އައްޑޫއިން ގޯތި ދޫކުރަން ދަންވަރު އިއުލާނު ކުރުމުން ނަޝީދުގެ ފާޑުކިޔުން

ފޭދޫގައި ނަޝީދު މިއަދު ވާހަކަފުޅު ދައްކަވަނީ. އައްޑޫ ސިޓީގައި އެމަނިކުފާނަށް ބޮޑު ތާއީދެއް އޮވޭ --- ފޮޓޯ: ފިކުރެއްގެ ދިރުން ކެމްޕޭން

ފޭދޫގައި ނަޝީދު މިއަދު ވާހަކަފުޅު ދައްކަވަނީ. އައްޑޫ ސިޓީގައި އެމަނިކުފާނަށް ބޮޑު ތާއީދެއް އޮވޭ --- ފޮޓޯ: ފިކުރެއްގެ ދިރުން ކެމްޕޭން

އައްޑޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ރޭ ދަންވަރު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލުމަކީ "ބޭއަދަބީ" ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

އެ ސިޓީގެ މީދޫ، ފޭދޫ އަދި ހުޅުދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލިކަން ކައުންސިލުން އިއުލާނު ކުރީ ރޭ ދަންވަރު 12:30 ހިސާބު އެވެ.

"[ދަންވަރު] ގޯއްޗަށް އިއުލާނުކުރީމާ އަޅުގަނޑު ހީވަނީ އަޅުގަނޑުމެން އެންމެންގެ ހިތަށް ވެސް އަރާނޭ މިހީރީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ. އަނެއްކާ މީ ގޯތިތައް ދެވެމުން އެބަދޭ ކޮންމެ އިންތިހާބަކަށް. ކޮންމެ އިންތިހާބެއްގައި ދަންވަރު އެބަ އިއުލާނުކުރޭ. އެ ގޯތި އަދި ހުރީ ކަނޑު އަޑީގައި،" ސ. ފޭދޫގައި ނަޝީދު މިއަދު ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެކަން ސިފަކުރެއްވީ "ކަޑަޖެހުމުގެ އާ މަރުހަލާ" އެއްގެ ގޮތުގަ އެވެ.

ނެތް ކަމެއް ރޭގަނޑު ދަންވަރު ކުރާން އުޅުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް ބޭއަދަބީ ކަމެއް

ނަޝީދު ވިދާޅުވާ ގޮތުން ތައުލީމީ މީހުން އުޅޭ ގައުމެއްގައި އެގޮތަށް އަމަލުކުރުމަކީ ރައްޔިތުންނާ މެދު ނިކަމެތިކޮށް ވިސްނުމެވެ.

"ގްރޭޑް 10 އާ ހަމައަށް ކިޔެވުން ގާނޫނީ ގޮތުން ލާޒިމް ގައުމެއް. މިތަނުގެ ރައްޔިތުންނަށް އެގޮތަށް އެއްގޮތަކަށް ވެސް ދެކުމަކީ ވަރަށް ވަރަށް ބޮޑަށް ރައްޔިތުންނާ މެދު ނިކަމެތިކޮށް ވިސްނާ ވިސްނުމެއް،"

ނަޝީދު ވަނީ ދަންވަރު ވަގުތު ކުރަން ޖެހޭ ކަންކަން ކަމަށް ވިދާޅުވެ އައްޑޫގެ އެއާޕޯޓާއި ޓޫރިޒަމް ހަރަކާތްތައް އިތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

"ދަންވަރު ކުރާން އޮތް ކަމަކީ ގަން އެއާޕޯޓު ހުޅުވާފައި އެތަނަށް ބޭރު މަތިންދާބޯޓު ޖެއްސޭނެ ގޮތް ހެދުން. ރޭގަނޑު ދަންވަރު ވެސް ހުޅުވައިގެން ކުރަން ރަނގަޅު ކަމެއް އެބައޮތް. އެއީ މިތާގައި ރިސޯޓުތައް ހަދައި ރިސޯޓުތަކަށް މީހުން ގެނައުމާއި މިތަނުގައި ވަޒީފާގެ ފުރުސަތު އުފެއްދުން. ރޭގަނޑު ދަންވަރު ހުޅުވައިގެން ވެސް ރަނގަޅު ގެސްޓުހައުސްތައް އެޅި އެ ގެސްޓުހައުސްތަކަށް މީހުން އާދެވޭނެ ގޮތް ހަދަން،" ނަޝީދު ވިދާޅުވި އެވެ.

މީދޫއިން 2000 އަކަފޫޓުގެ 100 ގޯއްޗާއި ހުޅުދޫއިން 2000 ފޫޓުގެ 100 ގޯތި އަދި ފޭދޫއިން 1500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ނިންމައި، ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 16 އާ ހަމަށް ވަނީ ހުޅުވާލާފަ އެވެ.

މި ގޯތިތަކުގެ ތެރޭގައި ހިމެނެނީ އެ ގޯތި ދޫކުރާ އަވަށަކަށް ނިސްބަތްވާ މީހުންނަށް ހާއްސަކޮށް 90 އިންސައްތަ އާއި އަދި އެހެން އަވަށްތަކަށް ނިސްބަތްވާ މީހުންނަށް ހާއްސަ 10 އިންސައްތަ އެވެ. ހުޅުދޫ އާއި މީދޫއިން ކޮންމެ އަވަށަކުން 10 ގޯތި މިގިންތިއަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާއިރު، ފޭދޫއިން 30 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox