އެލައިޑު އިންޝުއަރެންސްއަށް އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން އިންޝުއަރެންސް ޕޮލިސީ ގަންނަ ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި ކަލަންޑަރު ބެހުމަށް ނިންމައިފި އެވެ.
އަންނަ ހޯމަ ދުވަހު އެލައިޑު އިންޝުއަރެންސްއަށް 38 އަހަރު ފުރޭއިރު، އެ ދުވަހު އެ ކުންފުނީގެ ފުރަންޓު އޮފީހުން އެންމެ ފުރަތަމަ ޕޮލިސީއެއް ގަންނަ 38 ފަރާތަކަށް ހިލޭ ކަލަންޑަރެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހަދިޔާއެއްގެ ގޮތުގައި ކަލަންޑަރު ބެހުމަށް އެ ކުންފުނިން ނިންމާފައި ވަނީ މި އަހަރަށް ހާއްސަކޮށް އެލައިޑުން ނެރުނު ކަލަންޑަރަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދެހާސްތޭވީސް ވަނަ އަހަރަށް ހާއްސަކޮށް އެލައިޑުން ނެރުނު ކަލަންޑަރަކީ ވައިޓު ބޯޑެއް ވެސް އޭގައި ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ ކަލަންޑަރެކެވެ.
އެހެންކަމުން އޮފީސްތަކުގައާއި ގޭގޭގައި ވެސް އެކި ކަންކަން ރާވައި ހިންގާލުމަށް އެ ކަލަންޑަރު ބޭނުންކޮށްލެވެ އެވެ. އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އެ ކަލަންޑަރަށް ލިބެމުން އަންނަނީ އެ ސަބަބާ ހުރެ އެވެ.
އާންމުންގެ ފަރާތުން އެލައިޑުގެ ކަލަންޑަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އައުމާ ގުޅިގެން މިމަހުގެ ތެރޭގައި ވެސް އެ ކުންފުނިން ވަނީ ކަލަންޑަރު ބެހުމުގެ ދެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.
އިންޝުއަރެންސް ޕޮލިސީއެއް ގަތުން މުހިންމުތަ؟
އިންޝުއަރެންސަކީ ތިމާގެ ނަފުސަށާއި މުދަލަށް ނުވަތަ ގެދޮރަށް ކުރިމަތިވާ ކަމަކުން ލިބޭ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނެ އެވެ.
އެގޮތުން އެލައިޑުގެ އިންޝުއަރެންސް ޕޮލިސީތަކުގެ ތެރޭގައި ވަރަށް ފަސޭހައިން ގަނެވޭ އަދި އެހާމެ އަގުހެޔޮ ޕޮލިސީތައް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެލައިޑު އަދި އަޔާދީ ތަކާފުލްގައި ހުންނަ ބައެއް އިންޝުއަރެންސް ޕުލޭންތައް؛
ކޮންމެ އަހަރަކު ސައިކަލަށް ހައްދަން ޖެހޭ ތާޑު ޕާޓީ އިންޝުއަރެންސް: ތާޑު ޕާޓީ އިންޝުއަރަންސަކީ އެލައިޑުގެ "މައި އެލައިޑް" ޕޯޓަލްއިން ވަރަށް ފަސޭހައިން ގަނެވޭ ޕުލޭނެކެވެ.
އޮންލައިން ޕޯޓަލް މެދުވެރިކޮށްނާއި އޮންލައިންކޮށް ވެސް ފައިސާ ދައްކާލައިގެން މި އިންޝުއަރެންސް ގަނެވޭނެ އެވެ. އެލައިޑުގެ އަހަރީ ދުވަހު ސައިކަލުގެ އިންޝުއަރަންސް އާކޮށްލައިގެން މުޅި އަހަރު ދުވަހަށް ތާޑު ޕާޓީ އިންޝުއަރަންސްގެ ރައްކާތެރިކަމުގެ އިތުރުން އެލައިޑުގެ 2023 ވަނަ އަހަރުގެ ކަލަންޑަރު ވެސް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
ހިޔާވަހި ޕުލޭން ނުވަތަ ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ އަހަރެންގެ ހިޔާ ޕުލޭން؛ މިއީ ގޭގައި ގެންގުޅޭ ފަރުނީޗަރާއި ބޮތްކާއި އެއާކޮންޑިޝަނާއި ބަދިގޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕުލޭނެކެވެ. މި ޕުލޭނަކީ ކުޑަ އަގެއްގައި ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދޭނެ ޕުލޭނެކެވެ. އަދި އަންނަ ހޯމަ ދުވަހު މި ޕްލޭން ގަނެގެން ވެސް އެލައިޑުގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ޓުރެވެލް ޕުލޭން؛ އޮންލައިންކޮށް ވެސް ގަނެވޭ މި ޕުލޭނުން ލަގެޖާއި ޕާސްޕޯޓުގެ އިތުރުން ފައިސާގެ ރައްކާތެރިކަން ކަށަވަރު ކުރެވެ އެވެ. އޭގެއިތުރުން ދަތުރުމަތީގައި އުޅެނިކޮށް ސިއްހީ ފަރުވާއެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ދާ ހަރަދު ވެސް ހޯދޭނެ ގޮތް މި ޕުލޭނުން ހޯދައިދެ އެވެ. އެލައިޑުގެ އަހަރީ ދުވަހު ޓުރެވަލް ޕުލޭނެއް ގަނެގެން ވެސް ކަލަންޑަރެއް ހޯއްދަވަންވީ އެވެ.








