ރަމްލާއްތަގެ ނަމޫނާ ޤައުމީ ލޯބި

ރަމްލާއްތަގެ ނަމޫނާ ޤައުމީ ލޯބި

ރީތި ޤައުމީ ލަވަތަކުގެ ލިސްޓެއް ހަދަން ޖެހިއްޖެ ނަމަ، ފަތްމިނި ބޮޑުބެރު ގުރޫޕުން ހުށަހަޅާފައިވާ ލަވަ "ދިވެހި ކަނބަލުންގެ ޝުއޫރު" ނުވަތަ "ޤައުމު މި ލޯބި މަގޭ" ނުހިމެނި ނުދާނެކަން ގައިމެވެ. އެ ލަވަ ރީތިވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އަންހެނުންގެ ބޮޑުބެރު ގުރޫޕަކުން އަންހެނުންގެ ޝިޢާރު ހުށަހަޅައިދީފައިވާ ފުރިހަމަކަމެވެ. ވީޑިއޯއިން ދައްކުވައިދޭ ދިވެހި ޘަޤާފަތާއި އާދަކާދަތަކެވެ. ހިންދު ކަނޑުގެ ލެނބުންތައް ފެންނަ ރީގި ރާގެވެ. އަދި އެ ރާގަށް އޮމާންކަމާއެކު ފެތޭނޭ ގޮތަށް އަތުރުއްވާފައިވާ ޤައުމީ ޝުޢޫރުތަކެވެ. މި ލަވަޔަކީ އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ ނުވަތަ އެންމެންގެ ރަމްލާއްތަގެ ޅެންވެރި މަސައްކަތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް މަސައްކަތެވެ.

އެ ލަވައިގެ ޅެމަށް ބަލާ ނުލާ ދޫކޮށްލެވޭކަށް ނެތެވެ. އަޅުގަނޑަށް އެ ލަވަ ފުރަތަމަ އަޑުއިވުމުންވެސް އަޅައިގަތީ މަގޭ "ލޯބި ޤައުމޭ" އެ ބުނާ ތަންކޮޅެވެ. ފުރަތަމަ އަޅައިގަތީ އެހާ ޢާއްމު އިސްތިއުމާލެއްކަމުގައި ނުވާތީ އެވެ. ލޮބުވެތި ޤައުމު، ލޯބިވާ ޤައުމު، މިގޮތަށް ބޭނުންކުރުން ޢާއްމު ކަމުގައިވިޔަސް ލޯބި ޤައުމޭ ބުނާ އަޑު އަދި އޭރު އެހީ އަލަށެވެ. ލޯބި މި ލަފުޒުގެ އިތުރު ފުރޮޅުމަކާ ނުލައި ޢާއްމުކޮށް ބޭނުންކޮށްފައި ހުންނަނީ އިޝްޤީ ލޯބި ނުވަތަ ތުއްތު ކުއްޖެއްގެ "ކިއުޓް" ކަން ސިފަކޮށްދިނުމަށެވެ. ނަން އިތުރެއްގެ ސިފައިގައި މި ލަފުޒު މިގޮތަށް ބޭނުންކުރުމުން، ޤައުމަކީ ތިމާގެ ލޯބި ދަރިއެއް، މައެއް، ބަފައެއް ފަދަ އެއްޗެއްގެ ގޮތުގައި ސިފަކުރާނޭ ފުރުޞަތު ލިބޭކަމަށް ޤަބޫލުކުރެވެ އެވެ. މި ލަވައިގައި އެ ސިފަކޮށްދޭ ދިވެހި އަންހެނުންގެ ޤައުމީ ޚިދުމަތްތަކުގެ ވާހަކަ އިތުރަށް ދައްކާނެ ބޭނުމެއް ނެތެވެ. އެއަށްވުރެ ފުރިހަމައަށް އެ ކަންކަން ސިފަކުރައްވާފައި އެބަހުއްޓެވެ.

ފެމިނިސްޓް ޅެންވެރިކަމަކީ އެ ޝިޢާރެއްގައި ރަމްލާއްތަގެ ގަލަން ހިނގާ ޝިޢާރެކެވެ. ތަންކޮޅެއް ކުރީގެ ޅެމެކެވެ. 1995 ވަނަ އަހަރުގެ ޖުލައި މަހުގެ ފަތްތޫރައިގައި ޝާޢިއުކުރައްވާފައިވާ ޅެން "ދިރުވާށެ ވާނީ ........" އަށް ބަލާލަމާހެއްޔެވެ. އެ ޅެމުންވެސް ހަމަހަމަކަމާއި ބާރުވެރިކުރުވުމުގެ ޝިޢާރު ފެނެ އެވެ.

"ޖިންސުއްލަޠީފުން އެކުގާ އަޚުންނާ ތާރީޚުގައި ނަންފަވާން

ދުނިޔޭގެ ސަފުގާ ފައިހަމަވޭތޯ ކުރިޔަށް ދަމާހޭ ހިނގާން

މިނިވަން ޝުޢޫރުން ދިރުވާށެ ޛިކްރާ ލިބިދިން އެއަމްނާއަމާން

މިނިވަން ފަޟާގާ ވިހުރުވާށެ ފެއްސާ ހުދާ ރަތް ނިޝާން"

އަޅުގަނޑު ބޮޑަށް ދައްކާހިތް އޮތީ ރަމްލާއްތަގެ ޤައުމީ ޝިޢާރުތަކުގެ ތެރެއިން ދައްކަވާފައިވާ ޒަމާނީ ޚިޔާލުތަކުގެ ވާހަކަ އެވެ. ފެމިނިސްޓް އަދި އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ އާއި، ޤައުމީ އެއްބައިވަންތަކަމުގެ ވާހަކަ އާއި، ޤައުމަށް ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިމަތިވަމުންދާ ގޮންހުންތަކުން އަރައިގަތުމުގެ މުހިއްމު ކަމުގެ ވާހަކަ އާއި، މާޒީގެ ބަޠަލުންގެ ޛިކުރާ އާކުރުމުގެ ވާހަކަ އާއި ފުރިހަމަ ރައްޔިތަކަށް، ހެޔޮ އިންސާނަކަށް ވުމުގެ މުހިއްމު ކަމުގެ ވާހަކަ ރަމްލާއްތަގެ ޅެންބަހުން ފާޅުކުރައްވަނީ ޤައުމުގެ މަންމަގެ ހިތުގެ ޝުޢޫރުތައް ފަދައިންނެވެ.

އެންމެ ފުރަތަމަ ދިވެހި ތާރީޚު ދިވެހިންނަށް އަންގައިދިނުމަށް ހައްދަވާފައިވާ ޅެމަކަށް ބަލާލަމާހެއްޔެވެ. ތިރީގައި މި ނަކަލުކޮށްލަނީ 1 ނޮވެމްބަރު 2000ގެ "ފަތްތޫރަ" މަޖައްލާގައި ޝާއިޢުކޮށްފައިވާ ރަމްލާއްތަގެ ޅެމެއްކަމުގައިވާ "ރާއްޖެ އިސްލާމްވުން" މި ޅެމުން ދެތިން ބައިތެވެ.

"ކޮންމެ މަހަކުމެ އެއްފަހަރު މިކަމެއް ހިނގާކަމުގައިވަނީ

އެންމެނަށް ކަންބޮޑުވުމާ ހިތްދަތިކަމޭ ކުރިމަތިވަނީ

'ރަންނަމާރި' އަރާރެޔަށް ގެންދަން ކުދިން ގުރުއަތުލަނީ

ދެން އެކުއްޖަކު ފޮނުވުމީ މަޖުބޫރުކަމަކަށްވެސް ވަނީ

ޅަނދޮޅު އިއްފަތްތެރި ޒުވާން އަންހެންދަރިން 'ވެދުމަށް' ދެނީ

ހެނދުނު ދާއިރުގައި އެތާނގައި މަރުވެފައި އޭނާވަނީ"

އެހެން ޅެމެކެވެ. ހަމަ ތާރީޚީ ހާދިސާއެއްގެ ބަޔާނެކެވެ. މި ފަހަރު ނޮވެމްބަރު 3ގެ ހާދިސާގެ ބަޔާނެކެވެ. 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ފަތްތޫރައިގައި ޝާއިޢުކޮށްފައިވާ ޅެމުން ދެތިން ބައިތެއް ނަކަލުކޮށްލާނަމެވެ.

"ލަންކާ ޕްލޯޓާ އެކުވެގެން ސަރުކާރު ވައްޓާލަން އައިސް

ދަންވަރު އެދިން ހަމަލާ ޤައުމު ކުށްވެރި އަބަދުމެ ކުރާނެޔޭ

އެރުމާއެކީހެން މާލެއަށް ސިފައިންގެއަށް ޙަމަލާދިނޭ

ފުރަތަމަ ޙަމަލަޔާއެކު ސިފައިން ރައްދުގެ ޙަމަލަތައް ފެށިމެޔޭ

ޙަމަލާ ސިފައިންގެ ވަށައިގެނާ އަދިވެސް އެތައް ތަނަކަށް ދިނަސް

ހަމަ އެއްތަނެއް ނުހިފުނުކަމީ ޙައްޤަށް ނަޞުރުދެއްވުންމެޔޭ"

ތާރީޚު އުގަންނައިދިނުމަށް އެހީއެއްގެ ގޮތުގައި އެންމެ ޢާއްމުކޮށް ބޭނުންކުރާ އަދަބީ އުކުޅުތަކަކީ ތާރީޚީ ނާވިލާއި ވާހަކަ އާއި ބައޮގްރަފީއާއި ޑޮކިއުމެންޓަރީ އަދި ފިލްމެވެ. އެހެންނަމަވެސް، ޅެންބަހުރުވައިން ތާރީޚު އުނގަންނައިދިނުމުން އެ ތާރީޚު ހަނދާނުގައި ބަހައްޓަން ފަސޭހަވެގެންދެ އެވެ. ޅެންބަހުރުވައަކީ ހާދިސާތައް ކޮށާ، މަށާ، އުކުރަން ފުރުޞަތު ދޭ އެއްޗެކެވެ. ޚާއްޞަކޮށް ތާރީޚީ ހާދިސާތަކަކީ ބޯދާ ބަހުރުވަޔަކުން ފެންނަން ހުންނަ ޢަދަދުތަކާއި ނަންތަކަކެއް ކަމުގައި އޮތް އޮތުމުގެ ބަދަލުގައި އޭގެ ތެރެއަށް އިހުސާސްތައް ވައްދައިދިނުމުގައި ޅެން ބަހުރުވަ މުހިއްމު ދައުރެއް އަދާކުރެ އެވެ.

މި ގޮތަށް ތާރީޚީ އަދި ޤައުމީ ހާދިސާތައް ޅެންބަހުރުވަޔަށް ބަދަލުކުރެއްވުމަކީވެސް ރަމްލާއްތަގެ ޚާއްޞަ ހުނަރެކެވެ. ކުރިން މި ދެންނެވި ދެ ޅެމުގެ އިތުރުން، ސުނާމީ ކާރިސާގެ މައްޗަށް ތައްޔާރުކުރައްވާފައިވާ ދިގު ޅެމަކީވެސް ފާހަގަކޮށްލެވޭ ޤައުމީ މަސައްކަތެކެވެ. އަދި އިނގިރޭސި 'ހިމާޔަތުގައި' ރާއްޖޭގައި ހިނގާދިޔަ މުހިއްމު ހާދިސާތަކާއި އެ ހިމާޔަތުން ވީއްލުނު ގޮތް ހާމަކުރައްވައި އެކުލަވާލައްވާފައިވާ ޅެން "މިނިވަން ޖިހާދުގެ ހަނދާން" މިއީވެސް ފާހަގަކޮށްލެވޭ ތާރީޚީ މަސައްކަތެކެވެ.

ރަމްލާއްތަގެ ޤައުމީ ޅެންވެރިކަމުގެ ތެރެއިން ދެން ފާހަގަކޮށްލެވެނީ، ވަޠަނުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ހައްދަވާފައިވާ ޅެންތަކެވެ. ރައްޔިތުންގެ ކިބައިން ނޭއްގާނީ ސިފަތަކެއް ފެންނަ ދުވަސްވަރެއްނަމަ، އެކަންތައްތައް ނައްތާލުމަށް ގޮވާލައްވަ އެވެ. އެކަމާ ހިތާމަ ފާޅުކުރައްވަ އެވެ.

މިސާލަކަށް ތިރީގައިވާ ބައިތުތަކަށް ބަލާލަމާހެއްޔެވެ. އަހަރަކީ 2015 ވަނަ އަހަރެވެ. މަހަކީ މޭ މަހެވެ. ސިޔާސީ މަސްރަޙުގައި ވަނީ ހަލަބޮލިކަމެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވިތާ ވީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުވެ. އެ އަހަރުގެ މޭ މަހުގެ ފަތްތޫރައިގައި ޤައުމުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ "ހާދަ ދެރަކަމެކެވެ." މި ސުރުޚީގެ ދަށުން ރަމްލާއްތަ ލިޔުއްވާފައިވެއެވެ.

"ދަމާ އެއްރޮއްޖަކަށް ފޫގެޅި ކަމަކު ގުޅަމަތި ހިފާ މޮޅުވަން،

މުރާދު ނުފުދި ލަދެއްގައި ބެދުމަކީވެސް ހާދަ ދެރަކަމެކޭ

ސިޔާސީ ވާދަވެރި ޕާޓީތަކެއް ޤައުމަށް އުފަންވި ފަހުން،

ސިޔާސީ ފިކުރު ފިތުނަޔަކަށް ބަދަލުވުން ހާދަ ދެރަކަމެކޭ"

އޭގެ މާކުރިން، 1999 ވަނަ އަހަރު ރަމްލާއްތަ އެކުލަވާލެއްވި ޅެން "މަޔެއްގެ ޝުޢޫރު"އަކީވެސް ހެޔޮލަފާ ރައްޔިތުންނަށް ވުމަށް އެދި ކުރައްވާފައިވާ އިލްތިމާހެކެވެ. ދިވެހި ރައްޔިތެއްގެ ކިބައިގައި ހުންނާންޖެހޭ ހުރިހައި ސިފަތަކެއް އެ ޅެމުގައި ލިސްޓުކުރައްވާފައިވެ އެވެ. ފަހު ދެ ބައިތު މިތާ ނަކަލުކޮށްލާނަމެވެ.

"ދާށެ ތެދުވެރި ދިވެހި ދަރިއެއްކަން ތިމާ ޘާބިތުކުރަން،

ދާށެ ލޮބުވެތި ދިވެހި ޤައުމަށް ޚިދުމަތެއް މަތިވެރިކުރަން

މާތްވި ސުވަރުގެއިން އަރާމާ ނިޢުމަތާ ޚާޞިލުކުރަން،

މާތްވި މަތިވެރި ދަރަޖަ ހޯދަން ދާށެބުނިހެން ކަންކުރަން."

މީގެ އިތުރުން އެ އިރެއްގެ ސަރުކާރުން އިސްކުރާ އިޖުތިމާޢީ ސިޔާސަތުތަކަށް ބާރުދޭ ޅެންވެރިކަމަކީވެސް ރަމްލާއްތަ ކުރައްވާފައިވާ ޤައުމީ ޚިދުމަތެކެވެ. އެގޮތުން، އެއްފަސްކުރުމުގެ ސިޔާސަތާއި، އާއިލާ ރޭވުމާއި، ތިމާވެއްޓަށް ރައްކާތެރިވުމާއި، މާދަރީ ބަސް އިސްކުރުން ފަދަ ސިޔާސަތުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް، ރަމްލާއްތަގެ ގަލަމުން ގިނަ ޅެންތަކެއް ހައްދަވައި ޢާއްމުކުރައްވާފައިވެއެވެ.

ހޭލުންތެރިކަމުގެ ހަތިޔާރެއްގެ ގޮތުގައި ޅެންވެރިކަން ގެންގުޅުމަކީ އާ ކަމެއް ނޫނެވެ. ދިވެހިންގެ ތެރޭގައިވެސް އެ ނޫން ޤައުމުތަކުގައިވެސް ކޮށްއުޅޭ ކަންކަމެވެ. މިސާލަކަށް "ހޭވާ ހޭވާ"، "ދޮންބެމެން ދޭ މީ ލަފާ" އަދި ކިއެއްތަ "ހީލް ދަ ވަރލްޑް" ފަދަ ލަވަތަކަކީ މި ހަތިޔާރުގެ ބާރަށް ހެކިދޭ މަސައްކަތްތަކެވެ.

ރަމްލާއްތަގެ ޅެންވެރިކަމުގެ އަރުޝީފަކީ ޤައުމީ ލޯބީގެ ނަމޫނާއެކެވެ. ޤައުމީ ލޯބި ފާޅުކުރެއްވުމުގައި އެ ގަލަން ނުހިނގާ ރޮނގެއް ނެތެވެ. ރަމްލާއްތަގެ މަޝްހޫރު ލަވަ "ދިވެހި ކަނބަލުންގެ ޝުޢޫރުގެ" މައިގަނޑުގައި އެ ކުރައްވާ އުއްމީދަކީ ހަމަ ރަމްލާއްތަގެ ހިތުގެ އުއްމީދުކަމަކަށް، މި އަރުޝީފު ހެކިކޮށްދެ އެވެ.

"ޤައުމު މި ލޯބި މަގޭ،

ދިރި ދެމި ދާށެ އެދޭ"

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox