމެރިކާގެ އަސްކަރިއްޔާގައި މިވަގުތު ހުރި ހަތިޔާރު ބޭނުން ކުރުމުގެ ބަދަލުގައި މުޅިން އާ ހަތިޔާރު ގަތުމެވެ.

ޔޫއެސްއޭއައި ފަންޑުން ފޯރުކޮށްދޭ ފައިސާއިން ގަތުމަށް ހަމަޖެހިފައިވާ ހަތިޔާރުގެ ތެރޭގައި ގުރައުންޑު ލޯންޗުޑު ޑަޔަމީޓަރު ބޮން ވެސް ހިމެނެ އެވެ. އެ ބޮމަކި 94 މޭލުގެ ދުރު ރާސްތާއަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ.

ދުރު ރާސްތާއަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވަ އެ ހަތިރާރު ބޭނުންކޮށްގެން މީގެ ކުރިން ޔޫކްރެއިން ސިފައިންނަށް ރައްދު ހަމަލާ ނުދެވޭ ހިސާބުތަށް ވެސް ދިފާއު ކުރެވޭނެ ކަމަށް އެމެރިކާއިން ބުނެ އެވެ.

ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރުމަށް 185 މޭލުގެ ދުރު ރާސްތާއަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ އޭޓީއޭސީއެމްއެސް ފޯރުކޮށްދިނުމަށް ޔޫކްރެއިނުން އެދިފައިވީ ނަމަވެސް އެމެރިކާއިން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އިޒްރޭލުން ދަތުރު ފެށި ބޯޓަކަށް ބޮމުގެ އިންޒާރެއް

އިޒްރޭލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާއަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބަލްގޭރިއާގެ ސޯފިއާއަށް އެ ބޯޓު ކުއްލި ހާލަތުގައި ޖައްސައިފިއެވެ. 57 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސޯފިއާއަށް ޖައްސަންދެން ބަލްގޭރިއާގެ އަސްކަރީ ފައިޓާ ޖެޓުތަކުން ވަނީ އެ ފްލައިޓަށް އެސްކޯޓް ދީފައެވެ.

ހޮރްމޫޒް ހުޅުވާލުމަށް އީރާނުގެ ހުށަހެޅުން އަދިވެސް އެބަ އޮތް

ހޮރްމޫޒް ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި ހުޅުވާލުމަށް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި ހުށަހެޅުމުގައި އީރާނުގެ ތެޔޮ އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތަކެއް ހިމެނޭއިރު، އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތުމުން މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން މި ޝަރުތުތައް ގަބޫލުކޮށްފި ނަމަ ވަރަށް އަވަހަށް ކަނޑުއޮޅި ހުޅުވާލެވޭނެއެވެ.

އިޒްރޭލު އިންތިހާބުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ފުރިހަމަ ތާއީދު

އަންނަ ހަފުތާގައި ބާއްވާ އިޒްރޭލުގެ އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ތާއީދު އިއުލާންކުރައްވައިފިއެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައި ނަމަވެސް، އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުން މި ތާއީދުން ނަތަންޔާހޫއަށް ކުރިއެރުމެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox