ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލޭގައި ހުރި އާ އިމާރާތަށް ބަދަލުކުރަން ފަށައިފި

އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށް ދިޔަ އިރު، އާދީއްތަ ދުވަހު ޖެންޑާ މިނިސްޓްރީ މި އިމާރާތަށް ބަދަލުކުރާނެ --  ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށް ދިޔަ އިރު، އާދީއްތަ ދުވަހު ޖެންޑާ މިނިސްޓްރީ މި އިމާރާތަށް ބަދަލުކުރާނެ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރު އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޕްލޭނިން މިނިސްޓްރީން ގާއިމުކޮށްފައިވާ އޮފީސް އިމާރާތަަށް ބައެއް އޮފީސްތައް ބަދަލުކުރުމަށް ތައްޔާރުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީ އެ އިމާރަތަށް ބަދަލުކޮށްފައިވާއިރު އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ އިމާރާތުން ޖެންޑާގެ ހިދުމަތްތައް ދޭން ފަށާނެ އެވެ. ޖެންޑާ މިނިސްޓްރީއަކީ އެންމެ ފުރަތަމަ އެ އިމާރާތަށް ބަދަލުކުރާ އޮފީހެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ޓްރާންސްޕޯޓު މިނިސްޓްރީ ވެސް އެ އިމާރާތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި މިނިސްޓްރީތަކުގެ އިތުރުން އެމެރިކާ އެމްބަސީ ވެސް ހިންގަން ތައްޔާރުވަމުން އަންނަނީ އެ އިމާރާތުގަ އެވެ.

Advertisement

އޮފީސް އިމާރާތުގެ ތިރީ ފަންގިފިލާއަކީ ކާރު ޕާކުކުރުމަށް އަދި ރިސެޕްޝަން ހިންގުމަށް ހާއްސަ ފަންގިފިލާ އެވެ. ދެވަނަ ފަންގިފިލާ ސައިކަލު ޕާކިންއަށް ބޭނުންކުރާއިރު އޮފީސް ހިންގުމަށް ހަތަރު ފަންގިފިލާއެއް ހާއްސަކޮށްފައި ވެއެވެ. އެންމެ މަތި ބޭނުންކުރާނީ ޖަލްސާ މާލަމެއްގެ ގޮތުގަ އެވެ.

ގާތްގަނޑަކަށް 25،000 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކުރާ މި އޮފީސް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އޮކްޓޫބަރު 2019 ގައި ސޮއިކުރީ މަސައްކަތް ފަށާތާ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox