މަކަރު ހެދުމުގެ މައްސަލައިގައި ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކޮށްފި

Jan 21, 2023, 5:13 AM
ޔުވެންޓަސްގެ ކުރީގެ ބޯޑު މެމްބަރުން: ތަހުގީގާ ހެދި ޔުވެންޓަސްގެ ބޯޑު އެއްކޮށް ނޮވެމްބަރު މަހު ވަނީ އިސްތިއުފާދީފައި.

ޔުވެންޓަސްގެ ކުރީގެ ބޯޑު މެމްބަރުން: ތަހުގީގާ ހެދި ޔުވެންޓަސްގެ ބޯޑު އެއްކޮށް ނޮވެމްބަރު މަހު ވަނީ އިސްތިއުފާދީފައި.

މިލާން (ޖެނުއަރީ 21) - ޔުވެންޓަސްގެ ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ މައްސަލަތަކުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފި އެވެ.

މީގެ އިތުރުން ޔުވެންޓަސްގެ ކުރީގެ ލީޑަޝިޕްގެ ގިނަ މެމްބަރުންނަށް ވަނީ ބޮޑެތި އަދަބުތަކެއް ދީފަ އެވެ. ޓްރާންސްފާ ޑީލްތަކުގެ ފައިސާތައް ހިމަނައިގެން، ކްލަބްގެ މާލީ މުއާމަލާތްތައް އޮޅުވާލުމުގެ ގިނަ ކަންތައްތަކެއް ހިންގާފައިވާތީ، ޔުވެންޓަސްގެ މައްސަލަ ބަލަން ފެށުމާ އެކު އެ ކްލަބްގެ ކުރީގެ ލީޑަޝިޕްގެ ހުރިހާ މެމްބަރުން މީގެ ދެ މަސް ކުރިން ވަނީ އިސްތިއުފާ ދީފަ އެވެ.

ޔުވެންޓަސް އިން، 2019 އާއި 2021 އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވި، ބެލި ބެލުމުގައި ފާހަގަވީ ޓްރާންސްފާތަކަށް ފަހު، ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ތެރެއިން އެ ކުޅުންތެރިންގެ އިމޭޖްރައިޓްސް އިން ލިބޭ އާމްދަނީ އޮޅުވާލާފައިވާ ކަމެވެ. އަދި އިޓަލީގެ ސްޓޮކް އެކްްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ޔުވެންޓަސް އިން އިންވެސްޓަަރުންނަށް މާލީ ހިސާބުތައް އޮޅުވާފައި، ނުހިނގާ ޓްރާންސެކްޝަންތަކެއްގެ އިންވޮއިސްތަކެއް ވެސް ހަދާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެފައިވެ އެވެ.

މި ހުރިހާ މައްސަލައިގެ ތަހުގީގު ނިންމައި، އިއްޔެ، އިޓަލީ ފެޑެރޭޝަނުން، ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރިއިރު، އެ ޓީމު މިހާރު އޮތީ ލީގު ތާވަލުގެ 10 ވަނައިގަ އެވެ. އެއީ ގަދަ ހަތަރަކާ ދެމެދު 15 ޕޮއިންޓްގެ ފަރަގަކާ އެކު އެވެ.

އިޓަލީ ފެޑެރޭޝަނުން ދިން މި އަދަބާ އެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ޔުވެންޓަސް އޮތީ އުނދަގޫ މަސައްކަތެކެވެ.

ޔުވެންޓަސްގެ މައްޗަށް އެޅި އިތުރު ފިޔަވަޅުތަކަށް ބަލާއިރު، އެ ކްލަބްގެ މިހާރުގެ ސްޕޯޓިން ޑިރެކްޓަރު، ފެޑެރީކޯ ޗެރުބީނީ ވަނީ 16 މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. މި ނިންމުން އިޓަލީގެ އޮލިމްޕިކް ކޮމިޓީގައި އެޕީލްކުރަން ޔުވެންޓަސް އިން ވަނީ ނިންމައިފަ އެވެ.

ޔުވެންޓަސްގެ ކުރީގެ ލީޑަޝިޕަށް އެޅި ފިޔަވަޅުތަކަށް ބަލާއިރު، ޔުވެންޓަސްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑްކުރުމާއި ކުރީގެ ސްޕޯޓިން ޑިރެކްޓަރު، ފަބިއޯ ޕަރަޓީޗީ، 30 މަހަށް ސަސްޕެންޑްކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް، ޕަވެލް ނެޑްވެޑް އަށް މަސް ދުވަހަށް ސަސްޕެންޑް ކުރުން ހިމެނެ އެވެ. ޕަރަޓީޗީ މި ވަގުތު ހުރީ ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރަކަށެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ފީފާ އާއި ޔުއެފާ އަށް ހުށަހަޅައިގެން މި ސަސްޕެންޝަންތައް އައި ފަރާތްތަކުން ކޮންމެ ގައުމެއްގައި މަސައްކަތް ކުރިޔަސް އެ އަށް އަމަލުކުރަން ޖެހޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންނެވެ.

ޔުވެންޓަސް ހިމެނޭ ގޮތަށް އަށް ކްލަބަކަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ވަނީ ފިޔަވަޅު އަޅައިފަ އެވެ. ޔުވެންޓަސްއާ އެކު ދެން ފިޔަވަޅު އެޅި، އިޓަލީގެ އެއް ވަނަ ޑިވިޝަން (ސެރިއާ)ގެ ދެ ކްލަބަކީ، ސަމްޑޯރިއާ އާއި އެމްޕޮލީ އެވެ. ޔުވެންޓަސް އެކޭ އެއް ގޮތަށް ސަމްޑޯރިއާ އާއި އެމްޕޮލީން ވެސް ވަނީ އެޕީލްކުރަން ނިންމައިފަ އެވެ.

ޔުވެންޓަސްގެ މާލީ މައްސަލަތަކުގެ މައްސަަލައެއް ޔުއެފާ އިން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

މިއީ 21 ވަނަ ގަރުނު ތެރޭގައި ޔުވެންޓަސްގެ މައްޗަށް އައި ބޮޑު ދެ ވަނަ ސަސްޕެންޝަނެވެ. މީގެ ކުރިން، 2006 ވަނަ އަހަރު މެޗު ވިއްކުމުގެ މައްސަލަތަކެއްގައި ޔުވެންޓަސް ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލައިފަ އެވެ. އަދި މައްސަލަ ޖެހުނު މުއްދަތުގައި ޔުވެންޓަސް އަށް ލިބުނު ލީގު ތަށި ވަނީ އެ ޓީމު އަތުން އަތުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox