ފީފާގެ ސަސްޕެންޝަނުން ސަލާމަތްވާން ސްރީ ލަންކާ އަށް އޮތީ ތިން ޝަރުތެއް

Jan 31, 2023, 4:45 AM
ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ސްރީ ލަންކާގެ ސަޕޯޓަރުން.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ސްރީ ލަންކާގެ ސަޕޯޓަރުން.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ފީފާ އިން މި މަހު 22 ވަނަ ދުވަހު، ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމީ، އެ ގައުމުގެ ފުޓްބޯޅަ އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާތީ ކަމަށް ބުނެ އެވެ. ސްރީ ލަންކާ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައި އޮންނަތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ސަސްޕެންޝަނުން އަރައިގަންނަން މާ ބޮޑު މަސައްކަތްތަކެއް ކުރާތަން އަދި ނުފެނެ އެވެ.

ފީފާ އިން މިދިޔަ އަހަރު އިންޑިއާ ސަސްޕެންޑްކުރިތާ ހަފްތާއެއްހާ ދުވަސްތެރޭގައި އެ ގައުމުން ވަނީ ފީފާ އިން އެންގިގޮތަށް އަަމަލުކޮށް ސަސްޕެންޝަނުން ސަލާމަތްވެފަ އެވެ. އެކަމަކު، މިހާތަނަށް ސްރީ ލަންކާ އިން ސަސްޕެންޝަނުން ސަލާމަތްވާން އަމަލީ ސިފައެއްގައި މާ ބޮޑު ކަމެއް ކުރިކަމުގެ ހަބަރެއް މީޑިއާ އަށް އައިސްފައެއް ނުވެ އެވެ.

ފީފާ އިން ސްރީ ލަންކާ ސަސްޕެންޑް ކުރަން ޖެހުނީ ކީއްވެ؟

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސްރީ ލަންކާގެ ޔޫތު މިނިސްޓްރީން ވަނީ ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބާއި އެ ގައުމުގެ ފުޓްބޯޅައިގެ ޕްލޭން ކުރިއަށް ދާން ޖެހޭނެ ގޮތުގެ މެންޑޭޓެއް އެކުލަވާލަން ޖެހޭނީ ސަރުކާރުގެ ބައިވެރިވުން އޮންނަގޮތަށް ކަމަށް ބުނެފަ އެވެ. އަދި އާ އިންތިހާބު ބާއްވާނީ ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ އަސާސީ ގަވާއިގައިވާ ގޮތަށް ކަމަށާއި، ފަހުން، އޭއެފްސީ އާއި ފީފާގެ ލަފާގެ މަތިން އިސްލާހުކުރި އަސާސީ ގަވާއިދަށް އަމަލުނުކުރަން ސްރީ ލަންކާގެ ސްޕޯޓްސް މިިނިސްޓްރީން ލަފާދިނެވެ.

މި މައްސަލައިގައި ފީފާ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު، 22 ވަނަ ދުވަހު ސްރީ ލަންކާ އިންޒާރު ދީފަ އެވެ. އެ ގޮތުން، ފީފާ އިން ވަނީ ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގުމުގެ ކަންކަމާއި އިންތިހާބާ ގުޅޭ ގޮތުން ހުރި އަސާސީ ގަވާއިދާ ފުށުއަރާ ކަންތައްތަކަށް ހައްލެއް ނުގެނެސް، އާ އިންތިހާބެއް ބާއްވައި، ކަންތައްތައް ކުރަން އުޅެފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރާ އެކު "ރެޑް ނޯޓިސް" ދީފަ އެވެ.

ފީފާގެ އެންގުމަށް ބެލުމެއް ނެތި، ސްރީ ލަންކާގެ ސަރުކާރުގެ ބައިވެރިވުމާ އެކު، ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓޯރިއަމްގައި މި މަހު 14 ގައި އިންތިހާބު ބޭއްވި އެވެ. ކުރިއަށްދިޔަ މި އިންތިހާބު، ކޮލަމްބޯގެ ޔުނިވާސިޓީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ނޫސްވެރިއެއްގެ ގޮތުގަޔާއި މަޖިލިސް މެމްބަރެއްގެ ގޮތުގައި ފެނުނު ޖޭ ސްރީ ރަންގާ ކާމިޔާބުކުރީ 27 ވޯޓު ހޯދައިގެންނެވެ. އިންތިހާބުގައި ރަންގާއާ ވާދަކުރި، ޖަގަތު ރޮހާނާ އަށް ލިބުނީ 24 ވޯޓެވެ.

މި އިންތިހާބުގައި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ޖޭސްވާރު އުމަރަށް ވާދަނުކުރެވޭ ގޮތް ހެދީ ސްރީ ލަންކާ ސަރުކާރުގެ ނުފޫޒުންނެވެ. އިންތިހާބު ކާމިޔާބުކުރެއްވި، ރަންގާ އަކީ ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު، ރޯޝަން ރަނަސިންގްގެ ގާތް ފަރާތެކެވެ.

އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބި ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ، ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ރައީސް، ޖޭސްވާރު ވަނީ މި މަހު 18 ވަނަ ދުވަހު ލަންކާގެ ކޯޓް އޮފް އެޕީލަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ޖޭސްވާރު ވަނީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގުން، ރަންގާގެ ލީޑަޝިޕާ ހަވާލުކުރަން ޖެހޭނީ އެޕީލް މައްސަލަ އަށް ގޮތެއް ކަނޑައެޅުމަށް ފަހު ކަމަށް ބުނެފަ އެވެ.

އެކަމަކު، ޖޭސްވާރު ހުށަހެޅި މައްސަލަ އަށް ބެލުމެއް ނެތި، އިންތިހާބުވި ހިންގާ ބޯޑު ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ބުނެ، ޖޭސްވާރު ހުށަހެޅި މައްސަލަ އަންނަ މަހުގެ 21 ވަނަ ދުވަހަށް ތާވަލުކުރީ އެވެ.

ކޯޅުން ގަނޑެއްގެ ތެރޭގައި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން މައްސަލަ ދަނިކޮށް، ފީފާއިން ދީފައި އޮތް، ރެޑް ނޯޓިސްގެ އެއް މަހުގެ މުއްދަތު ހަމަވެ، މި މަހު 22 ވަނަ ދުވަހު ފީފާ އިން ސްރީ ލަންކާ ސަސްޕެންޑް ކުރީ އެވެ.

ސަސްޕެންޝަނުން ސަލާމަތްވާން ސްރީ ލަންކާ އަށް އޮތީ ކޮން މަގެއް؟

ފީފާގެ ސެކްރެޓަރީ ޖެނެރަލް، ފާތިމާ ސަމޫރާ ސޮއިކުރައްވައި، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ސަސްޕެންޝަނުން ސަލާމަތްވާން ތިން ކަމެއް ފުރިހަމަވާން ޖެހޭނެ އެވެ.

ފުރަތަމަ ކަމަކަށް އޮތީ ސްރީ ލަންކާގެ ކުޅިވަރު ގާނޫނާ ވެސް ފުށުއެރުމެއް ނެތް ގޮތަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އިސްލާހުކުރެވި، ފާސްކުރެވުނު، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން އެއްބަސްވާ ކަމަށް ސްރީ ލަންކާގެ ސަރުކާރު ލިއުމެއް ފޮނުވުމެވެ.

ދެ ވަނަ ކަމަކަށް، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ކަންކަން ހިންގުމާ އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޝަން ފަރާތްތަކާ ރަސްމީކޮށް ހަވާލުކޮށް، ފަހުގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބެއް ބޭއްވޭނެ ގޮތެއް ފީފާއާ އެކު މަޝްވަރާ ކޮށްގެން ނިންމުމެވެ. މި މަހު 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފެޑެރޭޝަނުގެ އިންތިހާބު އޭއެފްސީ އާއި ފީފާ އިން ބަލައެއްނުގަނެ އެވެ.

ތިން ވަނަ ކަމަކަށް، ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބާއްވާއިރު، އާ ހިންގާ ކޮމިޓީ އެއް އިންތިހާބުވާން ޖެހޭނީ ހަތަރު އަހަރުގެ ދައުރަކަށް ކަމަށް ކަނޑައެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox