އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ވަޑައިގެންފި އެވެ.
އާދީއްތަ ދުވަހު ކިޔެވްއަށް ވަޑައިގެންނެވުމުން ޖޯންސަންއަށް މަރުހަބާ ދެންނެވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެވެ.
އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ޕާލަމެންޓް މެމްބަރުކަން ކުރައްވާ ޖޯންސަން ވިދާޅުވީ ޒެލެންސްކީގެ ދައުވަތަކަށް ކިޔެވްއަށް ދަތުރު ކުރުމަކީ "ފަހުރެއް" ކަމަށެވެ.

ޒެލެންސްކީގެ އިތުރުން ޔޫކްރެއިން ސަރުކާރުގެ މިނިސްޓަރުންނާ ޖޯންސަން ބައްދަލުކުރެއްވި އެވެ. އޭގެ އިތުރުން ކިޔެވްގެ އުތުރުން އޮންނަ ބުޗާ އަދި ބޮރޮޑިޔަންކާ އަވަށަށް ވަޑައިގެންނެވި އެވެ.
"އަޅުގަނޑު ބޮރިސް ޖޯންސަންއަށް މަރުހަބާ ކިޔަން. އެއީ ޔޫކްރެއިންގެ ހަގީގީ އެކުވެރިއެއް. ތި ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޒެލެންސްކީ ޓެލެގްރާމްގައި ފޮނުއްވި މެސެޖުގައިވެ އެވެ.
ޖޯންސަން ވިދާޅުވީ "ޔޫކްރެއިން ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާ މާ ގިނަ ދުވަހަށް ދިގުދެމެމުންދާ" ކަމަށެވެ. ހަނގުރާމަ ނިމެން އޮތް ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށް ވެސް ވިދާޅުވި އެވެ.
"ޔޫކްރެއިނާއި މުޅި ދުނިޔެއަށް ވެސް ފައިދާ ވާނީ [ރަޝިއާގެ ރައީސް ލެޑިމިއަ] ޕުޓިން ވީ އެންމެ އަވަހަކަށް ފެއިލްވުމުން."










