ގާޑިއޯލާއާ ވާދަކޮށް ތަށި ހޯދަން އާޓެޓާ އަށް "ފަސޭހައެއް ނޫން"

Jan 26, 2023, 4:47 AM
ގާޑިއޯލާއާ ވާދަކޮށް ތަށި ހޯދަން އާޓެޓާ އަށް "ފަސޭހައެއް ނޫން"

ލަންޑަން (ޖެނުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދަން އާސެނަލުން މި ސީޒަނުގައި ކުރާ މަސައްކަތުގައި މެންޗެސްޓާ ސިޓީއާ ވާދަކުރަން ބޭނުންނުވާ ކަމަށާއި އެ ޓީމުގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާއާ ދެކޮޅަށް އެ ފަދަ ޗެލެންޖަކަށް ނުކުތުން "ފަސޭހައެއް ނުވާނެ" ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ ކޯޗުކަމާ 2019 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އާޓެޓާ މަސައްކަތް ކުރަމުން އައީ ސިޓީގައި ގާޑިއޯލާގެ އެސިސްޓަންޓް އަކަށެވެ. ސިޓީގައި ގާޑިއޯލާއާ އެކު މަސައްކަތްކުރިއިރު، އާޓެޓާ ވަނީ އެ ކްލަބާ އެކު، ދެ ޕްރިމިއާ ލީގާއި ދެ ލީގު ކަޕާއި އެއް އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

އާޓެޓާ ވަނީ ގާޑިއޯލާގެ ސިޓީ ބަލިކުރުމަށް ފަހު، 2020 ވަނަ އަހަރުގެ އެފްއޭ ކަޕް، އާސެނަލަށް ކާމިޔާބު ކޮށްދީފަ އެވެ. އާސެނަލް، މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ، އެއް މެޗު މަދުން ކުޅުނު ނަމަވެސް ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

އެފްއޭ ކަޕްގައި ހުކުރު ދުވަހުގެރޭ ސިޓީއާ ދެކޮޅަށް އާސެނަލުން ނުކުންނަ މެޗުގެ ކުރިން އާޓެޓާ ބުނީ ކޮންމެ މުބާރާތެއް ކަމުގައި ވިޔަސް، އަދި މި ވަގުތު ޕްރިމިއާ ލީގުގައި ސިޓީ އަށް ވުރެ ކުރީގައި އޮތް ނަމަވެސް އެ ޓީމާ ވާދަކުރަން ގާޑިއޯލާއާ ދެކޮޅަށް ނުކުންނަން ޖެހުމުން ކުރެވެނީ "އެހެން އިހުސާސެއް" ކަމަށެެވެ.

"އަހަރެން އަބަދުވެސް އެދެނީ އޭނަ (ގާޑިއޯލާ) އަށް ރަނގަޅު ގޮތްވުމަށް. އެހެންވެ، މި ބުނަނީ އެ ފަދަ ގޮތަކަށް އެދޭ މީހަކާ ދެކޮޅަށް ނުކުންނަން ފަސޭހައެއް ނުވާނެއޭ. ތެދެއް މި ވަގުތު ލީގުގައި އަހަރެމެން ކުރީގައި އޮތަސް އެ ހާލަތުގައި ވެސް އަހަރެން ބޭނުމެއް ނޫން، އޭނައާ ވާދައެއް ކުރާކަށް،" އާޓެޓާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ކުޅުމުގެ ކެރިއަރުގައި އާސެނަލާއި އެވަޓަންގެ ކެޕްޓަންކަން ވެސް ކުރި އާޓެޓާ ބުނީ ގާޑިއޯލާއާ ދެމެދު އޮންނަ އެކުވެރިކަމަށް ފުޓްބޯޅަ މެޗެއްގެ ސަބަބުން ބުރޫ އަރާނެ ކަމެއް ނުހިނގާނެ ކަމަށެވެ. އަދި ޕްރޮފެޝަނަލީ އެ އޮންނަ ހަމައެއްގެ ތެެރެއިން ދެ މީހުން ވެސް އަމިއްލަ ޓީމު މޮޅުކުރަން ކަންކަން ކުރާނެ ކަމުގެ ޔަގީންކަން އެކަކު އަނެކަކަށް އޮންނަ ކަަމަށް އާޓެޓާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ސީޒަނުގެ ބާކީ ބައިގައި އާސެނަލާއި ސިޓީގެ ތިން ކުރިމަތިލުމެއް އެބައޮތެވެ. އެއީ، ކުރިއަށް އޮތް އެފްއޭ ކަޕްގެ މެޗުގެ އިތުރުން، 15 ފެބްރުއަރީ އާއި 26 އޭޕްރީލްގައި ކުޅެން ޝެޑިއުލްކޮށްފައިވާ ޕްރިމިއާ ލީގުގެ މެޗުތަކެވެ.

އާޓެޓާ ބުނީ ސިޓީއާ ދެކޮޅަށް ނުކުންނަން ޖެހޭ މީގެއިން ކޮންމެ މެޗެއް ވެސް މުހިންމު ކަމަށާއި އަދި އެފްއޭ ކަޕްގެ މެޗު މި ވަގުތު ކުރިމަތީގައި އޮތްއިރު، މި މެޗުގެ ނަތީޖާގެ އަސަރު "ސައިކޮލޮޖިކަލީ" ސީޒަންގެ ބާކީ ބައިގައި އާސެނަލްގެ ކުޅުންތެރިންނަށް ކުރުމުގެ ފުުރުސަތު އޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox