ނަޝީދުގެ ޝައުގު؛ ގަން އެއާޕޯޓުގެ ހިއްސާ ސިޓީ ކައުންސިލަށް ބަދަލުކުރުމާއި، ހިންގުން ބޭރު ކުންފުންޏަކާ ހަވާލުކުރުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު: -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު: -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އައްޑޫ ސިޓީ ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓު ލިމިޓެޑްގައި އޮތް ސަރުކާރުގެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އާންމުންނަށް ބަދަލު ކުރެވޭނެ ގޮތަކަށް އެ މަނިކުފާނުގެ ވެރިކަމެއްގައި ސިޔާސަތު ބަދަލު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު އައްޑޫ މަރަދޫގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުގައި އޮތް ސަރުކާރުގެ ހިއްސާގެ ބޮޑު ބައެއް އައްޑޫ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ އެ އެއާޕޯޓު ތަރައްގީކޮށް ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެން ތަޅުލެވިފައި ތިބެގެނެއް ނުވާނެ. މިހާރު ހުރި ހަރުމަދާ ހުއްޓިފައި ހުރީ ކޮންބައެއްގެ އަތް މަތީގައިތޯ ބަލައި، އެ މީހުން ރުހޭ ގޮތަކަށް ނޫނީ ކަންތައް ނުކޮށް އަޅުގަނޑުމެން ތިބުން އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި މި ސިޓީއަށް ވެސް އަދި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވި އެވެ.

Advertisement

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުގެ 70 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތް އިރު, 30 ޕަސެންޓް ހިއްސާ އޮތީ ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިންސްއަށެވެ.

ނަޝީދު ވިދާޅުވީ އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ ވާހަކައަކީ ޒަމާންވެފައިވާ ވާހަކައެއް ނަމަވެސް އެ އެއާޕޯޓުގެ ފުރިހަމަ ބޭނުން މިއަދާ ހަމައަށްވެސް އޮތީ ނުކުރެވިފައި ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް އެއާޕޯޓަށް ދާނެ ގޮތުގެ ވާހަކަ ދެއްކި ނަމަވެސް އެ މަސައްކަތް ކުރެވިފައި ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ސިޔާސަތަކީ އުމުރާނީ މަސައްކަތްތައް ކުރުމަށް ޕަބްލިކް ޕްރައިވެޓު ޕާޓްނަޝިޕްގެ ދަށުން ކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދުންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ފައިސާ އާއި ކަމުގެ ތަޖުރިބާ ހުރި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީގައި އައްޑޫ އެއާޕޯޓު ތަރައްގީ ކުރެވޭނެ ކަމާއި އެކަމަށް ޝައުގުވެރިވާ އިނގިރޭސި ވިލާތުގެ ކުންފުނިތައް ވެސް އެބަ ހުރި ކަމަށެވެ.

ގަން އެއާޕޯޓު ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އިނގިރޭސީން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރާ ކަމަށާއި އެފަދަ ގޮތަކަށް އެ އެއާޕޯޓު ދޫކޮށްލަން އައްޑޫ ރައްޔިތުންނަށް އުނދަގޫ ނުވާނެކަން ގަބޫލު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އައްޑޫ ގަން އެއާޕޯޓު
އައްޑޫ ގަން އެއާޕޯޓު

އައްޑޫ ގަން އެއާޕޯޓު

"ކޮންމެ ފަހަރަކު އަޅުގަނޑާ އިނގިރޭސި ވަޒީރަކު ދިމާވި ނަމަވެސް، އަދި އެ މީހުންގެ ވިޔަފާރިވެރިން ވެސް، ކިރިޔާ ވެސް ރާއްޖެ އެނގޭ މިންވަރުގެ މީހަކު ކަމަށް ވަންޏާ ގަން އެއާޕޯޓުގެ ވާހަކަ އާއި އައްޑޫގެ ވާހަކަ އެ ބޭފުޅުން އޮޅުން ފިލުވާ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ތިބޭފުޅަން ކުރަން އުނދަގޫ ކަމަކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ގަން އެއާޕޯޓަކީ ދެ ވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން ރާއްޖޭގައި ތިބުމަށާއި މިލްޓްރީ ބޭހެއްގެ ގޮތުގައި ބޭނުންކުރަން ތަރައްގީކުރި ތަނެކެވެ.

އައްޑޫ އެއާޕޯޓު ހިންގުން ބޭރު ބަޔަކާ ހަވާލުކުރުމުގެ ޝައުގު ނަޝީދު ގެންގުޅުއްވާއިރު، 2008 ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (އޭރު އިބުރާހިމް ނަސިރު އިންޓަނޭޝަނަލް އެއާޕޯޓު) ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ 25 އަހަރު ދުވަހަށް ހަވާލުކުރި އެވެ.

އެ ކުންފުނީގެ އަތުން އެއާޕޯޓު އަތުލީ، ނަޝީދުގެ ވެރިކަން ނިމުމަށް ފަހު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

އައްޑޫ ސިޓީ އަކީ ނަޝީދު ޕްރައިމަރީގެ ކެމްޕޭނުގައި ވަޑައިގެންނެވި އެންމެ ފަހު މަންޒިލެވެ. އެއާއެކު ނަޝީދު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން، 70 އަށްވުރެ ގިނަ ރަށަށް ޒިޔާރަތް ކުރައްވައި ކެމްޕޭން ކުރައްވާފަ އެވެ.

57،000 ވުރެ ގިނަ އެމްޑީޕީގެ މެންބަރުން ވޯޓުލާ ރިޔާސީ ޕްރައިމަރީ ހޮނިހިރު ދުވަހު ބާއްވާއިރު، އެ ޕްރައިމަރީގައި ނަޝީދުއާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox