ނަޝީދު ދެކެނީ އެމްޑީޕީއަށް ގިނަ ވޯޓު ލިބޭނީ ސިޔާސަތުތަކުން ކަމަށް، ކޯލިޝަނަކުންނެއް ނޫން

ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ޖަލްސާއެއްގައި؛ ކޯލިޝަން ހެދުމުގެ ވިސްނުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ޖަލްސާއެއްގައި؛ ކޯލިޝަން ހެދުމުގެ ވިސްނުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގަނެ ވިއްކުމުގެ އުސޫލުން ކޯލިޝަން ހަދައިގެން އެކިއެކި ޕާޓީއަށް އޮތް މަދު ތާއީދު އެއްކޮށްގެން ގިނަ ވޯޓު ހޯދުމަށް ވުރެ، ރަނގަޅު ސިޔާސަތެއް ދައްކައިގެން މާ ގިނަ ވޯޓު ހޯދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން 2008 އަދި 2013 ގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ނަޝީދު އަނެއްކާ ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާއިރު އެމަނިކުފާނު ގެންދަވަނީ ކޯލިޝަން ހެދުމުގެ އުސޫލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދުގެ ވިސްނުންފުޅަކީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމެވެ. ފުރަތަމަ ބުރުގައި ރައްޔިތުންނަށް އިހުތިޔާރުތައް ގިނަކޮށް ލިބެން ވާނެ ކަމަށާއި، ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ނުކުމެ ވާދަކުރަން ވާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.

"ކޯލިޝަނަކީ ވަކި މީހަކު ހުރެގެންވާ ކަމެއް ނޫން. އޭރުގެ ހާލަތަކާއި ސިޔާސީ ހަގީގަތްތައް އޭރުގެ މައްޗަށް ކޯލިޝަން މި އުފެދެނީ. ރައީސް ސޯލިހަކީ އެމްޑީޕީން ދެއްކި ކެންޑިޑޭޓް، އެހެން ލީޑަރުން އަދި އަޅުގަނޑު ވެސް ބަންދުގައި ހުރުމުން ޑިމޮކްރަސީއަށް އަލުން ދާން އެކުގައި ނުކުތީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތައް އެ ގޮތަށް ދައްކަވަނީ، އެމަނިކުފާނާ ދެން ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ކޯލިޝަންގެ އޮތް ޕާޓީތަކުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި އެމަނިކުފާނު ނުކުންނަވަން ފުރުސަތު ދެއްވަން ވާހަކަ ދައްކަވަމުން ދާތީ އެވެ.

"ދިވެހި ޗެނަލް" އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހުގެ އެ ވިސްނުންފުޅަކީ "ޓްރާންސިޝަނަލް ޕޮލިޓިކިސް" ކަމަށެވެ. ގަނެ ވިއްކާ އުސޫލުން ސަރުކާރު ފަޅިކުރަން އެއްބަސްވެ، ކޯލިޝަން ހެދުން ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.

"އެއީ ރައީސް ސޯލިހުގެ ރެލެވެންސް، އެކަމަކު އަޅުގަނޑަށް އެބަ ފެނެއޭ އެމްޑީޕީގެ މަގުބޫލުކަން އިތުރުވާވަރު، ކޮންމެ އިންތިހާބަކަށް ފަހު ވެސް، އެ ފަލްސަފާ ފެތުރިގެންދާ ވަރު، ރައްޔިތުން މިހާރު ތިބީ ރަނގަޅު ސިޔާސަތުތަކެއް ހުށަހަޅާ ޕާޓީއަކާ އެކު ކުރިއަށް ދާން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސަކަށް ވެސް ހުންނެވި ނަޝީދު ވިދާޅުވީ އެންމެ ފަހުުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް ލިބުނު ސަބަބަކީ ވެސް ރަނގަޅު ސިޔާސަތުތަކެއް ދެއްކުން ކަމަށެވެ. ދެން ވެސް އެމްޑީޕީއަށް ކުރި ހޯދެން އޮތީ އެ މަގުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހިން ވަރަށް ބޮޑަށް ޑިމޮކްރެސީއަށް ހޭނެމުން އަންނަ ކަމަށެވެ. އަބަދު އެއް ގޮތެއްގައި ތިބުމުގެ ބަދަލުގައި ދިވެހިން ދެން ފާރަލާނީ ވެސް ރަނގަޅު ސިޔާސަތުތަކެއް ދައްކަން އޮތް ޕާޓީއަކަށް ކަމަށެވެ.

މި ސިފަތައް ނަޝީދު ސިފަކުރެއްވީ "އަނެއް ދިވެހިރާއްޖޭގެ މަލަމަތި" ގޮތުގަ އެވެ. ސަރުކާރުގެ ވެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ރައްޔިތުންގެ ތަނަވަސްކަން ހޯދޭނެ ސިޔާސަތުތަކެއް މާ ބޮޑަށް ރައްޔިތުން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox