ސިޓީން އާސެނަލް އެފްއޭ ކަޕުން ކަޓުވާލައިފި

Jan 28, 2023, 3:57 AM
ސިޓީގެ އަަކޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީގެ އަަކޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (ޖެނުއަރީ 28) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުުރުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.

އެފްއޭ ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމުން ސިޓީ ކުރިހޯދި ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާ ރޭހުގައި މި ވަގުތު ލީޑުގައި އޮތީ އާސެނަލް އެވެ. އެއީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ އެއް މެޗުން މަދުން ކުޅެގެން، އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އާސެނަލާއި ސިޓީން ލީގުގައި ދެ ފަހަރެއްގެ މަތިން ބައްދަލުކުރާނެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި ޓަކެހީރޯ ޓޮމިޔާސޫ އާއި ލެއަންޑްރޯ ޓްރޮސާޑް ޖެހި ބޯޅަތައް ސިޓީގެ ކީޕަރު ސްޓެފަން އޯޓޭގާ ވަނީ މަތަކޮށްފަ އެވެ. ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ލިބޭ ބޯޅަތައް މަދުކުރަން އާސެނަލްގެ ޑިފެންސް ލައިނުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި، ސިޓީގެ ކެވިން ޑިބްރޭނާ ފުރަތަމަ ހާފުގައި އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސިޓީ އަށް 64 ވަނަ މިނިޓްގައި ޖަހައިިދިނީ ނޭތަން އަކޭ އެވެ. ސިޓީގެ ހޫލިއަން އަލްވަރޭޒް އޭރިއާބޭރުން ޖެހި ބާރު ބޯޅަ ދަނޑީގައި ޖެހިފައި އޭރިއާތެެރެއިން ސިޓީގެ ޖެކް ގްރީލިޝް އަށް ލިބުމުން އޭނާ އެ ބޯޅަ ހިފަހައްޓައިފައި ދިނީ ހުސްކޮށް، އެރި އަކޭ އަށެވެ. އަކޭ ވަނީ ހަަމަޖެހިލައިފައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި މެޗުން ބަލިވުން ބަލައިނުގަނެވޭނެ ކަމަށާއި މިއީ މޮޅުވެވޭނެ މެޗެއް ކަމަށެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި ފޯމުގައި އޮތް ޓީމާ ދެކޮޅަށް ހަނި ފަރަގަކުން ވިޔަސް ނަތީޖާ ނެރެވޭނީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން ކަމަށެވެ. އަދި ސިޓީގެ ފަރާތުން މި މެޗުގައި އެކަން ވަރަށް ރަނގަޅަށް ފެނުނު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު އޮތްގޮތުން އާސެނަލާއި ސިޓީން 15 ފެބްރުއަރީ އާއި 26 އޭޕްރީލްގައި ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox