ފީފާ އިން ސްރީ ލަންކާ ސަސްޕެންޑްކޮށްފި

Jan 22, 2023, 12:52 PM
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސަކަށް ކުރިން ހުންނެވި ޖޭސްވާރު އުމަރު (ކ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: މި މަހު 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން އިންތިހާބުގައި ޖޭސްވާރު އުމަރަށް ވާދައެއްނުކުރެއްވުނު.----

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސަކަށް ކުރިން ހުންނެވި ޖޭސްވާރު އުމަރު (ކ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: މި މަހު 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން އިންތިހާބުގައި ޖޭސްވާރު އުމަރަށް ވާދައެއްނުކުރެއްވުނު.----

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) ސަސްޕެންޑް ކޮށްފި އެވެ.

ފީފާ އިން އިއްޔެ މި ގޮތަށް ނިންމީ ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެެ އެވެ. ފީފާ އިން މި ގޮތަށް ނިންމަން ޖެހުނީ، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް، ފާތިމާ ސަމޫރާ ސޮއިކުރައްވައި، މިއަދު، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ފީފާގެ މެމްބަރެއްގެ ގޮތުގައި ދެމި އޮތުމަށް، ފުރިހަމަވާން ޖެހޭ ޝަރުތުތައް މި ވަގުތު ސްރީ ލަންކާ ފެޑެރޭޝަނުގައި ހަމަވެފައި ނެތްކަން، ފީފާގެ ކައުންސިލަށް ސާބިތުވާތީއާ އެކު، މުއްދަތެއް ނެތް ގޮތަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް ކުރީގެ މެމްބަރު އަދި ފުޓްބޯޅަ ކުޅުންތެރިޔާ، ޖޭ ސްރީ ރަންގާ، މި މަހު ބޭއްވި އިލެކްޝަން ކާމިޔާބުކުރައްވައި، އިންތިހާބުވެ ވަޑައިގަތްއިރު، ކުރިން ރައީސަކަށް ހުންނެވި، ޖޭސްވަރު އުމަރަށް މި ފަހަރު އިންތިހާބުގައި ވާދަނުކުރެވުނީ ސިޔާސީ ނުފޫޒާ ހެދި ކަމަށް ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސްރީ ރަންގާ: ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ވާހަަކަ ދައްކަވަނީ.

ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު، ކޮލަމްބޯގެ ޔުނިވާސިޓީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ނޫސްވެރިއެއްގެ ގޮތުގައި މަަސައްކަތްކުރި ރަންގާ ކާމިޔާބުކުރީ 27 ވޯޓު ހޯދައިގެންނެވެ. އިންތިހާބުގައި ރަންގާއާ ވާދަކުރި، ޖަގަތު ރޮހާނާ އަށް ލިބުނީ 24 ވޯޓެވެ.

ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސަކަށް ކުރިން ހުންނެވި ޖޭސްވާރު އުމަރު ވަނީ އެ ގައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު ނޮވެމްބަރު މަހު ސްރީ ލަންކާގައި ފޯ ނޭޝަންސް ކަޕް ނަމުގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވައި، ފައިނަލް މެޗަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ގައުމަށް އައުމަށް ދައުވަތުދިނެވެ.

އާ ދައުރަކަށް ޖޭސްވާރު އުމަރު، އިންތިހާބު ނުވީ ސިޔާސީ ފިއްތުންތަކާ ހުރެ ކަމަށް ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން، ސްރީ ލަންކާގެ ފުޓްބޯޅަ ރައީސަކަށް އިންތިހާބުވި ސްރީ ރަންގާ އަކީ ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު، ރޯޝަން ރަނަސިންގްގެ ގާތް ފަރާތެކެވެ. ފީފާ އިން ސްރީ ލަންކާ ސަސްޕެންޑް ކުރަން ނިންމި އަނެއް ސަބަބަކީ، ފުޓްބޯޅަ ފެޑެރޭޝަން އަމަލުކުރަން ޖެހޭ ގޮތުގެ ޕްލޭނެއް، އެ ގައުމުގެ ޔޫތު މިނިސްޓްރީން އެކުލަވާލަން މަސައްކަތް ކުރަން ފަށާފައިވާތީ އެވެ.

ސަސްޕެންޝަނުގެ މި މުއްދަތުގައި ސްރީ ލަންކާގެ ގައުމީ ޓީމުތަކާއި ކްލަބްތަކަށް ފީފާ އާއި އޭއެފްސީގެ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ. އަދި ސަސްޕެންޝަން އުވާލުމަށް ފަހު ނޫން ގޮތަކަށް ފީފާގެ އެއްވެސް އެހީތެރިކަމެއް ސްރީ ލަންކާގެ ފުޓްބޯޅަ އަށް ނުލިބޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

މިއީ އަހަރެއްހާ ދުވަސް ތެރޭ ފީފާ އިން ދެކުނު އޭޝިއާ އިން ގައުމެއް ސަސްޕެންޑް ކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފީފާ އިން ވަނީ އިންޑިއާ ސަސްޕެންޑް ކޮށްފަ އެވެ. ފީފާ އިން އޭރު އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމީ، އިންޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކޮށް، އެ ކޮމިޓީގެ މެންޑޭޓުގެ ތެރެއިން، އާ އިންތިހާބެއް ބާއްވަން އުޅުމުންނެވެ.

ސުޕްރީމް ކޯޓުން އެ ތިން މެމްބަރުންގެ ކޮމިޓީ އުވާލައި، ފީފާގެ ލަފާގެ މަތިން، އެކްޓިން ޖެނެރަލް ސެކްރެޓަރީ އަކާ ފެޑެރޭޝަން ހިންގުން ހަވާލުކޮށް، އެ ގައުމުގެ ފުޓްބޯޅައިގެ އަސާސީ ގަވާއިދު އިސްލާހުކުރުމާ އެކު، ހަފްތާއެއްހާ ދުވަސްތެރޭ ފީފާ އިން ވަނީ އިންޑިއާގެ ސަސްޕެންޝަން އުވާލައިފަ އެވެ.

ފީފާ އިން ވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ، ހަތަރު އަހަރު ތެރޭ ދެ ވަނަ ފަހަރަށް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކޮށްފަ އެވެ. އެއީ ވެސް ޕާކިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަަރާތެއްގެ ނުފޫޒު ފޯރުމާ ގުޅިގެންނެވެ. ފީފާގެ ލަފާގެ މަތިން، ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރި މަސައްކަތުން މިދިޔަ އަހަރުގެ ޖުލައި މަހު ފީފާ އިން ވަނީ ޕާކިސްތާންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox