ނަޝީދުގެ ސަރުކާރުން މާލީ ދަތިކަމުގެ ތެރޭ ނިންމި ނިންމުންތަކަށް ރައީސްގެ ފާޑުކިޔުން

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ރައީސް ސޯލިހު ހއ. ކެލާގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ރައީސް ސޯލިހު ހއ. ކެލާގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދުނިޔެއާ ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްއާއި, މި ވެރިކަމުގައި ކުރިމަތިވި ކޮވިޑުގެ ހާލަތާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅާކިއުއްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. ކެލައަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ކޮވިޑްގެ ހާލަތުގައި ސަރުކާރުން ރައްޔިތުންނަށް ވެދިން އެހީ ފާހަގަކުރައްވާފަ އެވެ. އެގޮތުން, ކަރަންޓާއި ފެނުން ސަބްސިޑީ ދިން ކަމާއި, އިންކަމް ސަޕޯޓުގެ ވާހަކަ ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ, ސަރުކާރެއްގެ ދައުރަކީ މިފަދަ ހާލަތްތަކުގައި ރައްޔިތުންނަށް އެހީވުން ކަމަށާއި, 2008 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ފެނިގެން ދިޔައީ އެ މަންޒަރު ނޫން ކަމަށެވެ.

Advertisement

"ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ، މުވައްޒަފުން މަދުކުރީ. މިހެން ގޮސް ރައްޔިތުން ތަކުލީފުތަކެއް އުފުލަން ޖެހޭ އެތައް ކަމެއް އެ ވަގުތު ކުރެއްވި،" ނަޝީދުގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެއީ ސަރުކާރުން ކަން ކުރަންޖެހޭ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެފަދަ ދަނޑިވަޅެއްގައި ރިސްކު ނަގަން ޖެހޭނީ ސަރުކާރުން. އަޅުގަނޑުމެން މި ގެންދަނީ އެކަން ކުރަމުން.

ރައީސް ވިދާޅުވީ, އެފަދަ ހާލަތްތައް ކުރިމަތިވުމުން ރިސްކު ނަގަންޖެހޭނީ ސަރުކާރުން ކަމަށާއި, އެކަމުގައި ރައްޔިތުންނަށް ތަކުލީފު ޖެއްސުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, އެމަނިކުފާނާ އެކު ކުރިއަށް ދިއުމަކުން ރައްޔިތުންނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

"ސަރުކާރެއްގެ ބޭނުމަކީ އެއީ. ދިމާވާ ދަތި ދަނޑިވަޅުތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. ދުނިޔެއަށް ޖެހޭ އިގްތިސާދީ ދަތި އުނދަގޫގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ،" ރައީސް މިއަދު ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ހޮވަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައް ވެސް ރައީސް މިއަދު ތަކުރާރު ކުރެއްވި އެވެ.

ހއ. ކެލާގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އޮތް ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން
ހއ. ކެލާގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އޮތް ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން

ހއ. ކެލާގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އޮތް ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕްރައިމަރީ އަކީ ޕާޓީގެ އެހެން އެތެރޭގެ އިންތިހާބުތަކާ ތަފާތު އިންތިހާބެއް ކަމަށާއި, އެއީ އެހެން އިންތިހާބުތަކުގައި ޕާޓީގެ މަގާމުތަކަށް ކޮންމެ މީހަކު ވެސް ހޮވިދާނެތީ ކަމަށެވެ. އަދި، ޕްރައިމަޜީގައި ހޮވާ މީހަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަންޖެހޭ މީހެއްކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މިވަގުތު ރާއްޖޭގައި އެއް ޕާޓީއަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި, އެއީ ނާދިރު ކަމެއް ކަމަށް ވިދާޅުވެވިދާނެ ކަމަށެވެ.

އެހެންކަމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިލާއަށް ވިސްނުމަށްފަހު ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފޯމިލާ އެބަ އޮތް ކަމަށެވެ.

އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ މެންބަރުން އެހީތެރިވާން ޖެހެނީ ހަމައެކަނި އެމްޑީޕީއަށް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ހިންގަވާ މަޝްރޫއުތަކުގެ ސަބަބުން ފައިދާވަނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ.

އަދި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދަވާނެ ކަމަށާއި, ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ކުޑަ ދުވަސްކޮޅުގައި ވެސް ގިނަ މަޝްރޫއުތައް ހިންގިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިހާރު ހިންގަމުންދާ މަޝްރޫއުތައް ނިންމުމަށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުން މުހިންމު ކަން ފާހަގަކުރައްވާ ވެސް ވާހަކަފުޅު ދެއްކެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox