ފަރެސްމާތޮޑާއިން ބުނީ މިއީ މަސްވެރިންގެ ރައީސޭ؛ މަހުގެ އަގު އުފުލާނެ ކަމަށް ނަޝީދުގެ ވައުދު

ގދ. ފަރެސްމާތޮޑާ އިން ރައީސް މުހައްމަދު ނަޝީދަށް ހޫނު މަރުހަބާއެއް - ފޮޓޯ: ސިމްވާ / އަންނިގެ ކެމްޕޭން ޓީމު

ގދ. ފަރެސްމާތޮޑާ އިން ރައީސް މުހައްމަދު ނަޝީދަށް ހޫނު މަރުހަބާއެއް - ފޮޓޯ: ސިމްވާ / އަންނިގެ ކެމްޕޭން ޓީމު

ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވަން ނުކުމެ ހުންނެވީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރާނެ އެމްޑީޕީގެ ސައްތަ ސަރުކާރެއް އެކުލަވައިލުމުގެ އަޒުމުގަ އެވެ. އެމްޑީޕީ ބައިވެރިވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތުތަކާ ދުރަށް ޖެހިފައިވާ ކަމަށް ނަޝީދު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް "ފިކުރެއްގެ ދިރުން" ޝިޔާރާއެކު ނަޝީދު ރަށްރަށަށް ދަތުރުކުރަމުން ގެންދަވާއިރު، ކޮންމެ ރަށެއްގައި ވެސް އެމަނިކުފާނުގެ ވާހަކަ އެންމެ ބޮޑަށް ބައްޓަން ކުރަނީ އެ ރަށެއްގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ އަދި ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށެވެ. މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ހުވަދު އަތޮޅުގެ ކޮންމެ ރަށެއްގައި ނަޝީދު ގެންދަވަނީ މަސްވެރިންގެ ވާހަކަ ދައްކަވަމުންނެވެ.

އެހެން ވިޔަސް ގދ. ފަރެސްމާތޮޑާގައި ފެނުނީ ތަފާތު ޖޯޝެކެވެ. އެހެން ރަށްރަށެކޭ އެއް ގޮތަކަށް، ރަށުގެ ބަނދަރު ސަރަހައްދުގައި ނަޝީދަށް މަރުހަބާ ދަންނަވަން ދިގު ކިއޫއެއް މިއަދު މެންދުރުފަހު ހަދާފައި އޮތެވެ. ތަފާތަކަށްވީ، ކިއު ނީމޭ ހިސާބުން ގާތްގަނޑަކަށް ދެ މިނެޓަކުން ހިނގައިލެވޭހާ ދުރު މިނެއްގައި އެކި އުމުރު ފުރާގެ ދިވެހި ފިރިހެނުންގެ ވަކި ކިއޫއެއް އަދި އޮތެވެ.

Advertisement

ކިއޫ ކައިރީ މަޑުކޮށްލައިގެން ހުރި ވަގުތު އެއިން ކޮންމެ ފިރިހެނަކު އަތް ޖަހައި ތަރުހީބު ދެމުން ގޮވަމުން ދިޔައީ "އަހަރުމެންގެ މަސްވެރިންގެ ރައީސަށް މަރުހަބާ ދަންނަވަން" އައިސް ތިބީ ކަމުގަ އެވެ. ނަޝީދު އެ ކިއޫއާ އަރާ ހަމަވުމުން ވެސް އެ މީހުން ގޮވަމުން ދިޔަ އެވެ. "ތިޔައީއޭ އަހަރެމެން މަސްވެރިންގެ ރައީސް"، ގޮވަމުންދާ އަޑު ގަދަކޮށް ހިފާލާފައި އޮތެވެ.

ކިއޫގައި ތިބި މީހަކާ ފަހަރަކު ސަލާމްކޮށް، ފޮޓޯ ނަގައި ކޮންމެ ވެސް ވަރަކަށް ވާހަކަ ދައްކައި ހެދި އެވެ. ކިއޫގައި ހުރި ކޮންމެ މީހަކާ ސަލާމްކޮށް ނިމުމަށް ފަހު އެމަނިކުފާނު ވާހަކަ ދައްކަން ހަމަޖެހިފައިވާ ޕޯޑިއަމް ހިމެނޭ ސަރަހައްދަށް ވަޑައިގެން ބެއްލެވިއިރު "މަސްވެރިންގެ ރައީސަށް މަރުހަބާ" ލިޔެފައިވާ ބެނާއެއް ދަމާފައި ހުއްޓެވެ.

ރައީސް ނަޝީދަށް މަރުހަބާ ކިޔަން ފަރެސްމާތޮޑާގައި ދަމާފައިވާ ބެނާ - ފޮޓޯ: ސިމްވާ
ރައީސް ނަޝީދަށް މަރުހަބާ ކިޔަން ފަރެސްމާތޮޑާގައި ދަމާފައިވާ ބެނާ - ފޮޓޯ: ސިމްވާ

ރައީސް ނަޝީދަށް މަރުހަބާ ކިޔަން ފަރެސްމާތޮޑާގައި ދަމާފައިވާ ބެނާ - ފޮޓޯ: ސިމްވާ

ރައީސް ނަޝީދުގެ ކުރިއަށް ފަރެސްމާތޮޑާ އެމްޑީޕީ ސަޕޯޓަރަކު ވާހަކަ ދެއްކި އެވެ. މުއުތަސިމް ވާހަކާގައި ވެސް ފާހަގަ ކުރި ކަމަކީ ނަޝީދަކީ މަސްވެރިންނަށް މަހުގެ އަގު އުފުލައިދިން ރައީސް ކަމަށެވެ. ނަޝީދުގެ ވެރިކަމުގައި މަސް ކިލޯއެއްގެ އަގު 35 ރ. އަށް އެރި ނަމަވެސް، އޭގެ ފަހުން މަހުގެ އަގު ދަށަށް ވެއްޓުނު ފަހުން މިހާރު މަހުގެ އަގު އުޅެނީ 17 ރ. ގަ އެވެ.

"ފަރެސްމާތޮޑާއަކީ މަސްވެރިންގެ ރަށެއް، މަނިކުފާނު އަޅުގަނޑުމެން ސިފަކުރަނީ މަސްވެރިންގެ ރައީސްގެ ގޮތުގައި، 2008 ގައި މަނިކުފާނު ވައުދުވި، މަސްވެރިންނޭ ނިންމާނީ މަސް ގަންނަންވީ އަގު، މަނިކުފާނުގެ ވެރިކަން ނިމުނުއިރު މަސްކިލޯއެއްގެ އަގު ވަނީ 35 ރ. ގައި،" އޭނާ ބުންޏެވެ.

"އަޅުގަނޑާއެކު ނުކުންނަވާ، ނޮވެމްބަރަށް އަގު އުފުލޭނެ"

ފަރެސްމާތޮޑާގައި ވެސް ނަޝީދުގެ ވާހަކަ ފެށީ ހުވަދު އަތޮޅު އެހެން ރަށްރަށުގައި ވެސް ދައްކާފައިވާ ބައެއް ވާހަކަތަކުންނެވެ. މަހުގެ އަގު އުފުލުމަށް ހާއްސަ ސިޔާސަތުތަކެއް 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ލިޔުނެވެ. ހަމަ ބަޔަކު ތިބެފައި ލިޔެގަތް އަކުރުތަކެއް ނޫނެވެ. އެއީ މަސްވެރިކަމުގެ ސިނާއަތުގެ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފައާއި މަޝްވަރާއާއެކު ޗާޕުކުރި ދެލިގަނޑެކެވެ.

ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" ގާއިމްކުރުމުގެ ވައުދު ނުފުދި އޮތުމުން ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ފަރެސްމާތޮޑާ ފަދަ ރަށްރަށުގައި އެފަދަ ތަންތަން ގާއިމްކޮށް، ރޯމަހުން މަހުގެ އުފެއްދުންތައް ހަދައިގެން ވިއްކަން ފެށުމުން، ރަށުގައި ތިބިގެން އާމްދަނީއެއް ލިބިގެންދާނެ ކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވަމުން ގެންދެވި އެވެ.

"މަހުގެ އަގު މި އަންނަނީ އެ ޕްރޮސެސް ކުރީމައި، ދަޅަކަށް ލީމައި އެތައް ގުނައަކަށް އުފުލޭ، އަޅުގަނޑުމެން ވައުދުވީ މި ފަރެސްމާތޮޑާގައި އެ ކަން ކުރެވޭނެ ގޮތް ހަދައިނަމޭ، އެއީކީ މާ އުނދަގޫ މަސައްކަތެއް ނޫން، 50 އެއްހާ ޓަނު ބަންދުކުރެވޭ ވަރު ކުޑަ ފެކްޓަރީއެއް، އެހެން ނަމަވެސް ސަރުކާރުން އެ ކަން ނުކޮށް އުޅުނީ އިއްތިހާދުގެ ސިޔާސަތު ތަންފީޒުކުރަން،" ނަޝީދު ވިދާޅުވި އެވެ.

މަހުގެ އަގު ކުޑަކޮށް ބެހެއްޓުމަށް ފަހު، ސަރުކާރުން ކުރި ކަމަކީ ރަށްރަށުގައި ތިބި އެތައް ބަޔަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނީ ކަމަށް ނަޝީދު ވިދާޅުވި އެވެ. އިތުރު ކުރި ވަޒީފާތަކަށް 20 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް މަހަކު ހަރަދުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ދެކޭ ގޮތުގައި، އެ ފައިސާ ބަދަލުކުރަންވީ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމަށެވެ.

"މިހާރު އިން 17.50 ރ. ގެ މައްޗަށް އަދި 8 ރ. އެބަ ލާން ޖެހޭ. އޭރުން މަހެއްގެ މައްޗަށް ސަރުކާރުން ހަރަދުކުރަން ޖެހެނީ 20 މިލިއަން ރ. އޭގެއިން ނުކުންނަ ރަނގަޅު ނަތީޖާއަކީ މަހަށްދާ ކުއްޖަކަށް މަހަކު ގެއަށް ދާން 20،000 ރ. ލިބިގެން ދިއުން، ސަރުކާރު ކުންފުނީގެ ވަޒީފާ ދީފައި ހުންނަ ކުއްޖާއަށް މި ދެނީ 8،000-9،000 ރ. ދީފައި،" ނަޝީދު ވިދާޅުވި އެވެ.

މަސް ކިލޯއަކަށް 8 ރ. ގެ ރޭޓުން ސަރުކާރުން 20 މިލިއަން ރުފިޔާ އިންވެސްޓްކުރުން ކަމަށް އިޝާރާތް ކުރެއްވައި ރަށްރަށުގައި ފެކްޓަރީތައް ގާއިމްކުރުމަށް ގޮވާލެއްވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސް ކިލޯއަކަށް އިންވެސްޓް ކުރި 8 ރ. އަށް ވުރެ ވެސް ބޮޑަށް މަހުގެ އަގު އުފުލޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން އަޑު އައްސަވާ، މި ޕްރައިމަރީ އަޅުގަނޑުމެން ކާމިޔާބުކޮށްގެން، އިރާދަކުރެއްވިއްޔާ ނޮވެމްބަރުގައި 25 ރ. އަށް އަޅުގަނޑުމެން ޖައްސައިދޭން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ޒުވާން ޖީލެއް "މަހަށް ދިޔަނުދީ ހިފަހައްޓާފައިވާ" ސަބަބަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާގައި "ތާށިކޮށް" ސަރުކާރުން ބޭނުންވާ ގޮތަކަށް އެ މީހުން އަމަލުކުރަން ޖެއްސުމެވެ. ސަރުކާރުގެ އަމަލު ނަޝީދު ސިފަކުރައްވަމުން ގެންދަވަނީ "ކޮމިއުނިސްޓް" އަމަލެއް ގޮތުގަ އެވެ. އަދި އެއީ ވަރަށް "ހުތުރު އަމަލެއް" ގޮތުގައި ސިފަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox