"ކޮންކްރީޓް" ދެ ކޯޓުން ޖޫނިއާ މުބާރާތައް ރެކޯޑު އަދަދެއްގެ ޓީމުތަކެއް!

މިދިޔަ އަހަރު ޓައިޓަންސް ބާސްކެޓްބޯޅަ އެކެޑަމީން ބޭއްވި އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރު ޓައިޓަންސް ބާސްކެޓްބޯޅަ އެކެޑަމީން ބޭއްވި އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮންމެ ކުޅިވަރެއްގައި ވެސް ޒުވާން ކުޅުންތެރިން ހޯދައި އެ ކުޅުންތެރިންގެ ހުނަރު ތަރައްގީވެފައިވާ މިންވަރު ދެނެގަނެވޭ މުބާރާތަކީ އިންޓަސްކޫލް މުބާރާތްތަކެވެ. ރާއްޖޭގެ ކުޅިވަރުގެ ނަން މަޝްހޫރު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ކުޅިވަރުގެ މައިދާނަށް ނުކުމެ، އުއްމީދު ދެއްކީ އިންޓަ ސްކޫލް މުބާރާތްތަކުންނެވެ.

އެހެންކަމުން، އެސޯސިއޭޝަންތަކުން އެންމެ ބޮޑު އިސްކަމެއް ދީގެން ތައްޔާރުވާ މުހިންމު މުބާރާތެއްގެ ގޮތުގައި އޮތީ އިންޓަ ސްކޫލް މުބާރާތްތަކެވެ. އެ ގޮތުން މުބާރާތް ބާއްވާ ދުވަސްތަކަކީ އެހެން ކުޅިވަރުތަކުގެ ހަރަކާތްތައް މަދު ދުވަސްވަރެއްތޯ ބަލައި، ކުދިންގެ ކިޔެވުމާ ޓެސްޓުތައް ނޯންނަ ދުވަސްތަކުގައި ސްކޫލް މުބާރާތް ބާއްވަން އެސޯސިއޭޝަންތަކުން މަސައްކަތްކުރެ އެވެ.

ކޮވިޑަށް ފަހު ގިނަ ކުޅިވަރުތަކުން އިންޓަ ސްކޫލް މުބާރާތްތައް ފޯރީގައި ބާއްވަމުން އަންނައިރު، ބާސްކެޓްބޯޅައިން ސްކޫލުތަކަށް އަމާޒުކޮށް މި އަހަރު ބާއްވަނީ ޖޫނިއާ ޗެމްޕިއަންޝިޕެވެ. ޖޫނިއާ އުމުރުފުރާތަކުގެ ކުދިންނަށް ވާދަވެރި މާހައުލެއްގައި ބާސްކެޓްބޯޅަ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސްކުރުމަށް އެމްބީއޭ އިން ކުރިއަށްގެންދާ މުބާރާތުގައި ހަތަރު އުމުރުފުރާ އެއް ކުރިއަށްދާނެ އެވެ.

އެންމެ ފަހުން ސްކޫލްތަކުގެ މުބާރާތް ބާއްވާފައިވަނީ 2019ގަ އެވެ. އެ ފަހަރު ހަތަރު އުމުރުފުރާއެއްގައި 72 ޓީމް ވާދަކުރިއިރު މި އަހަރު 88 ޓީމު ވަނީ ބައިވެރިވެފަ އެވެ. މިއީ 18.18 އިންސައްތައިގެ ކުރިއެރުމެކެވެ. 41 އަންހެން ބައިވެރިވިއިރު، 47 ފިރިހެން ޓީމު މިއަހަރުގެ މުބާރާތުން ފެންނާނެ އެވެ.

މީގެ ކުރީ ހަތަރު މުބާރާތަށް ބަލާއިރު އިންޓަ ސްކޫލް މުބާރާތުގައި ވާދަކުރީ ޓިމްތަކުގެ އަދަދު އައީ އިތުރު ވަމުންނެވެ. އެ ގޮތުން 2016ގައި 47 ޓީމް ވާދަކުރި އެވެ. އޭގެ ހަ އަހަރު ފަހުން ބޭއްވޭ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ އަދަދުވަނީ 47 އިންސައްތަ އިތުރުވެފަ އެވެ.

އަންނަ މަހުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުން އަންނަ މުބާރާތުގައި މި އަހަރު 1000 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެ އެވެ. އެންމެ ފަހުން، 2019ގައި އިންޓަ ސްކޫލް މުބާރާތުގައި ވާދަކުރީ 864 ކުޅުންތެރިންނެވެ.

ބާސްކެޓްބޯޅަ އަކީ އިންޓަ ސްކޫލް މުބާރާތްތަކަށް ބަލާއިރު އެންމެ ގިނަ މެޗު ކުޅޭ އެއް މުބާރާތެވެ. އެ ގޮތުން، 2017 ވަނަ އަހަރު 100 މެޗު މި މުބާރާތުގައި ކުޅުނުއިރު އެންމެ ފަހުން ބޭއްވި އަހަރު 193 މެޗު މި މުބާރާތުގައި ކުޅުނެވެ. ރެކޯޑު އަދަދެއްގެ ޓީމްތައް ވާދަކުރާ މި އަހަރު 265 މެޗެއް ކުޅޭނެ އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން ކުޅުނު މުބާރާތާ އަޅާ ބަލާއިރު 65.3 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ފަހުން ބޭއްވި އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތާ ގުޅޭ ސްޓެޓިކްސްޓިކްސް.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) "އަދަދު" އަށް ވިދާޅުވީ ޖޫނިއާ މުބާރާތުގައި ޓީމްތައް އިތުރުވެ ކުޅުންތެރިން ގިނަވުމުގެ ހުރިހާ ޝުކުރެއް އޮތީ އެކަޑަމީތަކާއި ކޯޗުންނަށް ކަމަށެވެ. ކޮވިޑުގެ ސަބަބުން ކުޅިވަރަށް އައި ލޮޅުން ބާސްކެޓަށް އަޔަ ނުދީ އެކަޑެމީތަކުން ކުރި މަސައްކަތުން ގިނަ ކުޅުންތެރިންތަކެއް ތަމްރީން ކުރެވިފައިވާކަން އެޑަމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ކޯޗުން މީގަ އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ. މިހާ ގިނަ ޓީމު، މިހާ ގިނަ ކުޅުންތެރިން ޓްރެއިން ކުރަން ކޯޗުން ވަރަށް މަސައްކަތްކޮށްފަ އެބަހުރި. އެކަޑެމީތަކުގެ ކޯޗުން މައިގަނޑުކޮށް. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކޯޗުން ވަރަށް ރަނގަޅަށް އެބަކުރޭ،" ދާދި ފަހުން ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވެވަޑައިގަތް، އެޑަމް ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ ބާސްކެޓްބޯޅަ އެކަޑެމީތަކުން ހަރުދަނާ ގޮތެއްގައި ހިންގަމުން އައުމަކީ ވެސް ބާސްކެޓްބޯޅައިގެ ކުރިއެރުމަށް ކުރެވޭ ވަރަށް ރަނގަޅު މަސައްކަތެކެވެ. އޭނާ ވިދާޅުވީ އެކަޑެމީތަކުން ތަމްރީންވެގެން އަންނަ ކުޅުންތެރިން އެކި އެކި ކުލަބުތަކުގެ ޓީމްތަކާ ގުޅުމުގެ ކުރިން ގިނަ މެޗުތަކެއް ކުޅުންވެސް މުހިންމު ކަމަށާއި، އެސޯސިއޭޝަންގެ އަމާޒަކީ އެ ފުރުސަތުތައް ފަހިކޮށްދިން ކަމަށް ވިދާޅުވެފައިވެ އެވެ.

ކުރީގެ ކަންކަމަށް އަލި އަޅުވާލައި، 2016 ވަަނަ އަހަރުގެ ސްކޫލް މުބާރާތާއި މި އަހަރުގެ ސްކޫލް މުބާރާތާ އަޅާ ބަލާއިރު އެންމެ ބޮޑު ތަފާތަކީ ޓީމުތަކުގެ އަދަދު ގިނަވުން ނޫން ކަމަށާއި، މުބާރާތުގެ ފެންވަރަށް ބަލާއިރުވެސް ބޮޑު ތަފާތެއް ފެންނާނެ ކަމަށް އެޑަމް ވަނީ ވިދާޅުވެފަ އެވެ.

"ޓޯނަމެންޓްގެ ލެވެލް އެބަ ރަނގަޅުވޭ ކުދިންގެ ޕާފޯމަންސް ރަނގަޅުވީމަ. ޖޫނިއާ ލެވެލްގައިވެސް ވަރަށް ހުނަރުވެރި ކުޅުންތެރިން ގިނަ. ބާސްކެޓްގައި ކުރިން ފެންނަ ފެންވަރަށްވުރެ މާ މޮޅެތި ހުނަރުވެރި ކުދިން މިހާރު ސްކޫލް މުބާރާތުންވެސް ފެނޭ" އެޑަމް ވިދާޅުވި އެވެ.

ޖޫނިއާ ޗެމްޕިއަންޝިޕްގައި ޓީމްތައް އިތުރުވިއިރު އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ މަދު ވަސީލަތްތަކެއް ހުރި ނަމަވެސް ކުޅުންތެރިންގެ ތަމްރީންތަކަށް އައި ކުރިއެރުވުމެވެ. ހުރިހާ އެކަޑެމީތައް ބޭނުންކުރުމަށް އޮތީ މާލޭގެ ކުޅިވަރު އެކުވެނީގައި އޮތް އައުޓްޑޯ ދެ ކޯޓެވެ. މި ދެ ކޯޓަކީ ކުލަބުތަކުން ވެސް ޕްރެކްޓިސް ކުރަން އޮތް ދެ ކޯޓެވެ. ބާސްކެޓްބޯޅަ އިންޑޯ އަކީ އެހެން ކުޅިވަރުތަކުންވެސް ބޭނުންކުރާ ތަނަކަށްވުމާ އެކު ތަމްރީންތަކަށް ބަރޯސާވެވޭ އޮތީ "ކޮންކްރީޓް" ދެ ކޯޓެވެ.

ހުރިހާ އެކަޑެމީތަކަކުން ކުދިން ތަމްރީންކުރަން އޮތް ވަސީލަތްތަކަށް ބަލާއިރު މާލޭގައި އޮތް ދެ ކޯޓުން ގިނަ ކުޅުންތެރިންތަކެއް ތަމްރީންވެ ސްކޫލް މުބާރާތަށް ނެރެވުމަކީ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އެޑަމް ސިފަކުރެ އެވެ.

ޖޫނިއާ ޓީމްތައް ގިނަވުމުގައި މިދިޔަ އަހަރު އެމްބީއޭ އިން ބޭއްވި މިނީ ބާސްކެޓްބޯޅަ ފެސްޓިވަލަކީ ވެސް މުހިންމު ހަރަކާތެކެވެ. އެ ފެސްޓިވަލްގައި 1300 އަށް ވުރެ ގިނަ ކުދިން ވާދަކުރި އެވެ. އެ މުބާރާތާ އެކު އެކަޑެމީތައް ފުޅާވެ އިތުރު ކުދިންނާ އެކު ތަމްރީން ހަދައި އިތުރު ކޯޗުން އެކަޑެމީތަކުގައި ހިމަނަން މަޖުބޫރުވި އެވެ.

މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު ޒުވާން ޓީމްތައް ތަމްރީން ކޮށް ފުރުސަތު ހޯދައިދޭން އެމްބީއޭ އިން ރަނގަޅު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެ ގޮތުން 19 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ ގައުމީ ޓީމް ރަނގަޅު ކޯޗުންގެ އިރުޝާދާ އެކު ޕްރެކްޓިސްކޮށް ގައުމީ ލެވެލްގެ މުބާރާތްތަކުގައި އެއްކޮށް ވާދަކުރި އެވެ. ގައުމީ ލީގުގެ ގިނަ މެޗުތަކެއް އެ ކުޅުންތެރިންނަށް ލިބުނު އިރު މަދު މަދުން ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ހޯދައިދިނެވެ.

މި ވަގުތު ރާއްޖޭގައި އޮތް 21 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމަށް ބަލާއިރު ފެންވަރު ރަނގަޅު ހުނަރުވެރި ކުޅުންތެރިން ގިނަ އެވެ.

އެޑަމް މިދިޔަ އަހަރު ފާހަގަކުރެއްވި ގޮތުގައި ފީބާ އޭޝިއާ ކޮލިފައިންގެ ސަރަހައްދީ މުބާރާތުގައި ވާދަކުރި ޖޫނިއާ ދެ ޓީމަކީ ވެސް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި ޖޫނިއާ ޓީމެވެ.

ކޮންމެ ގޮތެއްވިޔަސް އަންނަ މަހަކީ ރާއްޖޭގެ ޖޫނިއާ ބާސްކެޓްބޯޅަައިގެ މަލަމަތި ބަދަލުކޮށްލާނެ މަހެކެވެ. އަންނަ މަހު ފަށާ ޖޫނިއާ ޗެމްޕިއަންޝިޕުގައި ފެންނަ ޖޫނިއާ ކުޅުންތެރިންގެ ހުނަރާ އެކު ބާސްކެޓަށް އުއްމީދީ ގިނަ ހުވަފެންތަކެއް ދެކެން މަޖުބޫރުކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox