މަބްރޫކް އަލުން އެނބުރި ސިޔާސީ ޕޯޑިއަމަށް; ދެއްކެވީ ކޮވިޑު މެނޭޖުކުރުމުގައި ސަރުކާރުން ހޯދި ކާމިޔާބީ

މަބްރޫކް އަލުން އެނބުރި ސިޔާސީ ޕޯޑިއަމަށް; ދެއްކެވީ ކޮވިޑު މެނޭޖުކުރުމުގައި ސަރުކާރުން ހޯދި ކާމިޔާބީ

ގިނަ ދުވަސްތަކަކަށް ފަހު އަލުން އެނބުރި އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގެން ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރާކަން އެ މަނިކުފާނުގެ ތަރުޖަމާނަކަށް މީގެ ކުރިން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް ރޭ ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނަވަނިކޮށް، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަރުޖަމާނުގެ މަގާމަށް އޭނާ އައްޔަނު ކުރެއްވީ ޖެނުއަރީ 1، 2021 ގަ އެވެ. އަދި، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އޮގަސްޓު 23، 2022 ގަ އެވެ.

އިސްތިއުފާ ދެއްވި ސަބަބު މަބްރޫކް ހާމަކުރައްވާފައި ނުވެ އެވެ. އެއަށް ފަހު އޭނާ ހުންނެވީ ސިޔާސީ މަސައްކަތްތަކާ ދުރުގަ އެވެ. އެއްވެސް ސިޔާސީ ހަރަކާތެއްގެ ކުރީ ސަފުން ވެސް ފެނިފައެއް ނުވެ އެވެ. އެކަމަކު، ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން އެއްވުމުގައި މަބްރޫކް ވަނީ ވަރަށް ޖޯޝާއި ފޯރީގައި ފެނިގެން ގޮސްފަ އެވެ.

ރޭ މަބްރޫކް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ރައީސް ސޯލިހުއާއެކު ކުރެއްވުނު ތަޖުރިބާތަކުގެ އަލީގައި އެމަނިކުފާނަށް ތާއިދު ކުރުމަށް ނިންމެވި ކަމެވެ. މަބްރޫކް ރައީސް ސޯލިހު ސިފަކުރެއްވީ "ޓީމް ކެޕްޓަން" އެއްގެ ގޮތުގަ އެވެ.

"ރައީސަކީ ޓީމު ލީޑަރެއް. ޓީމު ކެޕްޓަނެއް. ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ޓީމާ އެކީގައި. ކުރައްވާ ހުރިހާ މަސައްކަތެއްގައި ޓީމުގެ ބައިވެރިވުން އޮވޭ. ލިބޭ ކޮންމެ ފަހުރެއްގައި އެ ޓީމުގެ ބައިވެރިވުން އޮވޭ. އަދި ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިތްވަރުދެއްވާ،" ރައީސްގެ ލީޑަޝިޕަށް ތައުރީފް ކުރައްވައި އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނަކަށް ހުންނެވި މަބްރޫކް ވަނީ އެ ތަޖުރިބާތައް ހިއްސާކުރައްވާފަ އެވެ. އަދި، އެއީ އޭނާގެ ތާއީދު ރައީސަށް ދިން މައިގަނޑު އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ކޮވިޑުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަނިކުފާނުގެ އަރިހުގައި މަބްރޫކް. -- ފޮޓޯ: ރައީސް އޮފީސް
ކޮވިޑުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަނިކުފާނުގެ އަރިހުގައި މަބްރޫކް. -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަނިކުފާނުގެ އަރިހުގައި މަބްރޫކް. -- ފޮޓޯ: ރައީސް އޮފީސް

"ރާއްޖެ ކަހަލަ ގައުމަކަށް މިކަމުން [ކޮވިޑް19] އަރައިގަނެވުނީ އިއްތިފާގަކުންނެއް ނޫން. ރާއްޖެ އޮތީ މިކަމުގައި މާ ފަހަތަށް ގޮސްދާނެ ހާލަތެއްގައި. ނަމަވެސް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން މި ދުވަސް މި ދެކެނީ،" މަބްރޫކް ވިދާޅުވި އެވެ.

އެ ކުރެވުނު މަސައްކަތުގައި އެންމެ މުހިންމު އެއް އަސާސީ ސިފަ ކަމަށްވާ އަޑުއެހުމުގެ ގާބިލުކަން ރައީސްގެ ކިބައިގައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ސަރުކާރު ހިންގުމުގެ ތެރޭގައި ވެސް ފެނޭ. ރައީސްގެ ކެބިނެޓާ އެކީގައި ރައީސް މަސައްކަތްކުރައްވާ ގޮތް، ކޮންމެ މީހެއްގެ ހިޔާލު ވެސް ހޯއްދަވާކަން. ހިޔާލު ތަފާތަސް ހިޔާލު އެއްގޮތަސް އަޑު އައްސަވާނެ. އަދި ހުރިހާ ހިޔާލެއްގެ ތެރެއިން ގައުމަށް އެންމެ ފައިދާ ހުރި ގޮތް ހޯއްދަވާނެ،" މަބްރޫކް ވިދާޅުވި އެވެ.

ޕޮލިޓިކަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މަބްރޫކް ވިދާލައިގެން ދިޔައީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކޮވިޑުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ކަންކަން ބަލަހައްޓަމުން ދިޔަ އެންއީއޯސީގެ ތަރުޖަމާނުގެ ގޮތުގަ އެވެ.

އޭރު ކޮންމެ ދުވަހަކު އޭނާ ގެންދެވީ ކޮވިޑްގެ މައުލޫމާތާއި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް، ސިއްހީ މާހިރުންނާއި ސަރުކާރުގެ ކަމާގުޅޭ ވެރިންނާ އެކު އާންމުންނަށް ގެނެސް ދެއްވަމުންނެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ފެލިދޫ ދާއިރާއަށް މަބްރޫކް ވާދަކުރެއްވި އެވެ. އޭނާއާ ވާދަކޮށް އެ އިންތިހާބުގައި ފެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ފަޒުލް އެވެ.

މަބްރޫކު އެމްޑީޕީގެ ޒުވާނުންގެ ގޮފީހުގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ޕޯޑިއަމްތަކާއި ޓީވީ ޝޯތަކަށް އަރަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox