ޕްރައިމަރީ ކާމިޔާބު ވެއްޖެ، ވިސްނުން ހުރީ ރިޔާސީ އިންތިހާބާ ދިމާލަށް: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ވެއްޖެ ކަމަށާއި މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިހާބާ ދިމާލަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ވެއްޖެ ކަމަށާއި މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިހާބާ ދިމާލަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ކަމަށާއި، މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިހާބާ ދިމާލަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުންނަވާ ހުންނެވި ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ މާލެއަށް ވޯޓުލާ މެންބަރުންނާއި އެމަނިކުފާނުގެ ކެމްޕޭނަށް އަލަށް ގުޅުނު ޓީމުތަކާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

"ޕްރައިމަރީ އަޅުގަނޑު ދެކެނީ، އިރާދަކުރެއްވިއްޔާ މިއޮތީ އަޅުގަނޑުމެންނަށް ކާމިޔާބުކުރެވިފަ, އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވަޔަކަށް [ރިޔާސީ އިންތިހާބަށް] އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތް" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއިން ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ ކަމަށާއި، ބޮޑު އިންތިހާބު ކާމިޔާބު ކުރުމާ މެދު ވިސްނުން ބަހައްޓައިގެން ނޫނީ ކުރިއަށް އޮތް ހަފުތާ ތަކުގައިވެސް ޕާޓީއިން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

ނަމަވެސް، ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ފަސޭހަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ. ސަބަބަކީ އެމްޑީޕީއަށް އޮތް ތާއީދު ބޮޑުވާނެ ކަމަށް ފެނުމާއި، ވާދަވެރި އެހެން ޕާޓީއަކުން ބޮޑު އިންތިހާބާ ދިމާލަށް މިސްރާބު ޖަހާ ތައްޔާރުވަމުން ނުދާތީ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީ ވަރަށް ބޮޑަށް މިއޮތީ އިންތިހާބުގެ މޯޑަށް، ޕާޓީ އިންތިހާބުގެ ގިޔަރަށް އައިސްފައި، އޭތި ހުއްޓުވޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށުން ދެން އެމްޑީޕީގެ ދިދަ ނެގުން ނުހުއްޓުވޭނެ ކަމަށާއި، ޕާޓީ ދަނީ ރިޔާސީ އިންތިހާބާ ދިމާލަށް ވަރަށް ބާރަށް ކުރިއަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި، ރޭގެ ބައްދަލުވުމުގައި ތިބި މެންބަރުންގެ އަރިހުންވެސް ނަޝީދު ވަނީ އެބޭފުޅުންގެ ވިސްނުންވެސް ޕްރައިމަރީއާ އެކު ބޮޑު އިންތިހާބަށްވެސް ބެހެއްޓުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox