ބަލި ގަބޫލުކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ ތާއީދު ލިބޭނީ ނިޒާމު ބަދަލު ކުރުމުން ކަމަށް

ނަޝީދުގެ ފަހު ކެމްޕޭނު ހިނގާލުމުގެ ތެރެއިން: ނަޝީދު ވަނީ ޕްރައިމަރީގެ ބަލި ގަބޫލުކުރައްވާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ނަޝީދުގެ ފަހު ކެމްޕޭނު ހިނގާލުމުގެ ތެރެއިން: ނަޝީދު ވަނީ ޕްރައިމަރީގެ ބަލި ގަބޫލުކުރައްވާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ލިބުނުތާ 24 ގަޑިއިރަށްވުރެ ގިނައިރު ފަހުން ބަލި ގަބޫލު ކުރެއްވުމަށްފަހު އެމަނިކުފާނުގެ ތާއީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭނީ ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރައްވާ ނަމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެކި ސޯޝަލް މީޑިއާ ގްރޫޕުތަކަށް ނަޝީދު މީގެ ކުޑައިރުކޮޅެއް ކުރިން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން ގިނަ މީހުން ވޯޓުލީ ރައީސް ސޯލިހަށް ކަމަށެވެ.

"އަޅުގަނޑު ލަފާ ކުރަނީ ވޯޓުލީ ވޯޓާސް ލިސްޓަށް ބަލައިފި ނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވެދާނެ ކަމަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއެކު ކުރިއަށް ގޮސް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން. ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލަމެންޓަރީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީން ކަނޑާލާފައިވާ މެމްބަރުން އަލުން ޕާޓީއަށް ވެއްދުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީ ގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީ އާއި ގުޅި އެމީހުންނާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުމަށް،" ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ނަޝީދުގެ ބަރުލަމާނީ ވިސްނުމާއި ޝަރުތުތަކަށް ރައީސް ސޯލިހު އެއްބަސްވެފައެއް ނުވެ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު ވެސް ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު އަނބުރާ ގެންދެވީ އެވެ.

ހޮނިހިރު ދުވަހުގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ 61 އިންސައްތަ ވޯޓާއެކު އެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެ އިންތިހާބުގައި 40،000 އަށްވުރެ ގިނަ މެމްބަރުން ވޯޓުލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox