ސަރުކާރުގެ 60 އިންސައްތަ ކޯލިޝަން ޕާޓީތަކަށް ދޫކޮށްލީ ފަސް އިންސައްތަ ވޯޓު ހޯދުމަށް: ނަޝީދު

ރައީސް ސޯލިހާއި އެމަނިކުފާނުގެ ނައިބު ރައީސް، ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ އެކު: ވިދާޅުވީ ސަރުކާރުގެ 60 އިންސައްތަ ކޯލިޝަން ޕާޓީތަކަށް ދޫކޮށްލީ ފަސް އިންސައްތަ ވޯޓު ހޯދަން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް ސޯލިހާއި އެމަނިކުފާނުގެ ނައިބު ރައީސް، ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ އެކު: ވިދާޅުވީ ސަރުކާރުގެ 60 އިންސައްތަ ކޯލިޝަން ޕާޓީތަކަށް ދޫކޮށްލީ ފަސް އިންސައްތަ ވޯޓު ހޯދަން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މި ސަރުކާރުގެ 60 އިންސައްތަ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކަށް ދޫކޮށްލީ ފަސް އިންސައްތަ ވޯޓު ހޯދުމަށްޓަކައި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި އައްޑޫ މަރަދޫގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ މިއީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ.

"އިއްތިހާދެއް ވާން ޖެހެންޏާ އަޅުގަނޑުމެން އެކަން ކުރަން ޖެހޭނީ ދެވަނަ ބުރުގައި"

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކީ ޕާޓީތަކާއެކު ކޯލިޝަނެއް ހެދުން ކަމަށާއި، އެމްޑީޕީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހާލަތެއްގައި ކޯލިޝަން ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް، އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ސިޔާސީ ޕާޓީތަކަށް ވޯޓު ދިނުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ގާނޫނު އަސާސީން ވެސް ލާޒިމު ކުރާ ކަމަށެވެ. އަދި، އެ ޕާޓީތަކުގެ ސިޔާސަތުތައް ވެސް ރައްޔިތުންނަށް ހުށަހަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ފަސް ޕަސެންޓު ވޯޓު ހޯދަން، ސަރުކާރުގެ 60 ޕަސެންޓު މިވަނީ ކޯލިޝަން ޕާޓީތަކަށް ދޫކޮށްލާފައި" ނަޝީދު ވިދާޅުވި އެވެ.

އަދި، މިކަމުގެ ސަބަބުން އެމްޑީޕީގެ ސަރުކާރެއް ގެންނަށް ގިނަ މަސައްކަތް ކުރި އެ ޕާޓީގެ މެންބަރުން މަގުމަތިވެފައިވާ ކަމަށްބުނެ ޝަކުވާ ކުރާ ކަމަށް ނަޝީދު ވަނީ ރޭ ވިދާޅުވެފަ އެވެ. ނަޝީދު އިތުރަށް ވިދާޅުވީ އިއްތިހާދުގެ ސިޔާސަތުތައް ތަންފީޒުކުރާ އިރު އެމްޑީޕީ މެންބަރުންނަށް އޮންނަ ފުރުސަތުތައް އަބަދުވެސް އޮންނަނީ މަދުވެފައި ކަމަށެވެ.

މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަނުގައި އެމްޑީޕީގެ އިތުރުން ހިމެނެނީ ޖުމްހުރީ ޕާޓީ، އަދާލަތު ޕާޓީ، އަދި އެމްއާރުއެމް އެވެ.

ޕްރައިމަރީ ކެމްޕޭނުގެ ތެރެއިން ނަޝީދު ވަނީ ސަރުކާރު ކޯލިޝަން އުފެދިފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ސަރުކާރު ކޯލިޝަނެއް އެކުލަވާލާއިރު ޕާޓީތަކަށް ޕަސެންޓު ކަނޑައަޅަންޖެހޭނީ ލިބޭ ވޯޓުގެ އަދަދަށް ބަލާފައި ކަމަށްވެސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދި، މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި، ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރަނީ ކޯލިޝަންގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަމަށް ވިދާޅުވެ މި ކެމްޕޭނުގެ ތެރެއިން ސަރުކާރު ހިންގަމުންދާ ކޯލިޝަނުގެ ސިޔާސަތާ ދެކޮޅަށް އެމަނިކުފާނު ދަނީ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox