ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ނަޝީދަށް ފެންނަނީ ފެޑެރަލް ނިޒާމަކަށް ދާން

ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިލީގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ސިމްވާ

ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިލީގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ސިމްވާ

ލާމަރުުކަޒީ އުސޫލުން ރާއްޖެ ހިންގެން އޮތީ ފެޑެރަލް ނިޒާމަކަށް ދިވެހި ދައުލަތް ބަދަލުކޮށްގެން ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ހުޅުވާފައިވާ "އަންނި ހަރުގެ" ގައި މިއަދު ހަވީރު އޮތް ސައިފޮދަކަށް ފަހު، ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ފެޑެރަލް ނިޒާމަކީ ރާއްޖެއަށް ވަރަށް ގުޅޭނެ ނިޒާމެއް ކަމަށެވެ.

"މި ހުވަދޫ އަތޮޅުގެ ކަންކަން ނިންމާނީ ހުވަދު އަތޮޅު މީހުން، ހުވަދު އަތޮޅު މީހުން އެ ކަމަކަށް އިންތިހާބުކޮށްފައިވާ ވަކި ބަޔަކު، އެހެން އެ ގޮތަށް ދާން، އަޅުގަނޑަށް ވެސް ފެނޭ ފެޑެރަލް ނިޒާމެއް ގެންނަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް ހުންނެވި ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެކެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަނީ އެ ގޮތަށެވެ. ޔުނިޓަރީ ދައުލަތުގެ މައި ސިފައަކީ، މައި ސަރުކާރުގައި ހުރިހާ ބާރެއް އޮތުމާއި ދައުލަތް ހިމެނޭ ހުރިހާ ސަރަހައްދެއްގައި އެއް ގާނޫނުތަކެއް ހިންގުމެވެ.

ފެޑެރަލް ދައުލަތެއްގައި އެ ސަރަހައްދެއްގައި ވަކި ސަރުކާރެއް އޮވެ، އެ ސަރަހައްދެއްގެ ކަންކަން ބަލަހައްޓާނީ އެ ސަރަހައްދެއްގެ ސަރުކާރުންނެވެ. އެފަދަ ނިޒާމުތަކުގައި ވެސް މައި ސަރުކާރެއް އޮވެ، މައި ސަރުކާރުގެ ދައުރު އެކި ފެންވަރުގައި ބަޔާންކޮށްފައި އޮވެ އެވެ. އަދި ފެޑެރަލް ގާނޫނެއް އޮވެ، އެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން، އެކި ސަރަހައްދުތަކުގައި ހިނގާނީ އެ ސަރަހައްދެއްގެ އަމިއްލަ ގާނޫނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28 ގަ އެވެ. އެ ޕްރައިމަރީގައި 57،000 އެއްހާ މީހުނަށް ވޯޓުދެވެ އެވެ. ނަޝީދުގެ އިތުރަށް އެ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ އެވެ.

ނަޝީދަކީ މީގެ ކުރިން ތިން ފަހަރު މަތިން ވެސް ޕްރައިމަރީ މެދުވެރިކޮށް ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެވެ. ނަމަވެސް 2018 ވަނަ އަހަރު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމާ ހުރެ، ވާދަކުރުމުގެ ފުރުސަތު ގެއްލުނީތީ، އެމްޑީޕީ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox