ކަންބޮޑުވަނީ ސަރުކާރުން ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ކަންކަން ނުކުރާތީ: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ކަންބޮޑުވަނީ ސަރުކާރުން ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ކަންކަން ނުކުރާތީ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ކަންބޮޑުވަނީ ސަރުކާރުން ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ކަންކަން ނުކުރާތީ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މި ސަރުކާރުން ބައެއް ރަށްރަށުގެ މަގުތަކާއި ބަނދަރުތައް ތަރައްގީ ކުރި ނަމަވެސް އެމަނިކުފާނު ކަންބޮޑުވަނީ ސަރުކާރުން ރައްޔިތުންްގެ އާމްދަނީ އިތުރުވާނެ ކަންކަން ނުކުރާތީ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވަން ނުކުމެ ހުންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕެއިނުގެ ތެރެއިން ރޭ ގދ. ގައްދޫގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ ރަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ވެ ވަޑައިގެން ތިން ވައުދުގެ ތެރެއިން އެއް ވައުދު ވެސް ފުއްދިފައި ނުވާ ކަމަށް އެ ރަށުގެ ރައްޔިތުން އެމަނިކުފާނު ކައިރި ބުނެފައިވާ ކަމަށެވެ.

އެގޮތުން ގައްދޫގައި އަޅަން ބުނި ހޮސްޕިޓަލުގައި އޮތީ 'އަންނަނީ' އަޅުވާފައި ކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން އެ ހޮސްޕިޓަލު ބިނާކުރާނެ ކަމަށް ބުނި ނަމަވެސް މި ދައުރުގެ ތެރޭގައި އެކަން ވާނެ ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ދެން ނަޝީދުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ލަސްވުމާއި ބެހޭގޮތުން އެމަނިކުފާނުގެ ކެމްޕޭނުގައި ތަކުރާރުކުރައްވަމުން ގެންދަވާ ވާހަކަޔާ ދިމާލަށެވެ.

"ބައެއް ކަންތައްތައް އެބަ ކުރޭ ބަނދަރުތައް އެބަ ހަދާ، އެކަމަކާ އަޅުގަނޑު އިންކާރެއް ނުކުރަން، ހެދޭނެ، 42 ބިލިއަން ރުފިޔާ ހުސްކުރަން ޖެހޭނެ ތާ!،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރަށް މި މަޝްރޫއުތައް ހިންގަން މަޖުބޫރުވަނީ ދައުލަތުގެ އާމްދަނީ އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ. އެހެންކަމުން ބޮޑުވަމުންދާ އާމްދަނީ ކޮންމެވެސް ކަމެއް ކޮށްކޮށް ތިބެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"[މަސައްކަތް] ނުކޮށްގެން އަޅުގަނޑުމެން މި ކަންބޮޑުވަނީ، ރައްޔިތުންގެ އާމްދަނީ އިތުރުވާ ކަންކަން، މަގެއް އަޅައިގެން ޖީބަށް ވަންނާނެ ފައިދާއެއް އިތުރެއް ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، މަގުތަކާއި ބަނދަރުތައް ބޭނުން ކަމަށާއި އެކަމަށް ދެކޮޅު ނުހައްދަވާކަން ސާފުކޮށްދެއްވަމުން ނަޝީދު ދެންވެސް ތަކުރާރުކުރެއްވީ އެ މަޝްރޫއުތަކުން ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރު ނުވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

"މި ރާއްޖެއެއް ތަރައްގީވެގެންނެއް ނުދާނެ، ތަނަވެސްވެއެއް ނުދާނެ، މި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންނުކުރެވޭހާ ހިނދަކު،" ނަޝީދު ވިދާޅުވި އެވެ.

މިސާލު ޖައްސަވަމުން އެ އަތޮޅު ފަރެސްމާތޮޑާގައި ދެއްކެވި ވާހަކަފުޅު ތަކުރާރުކުރައްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މިހާރު 17ރ. ހުރި މަސް ކިލޯއެއްގެ އަގު 25ރ. އިތުރު ކުރެއްވުމަށް ކަމަށެވެ. އަދި އެއީ ފަސޭހަކަމާއެކު ސަރުކާރަށް ކުރެވެން އޮތް މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox