ދަގަނޑޭ، ދުނިޔޭގެ ލެވަލްގައި ވެސް ލަނޑު ޖެހުމުގެ ރެކޯޑް ރަނގަޅު ލިސްޓެއްގައި

Jan 27, 2023, 5:51 AM
އަލީ އަޝްފާގު (ދަގަނޑޭ): އޭނާ އަކީ ލަނޑު ޖެހުމުގައި ދުނިޔޭގެ ލެވަލަށް ބެލިޔަސް އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް.

އަލީ އަޝްފާގު (ދަގަނޑޭ): އޭނާ އަކީ ލަނޑު ޖެހުމުގައި ދުނިޔޭގެ ލެވަލަށް ބެލިޔަސް އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް.

ގޯލް.ކޮމް އިން ދާދި ފަހުން އާންމުކުރި މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ލެވަލްގައި ވެސް ގޯލު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު ކުޅުންތެރިންގެ ލިސްޓުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެެވެ.

އެ ގޮތުން، މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ކްލަބް ލެވަލާއި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި 10 ކުޅުންތެރިންގެ ލިސްޓެއް ގޯލް.ކޮމް އިން އެކުލަވާލާފައިވާއިރު، ދަަގަނޑޭ، 37، ހިމެނެނީ ހަ ވަނައިގަ އެވެ. ދަގަނޑޭ އަށް ވުރެ ކުރީގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނަލް މެސީ، ރޮބަޓް ލެވަންޑޯސްކީ، ޒްލަޓަން އިބްރަހިމޮވިޗް އަދި ލުއިސް ސުއަރޭޒް އެވެ.

ލިސްޓުގައި ދަގަނޑޭ، ވަނީ އެންމެ ފަހުން ބެލޮންޑިއޯ އެވޯޑް ހޯދި ކަރިމް ބެންޒެމާގެ އިތުރުން އެޑިންސަން ކަވާނީ، ނޭމާ އަދި އެޑިން ޖެކޯ ފަހަތަށް ޖައްސާލައިފި އެވެ.

ދަގަނޑޭ، ލިސްޓުގެ ހަ ވަނައިގައި އޮތީ މަޝްހޫރު ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލުމަށް ފަހު.-- ގްރެފިކްސް: ގޯލް.ކޮމް

ލިސްޓުގެ ހަ ވަނައިގައި ދަގަނޑޭ އޮތީ 489 ގޯލު ޖަހައިގެންނެވެ. މި ލިސްޓުގައި ހިމެނޭ އޭޝިއާ ބައްރުގެ ހަމައެކަނި ކުޅުންތެރިއަކީ ދަގަނޑޭ އެވެ. ގޯލު ޖެހުމަށް ބަލާއިރު، އޭޝިއާ އާއި ދެކުނު އޭޝިއާ އަދި ރާއްޖޭގެ ލެވަލްގެ ގިނަ ރެކޯޑްތަކެއް ދަގަނޑޭ އަތުގައި އެބައޮތެވެ.

ކްލަބް ލެވަލްގައި ދަގަނޑޭގެ ލަނޑުތަކުގެ ތަފްސީލަށް ބަލާއިރު، އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ނިއު ރޭޑިއަންޓަށް، 123 ގޯލާއި، ވެލެންސިއާ އަށް ދެ ފަހަރެއްގެ މަތިން ކުޅުނުއިރު، 117 ގޯލާއި، ވީބީ އައްޑޫ އެފްސީ އަށް 93 ގޯލާއި މެލޭޝިއާގެ ޕީޑީއާރްއެމް އެފްއޭ އަށް 46 ގޯލާއި ޓީސީ ސްޕޯޓްސް ކްލަބަށް ދެ ފަހަރެއްގެ މަތިން 27 ގޯލާއި ގްރީން ސްޓްރީޓްސް އަށް 15 ގޯލާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަށް ގޯލުގެ އިތުރުން ޑީޕީއެމް ބްރުނޭއި އަށް ދެ ގޯލެވެ.

ގައުމީ ޓީމަށް ދަގަނޑޭ ވަނީ މިހާތަނަށް 94 މެޗުން 58 ލަނޑު ޖަހައިފަ އެވެ.

އެކާވީސް ވަނަ ގަރުނުގެ ތެރޭގައި ފުރިހަމަ ވި ދެ ޑެކޭޑް (ކޮންމެ 10 އަހަރެއް)ގައި 200 އަށް ވުރެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ރޮނާލްޑޯ އާއި އިބްރަހިމޮވިޗް ދަގަނޑޭ އަތުގަ އެވެ.

ދަގަނޑޭ، ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ވެލެންސިއާގެ ޖާޒީގަ އެވެ. ފުރަތަމަ ކުޅުނު މުބާރާތުގައި ވެސް ރަން މެޑަލް ކަރުގައި އަޅުވާލި އެވެ. އަދި 2005 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅުނުއިރު، ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހާސިލްކުރި އެވެ. އޭނާ ދެން ބަދަލުވީ 2006 ގައި ނިއު އަށެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު، ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އަދި އެ އަހަރު ނިއު އިން ރިލީޒް ހޯދައިގެން ދުވަސްކޮޅަކު ބުރުނާއީގެ ޑީޕީއެމްއެމް އަށް ކުޅުނެވެ.

ސްރީ ލަންކާ ކޮޅަށް 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގޯލު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އޭގެ ފަހުން، ރާއްޖޭގެ ރެކޯޑް އަގެއްގައި 2008 ގައި ވީބީއާ ގުޅުނެވެ. ވީބީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ، 2012 ވަނަ އަހަރު އެނބުރި ނިއު އަށް ދިޔަ އެވެ.

އޭގެ ފަހުން ދަގަނޑޭ ވަނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެ 2014 ވަނަ އަހަރުގެ މެލޭޝިއާ ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ އެ ޓީމު ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދައިފަ އެވެ. ޖެހިގެން އައި އަހަރު އެ ޓީމު މެލޭޝިއާ ސުޕަ ލީގުގައި ވާދަކުރިއިރު، އިރު ވެސް ތަފާތު ދެއްކި އެވެ. އޭނާ އެ ޓީމު ދޫކޮށްލީ އަނިޔާގެ ސަބަބުން 2016 ވަނަ އަހަރު ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. އެ އަށް ފަހު އެނބުރި ރާއްޖެ އައިސް އެ އަހަރުގެ ދިވެހި ލީގުގައި މާޒިޔާއާ ގުޅި އެ ޓީމަށް ދިވެހި ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް ކުޅުނެވެ.

އަލުން 2017 ވަނަ އަހަރު ކެރިއަރުގައި ތިން ވަނަ ފަހަރަށް ނިއުއާ ގުޅި އެ ޓީމާ ކާމިޔާބުތަކެއް ހޯދުމަށް ފަހު 2018 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން ނިއު އިން މުސާރަ ނުދޭ މައްސަަލައިގައި ރިލީސް ހޯދައި ޓީސީ އަށް ބަދަލުވި އެވެ. އަދި އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު ތަށި ހޯދައިދިނުމުގައި އެހީތެރިވި އެވެ.

ދަގަނޑޭ، ޓީސީ އަށް ފަހު ޖެހިގެން އައި ސީޒަން ފެށީ ގްރީން ސްޓްރީޓްސް އިންނެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަށް ފަހު ދަގަނޑޭ ވަނީ އޭއެފްސީ ކަޕް ކުޅެން އަލުން ޓީސީ އަށް ބަދަލުވެފަ އެވެ.

ދަގަނޑޭ ވަނީ 2020 ވަނަ އަހަރު ނޮވެމްބަރު މަހު، ވެލެންސިއާ އަށް ބަދަލުވެ، އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދޭން ދަގަނޑޭ އެހީތެރިވެދީފަ އެވެ. މިދިޔަ ދެ ސީޒަނުގައި ވެސް ދަގަނޑޭ ހުރީ ވެލެންސިއާގަ އެވެ.

ދަގަނޑޭ، އެންމެ ފަހުން، ރާއްޖޭގައި ކްލަބް ލެވަލްގައި މެޗެއް ކުޅުނީ މީގެ އަހަރެއް ކުރިން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ އަށެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެނބުރި އައިސް، މެރަތަން ދުވުމުގައި ވެސް ހަރަކާތްތެރިވި ދަގަނޑޭ ވަނީ މިދިޔަ ޑިސެމްބަރު މަހު ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ކުޅެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox