ހުލާސާކޮށް އިއްޔެ: ޕްރައިމަރީއަށް ބާކީ ހަފުތާއެއް، ކެމްޕެއިނުގެ ފޯރި ގަދަ!

Jan 20, 2023, 2:22 AM
ހުލާސާކޮށް އިއްޔެ: ޕްރައިމަރީއަށް ބާކީ ހަފުތާއެއް، ކެމްޕެއިނުގެ ފޯރި ގަދަ!

މި މަހުގެ 28 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް މިހާރު ހަފުތާއަކަށް ވެފައިވާއިރު، ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފަ އެވެ. އިއްޔެ ހެނދުނު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ބައިވެރިވެވަޑައިގަތުން، ބޮޑު ކާމިޔާބެއްގެ ގޮތުގައި އެ ފެކްޝަނުން ފާހަގަކުރަމުން ދަނިކޮށް، ދުވަހުގެ އިރު އޮއްސުނީ ނަޝީދުގެ ފެކްޝަންގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުގެ ތާއިދު ރައީސް ސޯލިހަށް އޮތްކަން ހާމަކުރެއްވުމާއެކު އެވެ.

ރައީސް ނަޝީދުގެ ދަތުރުފުޅުގައި އަމުރު ބައިވެރިވެވަޑައިގެންނެވި ނަމަވެސް ބަހެއް ވިދާޅުވެފަ އެއް ނުވެ އެވެ.

ފަޅި ބަދަލުކުރެއްވި ކަން އާންމު ކުރައްވަމުން ކުރެއްވި ޓްވީޓުގައި ސިރާޖު ވިދާޅުވީ "ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމައިފިން," ކަމަށެވެ.

އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ކުރިން ސިރާޖު ފެނިފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވެސް ސިރާޖު ތާއިދު ކުރެއްވީ، ނަޝީދު ތާއިދު ކުރެއްވި ކެންޑިޑޭޓު މެމްބަރު އިމްތިޔާޒް ފަހުމީ އަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން ދުރުކުރެއްވުމަށް ނަޝީދު އިސްވެ ހިންގެވި ޕެޓިޝަންގައި ވެސް ސިރާޖު ސޮއި ކުރެއްވެވި އެވެ.

ރައީސް ސޯލިހު ބޮޑުތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅަށް ފަހު ރޭ ވަނީ ލ. އަތޮޅަށް ވަޑައިގެންފަ އެވެ. ނަޝީދު ކެމްޕެއިންގައި އުޅުއްވަނީ ހުވަދު އަތޮޅުގަ އެވެ.

ބައެއް މުހިންމު ހަބަރު

  • ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ގެނައީ މުޅި ރާއްޖޭގެ އަގުލަބިއްޔަތުން ކަމަށާއި, ހިދުމަތް ދިނުމުގައި އެއްވެސް މީހަކު ބަކީކޮށް ނުލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
  • ލާމު އަތޮޅާއި, ލާމު ގަމަކީ މުސްތަގުބަލު އޮތްތަނެއް ކަމަށާއި, ވިޔަފާރިތައް ފުޅާ ކުރުމަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
  • ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ށ. ނަލަންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި އެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި އެމްޑީޕީގެ ސަޕޯޓަރުން "ހޮރުތަކުން ހިނި ނުކުންނަ މިސާލުން" ނުކުމެ ޖަމާވާން ފަށާފައިވާ ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ދަތުރު ކުރައްވަމުންގެންދަވާ، ކޮންމެ ރަށަކަށް ވަޑައިގެން ވެސް އެންމެ ބޮޑަށް ދެއްކެވީ މަސްވެރިކަމުގެ ވާހަކަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެވެ.
  • އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަވަށްޓެރި ސްރީ ލަންކާއަށް ފުރާވަޑައިގެންނެވި އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިންގައި ގދ. ތިނަދުއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ؛

އަޅުގަނޑާއެކު މި ބޮޑު އެމްޑީޕީ އެއްކޮށް ތެދުވާނެ. އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނިހޮރުތަކުން ހިނި ނުކުންނަ މިސާލުގައި އެމްޑީޕީ މެންބަރުން ފަތިފައްޗަށް ނުކުމެ ޖަމާވޭ. އަޅުގަނޑަށް ކޮންމެ ރަށަކުން މި މަންޒަރު އެބަ ފެނޭ،"

ދުވަހުގެ ފޮޓޯ

މިއީ ކުޑަގިރި: ދަތުރުދާން ތަރައްގީކުރި މިރަށް ވަރަށް އަވަހަށް ހުޅުވަން ވަނީ ތައްޔާރުވެފަ. ރަށުގައި ހުރިހާ ވަސީލަތެއް މިހާރު ވަނީ ގާއިމުކޮށް ނިންމާފައި. -- ފޮޓޯ: އެޗްޑީސީ
މިއީ ކުޑަގިރި: ދަތުރުދާން ތަރައްގީކުރި މިރަށް ވަރަށް އަވަހަށް ހުޅުވަން ވަނީ ތައްޔާރުވެފަ. ރަށުގައި ހުރިހާ ވަސީލަތެއް މިހާރު ވަނީ ގާއިމުކޮށް ނިންމާފައި. -- ފޮޓޯ: އެޗްޑީސީ

މިއީ ކުޑަގިރި: ދަތުރުދާން ތަރައްގީކުރި މިރަށް ވަރަށް އަވަހަށް ހުޅުވަން ވަނީ ތައްޔާރުވެފަ. ރަށުގައި ހުރިހާ ވަސީލަތެއް މިހާރު ވަނީ ގާއިމުކޮށް ނިންމާފައި. -- ފޮޓޯ: އެޗްޑީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox