ނަޕޯލީ އަށް އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް

Jan 21, 2023, 7:34 PM
ނަޕޯލީގެ ވިކްޓަ އޮސީމެން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނަޕޯލީގެ ވިކްޓަ އޮސީމެން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާން (ޖެނުއަރީ 22) - އިޓާލިއަން ލީގުގައި މިރޭ ސެލަނިޓާނާ ދަނޑުގައި 2-0 އިން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި ނަތިޖާއާ އެކު ނަޕޯލީ އަށް ވަނީ 19 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 18 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ 18 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން، ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރަން ނިންމުމާ އެކު އެ ޓީމުގެ މިހާރު އޮތީ 18 މެޗުން 22 ޕޮއިންޓެވެ. މިހާރު، ލީގުގެ ހަތަރެއްގައި އޮތީ، 18 މެޗުން 34 ޕޮއިންޓާ އެކު ލާޒިއޯ އެވެ.

ސެލަަނިޓާނާ އިން އެ ޓީމުގެ ކޯޗު، ޑޭވިޑޭ ނިކޯލާ ވަކިކުރިތާ 48 ގަޑިއިރު ފަހުން، އަނެއްކާވެސް އޭނާ އަށް މަގާމު ދިން ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، މިރޭ ނަޕޯލީން ވަނީ ފުރަަތަމަ ހާފުގެ އިތުރު ވަގުތާއި ދެ ވަނަ ހާފުގެ ކުރީކޮޅުގައި ގޯލު ޖަހައިފަ އެވެ.

ނަޕޯލީ އަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، އެ ޓީމުގެ ފުލްބެކް، ޖިއޮވާނީ ޑި ލޮރެންޒޯ އެވެ. ނަޕޯލީގެ މިޑްފީލްޑަރު، ޒަމްބޯ އަންގީސާ ތަނަވަސްކޮށްދިން ފުރުސަތަކުން ޑި ލޮރެންޒޯ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ، ނަޕޯލީ އަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ރީބައުންސް ބޯޅައަކުންނެވެ. މިއީ ނަޕޯލީގެ ވިންގް، އެލްޔިފް އެލްމާސް ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި އައި ވަގުތު އޮސީމެން ޖެހި ގޯލެކެވެ. މިއީ ލީގުގައި އޮސީމެން ޖެހި 13 ވަނަ ލަނޑެވެ.

ލީގުގެ 16 ވަނައިގައި އޮތް ސެލަނިޓާނާ އިން ވެސް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ސެލަނިޓާނާގެ ޕޮލެންޑް ފޯވާޑް، ކްރިސްޓޮފް ޕިއޮންޓެކް ފޮނުވާލި ބޯޅަ ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް ވަނީ މަތަކޮށްފަ އެވެ.

ނަޕޯލީން ލީގުގެ ކުރީގައި ބޮޑު ލީޑެއްނެގިއިރު، ލީގުގެ ރޭހުގައި ދެން އޮތް މިލާންގެ ދެ ޓީމުގެ މެޗުތައް އޮތީ ހަފްތާގެ މެދުތެރޭގަ އެވެ. އިންޓަ އިން އެމްޕޮލީއާ ކުޅޭއިރު، މިލާން ކުޅޭނީ ލާޒިއޯއާ އެވެ. ނަޕޯލީން މަސައްކަތް ކުރަމުން އަންނަނީ 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox