ތިނަދޫ ހަމަނުޖެހުން؛ މެންބަރު ސަނީފާއި އާންމުން ކުރިމަތިލުމަކަށް

ތިނަދޫ ދެކުނު ދާއިރާަގެ މެންބަރު ސަނީފަށް މި ހަމަނުޖެހުމުގައި އަނިޔާވެސް ލިބުނު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ތިނަދޫ ދެކުނު ދާއިރާަގެ މެންބަރު ސަނީފަށް މި ހަމަނުޖެހުމުގައި އަނިޔާވެސް ލިބުނު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގދ. ތިނަދޫގައި ކުރިއަށް ގެންދާ ވޯޓުލުމުގެ ތެރެއިން ޖެހުނު ހަމަނުޖެހުމެއްގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި އާންމުން ކުރިމަތިލާ ހަމަނުޖެހުމެއް ހިނގައިފި އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދަނީ ސަނީފް އާއި އާންމުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯއެއް ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ވޯޓު ފޮށި ބަހައްޓާފައި ހުރި ސަރަހައްދުގައި ސަނީފް އާއި އިތުރު ބައެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާ ސަނީފް ބިންމައްޗަށް ވެއްޓޭ މަންޒަރެވެ.

މިކަމާ ގުޅިގެން ސަނީފް "އަދަދު"އަށް ވިދާޅުވީ، މި ކުރިމަތިލުން ހިނގާފައި ވަނީ ވޯޓުލާ މަރުކަޒަށް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މީހަކު ވަދެ ވޯޓުފޮށި ފަޅާލަން މަސައްކަތް ކުރަން ފެށުމުން ކަމަށެވެ. އެ ހަމަނުޖެހުން ހިނގާފައި ވަނީ ވޯޓުގެ ފޮޓޯ ނަގަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވަގުތު ވޯޓުލާ މަރުކަޒުގައި ވެސް ތިބީ މަދު ފުލުހުން ކޮޅެއް ކަމަށާއި، ސަނީފް އަމިއްލައަށް އެ ހަމަނުޖެހުމުގެ ތެރެއަށް ވަނީ "ވޯޓުފޮށި ހިމާޔަތް ކުރުމަށް" ކަމަށެވެ.

"ފޮށި ހިމާޔަތްކުރަން ހުރެފައި ފޮށި ދަމައިގަތީމަ ދެން ފޮއްޓާ ދިމާކުރަން އައި ކުއްޖާާ ގައިގަ ބައްދައިގަތީ އަޅުގަނޑު. ފޮށީގަ އަަނެއްކާވެސް ނުހިފުވަން ވެގެން." މިކަން ހިނގިގޮތް ހިއްސާކުރައްވަމުން ސަނީފް ވިދާޅުވި އެވެ.

ސަނީފް އިތުރަށް ވިދާޅުވީ، މި ހަމަނުޖެހުމުގެ ތެރެއިން އޭނާ ވެއްޓި އަނިޔާ ވެސް ލިބިފައިވާ ކަމަށެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއްވަ އެވެ.

ގދ. އަތޮޅު ތިން ރަށެއްްގައި މިހާތަނަށް ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ. ރަތަފަންދޫގައި ހިނގި ހަމަނުޖެހުމުގެ މައްސަލާގައި ދެ އޮބްޒާވަރަކު ހައްޔަރު ވެސް ކުރި އެވެ. ތ. މަޑިފުށީގައި ވެސް ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ވަނީ ފަޅާލައިފަ އެވެ. އެ ތަނުގައި ހަމަނުޖެހުން ހިނގަން ފެށީ، ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox